މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެޗްއާރްސީއެމްއަށް ދެ ބޭފުޅެއްގެ ނަން ވަނީ ފޮނުވާފައި --
12 އޯގަސްޓް 2025 - 11:37
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވެ އެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު ޝިފާއަތު އަބްދުއްރައްޒާގުގެ ދައުރެވެ.
އެހެންވެ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
އެ ކޮމިޝަނަށް އައްޔަން ކުރަން ފޮނުވި ދެ ނަން:
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- މުހައްމަދު ޝަފީގު މަހްމޫދު، މ. ކޮޕީ
އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑުބެއްޔާ
13 August 2025
ދަގައްޑާ ހެދިފަ ތެޅުން ބައެއް.ދެވަނަ ދައުރެއް ލިބޭނެކަމަށް އުނގުޅިހާ ތެޔޮ އެވީ ބޭކާރު
ދަ ގައްޑާ
12 August 2025
އަލްހަމްދުލިﷲ. ދެން ތިބި ދެ މީހުންގެ ކަންތައްވެސް ނިމެނީ
ރުމާލު1
12 August 2025
ހީވެފަ އޮތީ ދެވަނަ ދައުރެއް ލިބޭނެކަމަށް. އެބޭޅުންގެ ކޮޓަރިފުޅުތަކުން ނުކުންނަށް ނުޖެހޭނެކަމަށް. ތިއްބާ އެގުނީ ދެން ނެތްކަން ޗާންސެއް. އެހިސާބުން މޫޑު މުޅިން ބަދަލުވެއްޖެ. ދެވަނަ ދައުރެއް ލިބޭތޮ ކުލަބަދަލުކޮށްގެން ކުޅުން ގޭމްތަކާ ސިޔާސީން ކައިރި ޖެހި ސަލާންތައް ބޭކާރު. ކެކެކެ
ލަތީ
12 August 2025
އެންމެ ގޯސް ހަދަނީ ރައީސާ މނ. އެކަބުލޭގެވެސް ބޭރު
ވަރުންދަވަން
12 August 2025
ބަރާބަރު. މާކުން މުނާއަ ސަމާހަތުވެސް އައުޓް