11 އޯގަސްޓް 2025 - 11:57
އދ. އަތޮޅުގައި ހިންގާ ކުޑަރަށް ރިސޯޓުގެ ވޯޓަ ވިލާއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހެނދުނު 10:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަލިފާން ނިއްވާ ޓީމު އެ ރިސޯޓަށް ދާން 11:05 ގައި މާލެއިން ފުރާފައިވާ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ރިސޯޓުގެ ފަޔަ ޓީމުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތައް ދައްކާގޮތުން، ވޯޓާ ވިލާގައި ރޯވެ އެހެން ބައެއް ކޮޓަރިތަކަށް ގެއްލުންވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy