ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އަމިއްލަ ކުންފުންޏަކަށް އެއް މިލިއަން ރުފިޔާ ދައްކަން ވެމްކޯގެ މައްޗަށް ހުކުމެއް ވަނީ އިއްވާފައި
10 އޯގަސްޓް 2025 - 09:23
އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓުގައި ވެމްކޯއާ ދެކޮޅަށް ދައުވާކުރީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ އެ ކުންފުނިން ވެމްކޯއަށް ސަޕްލައިކުރި މުދަލަށް ދައްކަން ޖެހޭ ފައިސާ އެވެ.
މި ދައުވާކުރުމާ އެކު ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން 115،428ރ. ކުރިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ބުނެ ވެމްކޯއިން ކޯޓަށް ލިޔެކިޔުން ހުށަހެޅި އެވެ.
އެހެންވެ، ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް ދިޔަ ހަރަދު ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އެއީ 50،000ރ. އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު އެކި ކުންފުނިތަކުގެ މައްޗަށް މިފަދަ ހުކުމްތައް އިއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
10 August 2025
އިތުރަށް ދައްކަންނޖެހުނު ފައިސާ އިހުމާލުވުމުގެ ދައުވާ ކަމާ ގުޅޭ މުވައްޒަފުންނަށް ކުރަންޖެހޭނެ
ނަމަސް
10 August 2025
ކީއްވެގެންބާ ސްޓެލްކޯއިން ނުދޭ ޚިދުމަތަކަށް 150ރ ގެ ބިލެއްފޮނުވަނީ؟
ވާ ނު ވާ
10 August 2025
ތިހާފަސޭހައިން ތިފައިސާ ދައްކަން ވެމްކޯއިން އެއްބަސްވީ އެއީ އަނެއްކަ ކާކު ކުންފުންޏެއްބާ މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޖަމިއްޔާތައް ފާހަގަވެފައިވަނީ އެވެރިންނަށް ފައިސާފޮނުވާ ބުރާންޗްތަކަކައް
ސފސދޗ
10 August 2025
ކުރީ ސަރުކާރުގެ މައްސަލަ ހައްތާވެސް. މި މައްސަލަ ހައްލުކުރަން ރަގަޅު އިރުޝާދެއް ލިބޭނެކަމަށް އުއްމީދުކުރަން
ގަބަރާއީ
10 August 2025
މީކޮންއިރަކު ވެްކޯއިން ނެގިދަރައްޏެއްތޯ؟ކުރީސަރުކާރޭ މިސަރުކާރޭ
ވާސަރީ
10 August 2025
ވާސަރީވާ، މި ގޮތަށް ފެނަކަ ތަންތަނާ ދެކޮޅަށްވެސް ކޯޓުތަކަށް އަވަހަށް މައްސަލަ ވައްޓާލަންވީ. މަށަޢްވެސް އެބޮތް 602222ރ ލިބެން ޖެހި ނުލިބި. 2 އަޙަރުވަނީ!!!
ބުރާރު
10 August 2025
ހުކުމެއް ކުރިޔަސް އެއީ އަދި ނަށައި ލަވަ ކިޔަންވީ ކަމެއްނޫން. ތިހެން ހުކުން ކޮށޤކޮށޤ އެކި ކޯޓުތަކުން ހުކުން ދަނންމަ ދަންމައި ތިބެދާނެ އަނެއް ވެރިކަމެއް ފެށުނަސް. އެނގިއްޖެ.