ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ސިޔާމް (ކ) ވާހަކަ ދައްކަވަނީ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވެރިކަން ހޯދަން ކަމަށް އޭނާ ވިދާޅުވި. ފޮޓޯ: ނިޝާން އަލީ/ މިހާރު
25 މާޗް 2017 - 17:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނު "ގުރުބާން ވެގެން ނުދާނެ" ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އިދިކޮޅު ފަރާތްތަކުން ގާއިމު ކުރި އެއްބަސްވުމަށް އިޝާރާތް ކުރައްވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހަމައެކަނި ބޭނުންވަނީ ވެރިކަން ކަމަށެވެ.
އެކަމަކު، ކެމްޕެއިނާ ހަމައަށް އަންނައިރު، އެއްބަސްވުން ވާނީ އެއްވެސް ތާކުން ތާކު ނުޖެހޭ ހިތި އެއްޗަކަށް ކަމަށް ސިޔާމް ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖަލަށްލާން ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"އަޅުގަނޑުމެން މިތިބީ ފަސް އަހަރު ދުވަހަށް ރައީސަކު ހޮވާފައި. ވެރިކަމުގެ ދަހިވެތިކަމުން ފަސް އަހަރަށް ކެތްކޮށްލަން ނުކެރޭ،" މީދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށްފަހު، އެއްބަސްވުމުގައި ސޮއިކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށެވެ. އެކަމަކު، އެއީ ވަރުގަދަ އެއްބަސްވުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މަސީހަކީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މިއަދުގެ ނިއުސް ކޮންފަރެންސް މަސީހު (ވ-3) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިފަދަ ރައީސެއް ގުރުބާން ކުރާކަށް ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކީގައި،" އެމްޑީއޭގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މައުރޫފް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ ވޯޓަށް ފަހު އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމަށް. އިދިކޮޅު ފިކުރުގެ މެމްބަރުން އަޅުގަނޑުމެންނާ ގުޅޭނެ. އިދިކޮޅު ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް (ވޯޓު) ވާނެ."
ގާސިމާއި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވަނީ ދާއިރާގައި ދިރިއުޅޭ މީހުންގެ ވިސްނުމާ އެއްގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މަސީހާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓަވާލައްވައި، އަމިއްލަ އެދުން ހާސިލް ނުވާ ކޮންމެ ފަހަރަކު ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށް މައުރޫފް ގޮވާލެއްވި އެވެ.
މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން އުޅެނީ އެމަނިކުފާނުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި މަސީހަކީ "ގުރުބާންކުރެވޭ ކަންބަޅިއެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ވޯޓު ނަގަނީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ދިމާވެފައިވާ ބަދުނަސީބުތަކާ ހެދި އުފެދިފައިވާ "ޖަޒުބާތުތަކަކާ"އި ސަރުކާރާ ދޭތެރޭ އޮތް ޒާތީ ހަސަދައަކާ ހެދި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާއެކު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯކްލޭންޑް އައިލޭންޑް
26 March 2017
އެ ރަށު މީހުން މިކަމާ ކީކޭ ބާ ބުނަނީ؟
އަބްދުއްލާ އަލީ
26 March 2017
މަސީހު ލައްވާ ގޯސްހެްދީ ކާކު ؟މަސީހު ގުރްބާން ކުރަން އުޅެނީވެސް އެމީހަކު . އެމީހާވެސް އެއުލެނީއަމިއްލަޔަށް ހަލާކުވާން ވެގެން.
އުމަރު
26 March 2017
ރައީސް ޔާމީނުއަށާއި ގުޅިފައިވާ ޕާޓީތަކުން ވެރިކަން ނުކުރެވެންޏާ ދެންތިބި ބަޔަކު ވެރިކަމަށް އަންނަން އުޅޭނެ އެއީ މައްސަލައެއްނޫން، އަދި ވެރިކަމަށް ބަޔަކު އަންނަން އުޅޭނީ މިހާރުގެ ވެރިމީހާ ފެއިލްވިކަން އެނގުނީމަ، ޝިޔާމުމެންވެސް ވެރިކަމަށް އަންނަންނޫންތޯ ޕާޓީއެއްހެދީ؟ ވެރިކަމުގެ ބާރާއި އާރު ލިބިގެންނޫންތޯ ތިޔައުޅުއްވަނީ؟ ވެރިކަމަށް އަންނަންވީ އެއީ މައްސަލައެއްނޫން، ޝިޔާމުވެސް ޔާމީނަކީ ރަހުމައްތެރިއެއްވީމާ އޭނާ ހިތުހުރިގޮތަކަށް ވެރިކަން ހިންގުމަށް ތިޔަ ސަޕޯޓްކުރަނީ، ހަނދާންކުރާތީ މިވެރިކަން ބޭނުންކޮށްގެން ހޯދި ހުރިހައި ބާރަކާއި އާރެއް ދިވެހި ރައްޔިތުންގެ ކިބައަށް ގެންނާނެ އެދުވަސް ވަރަށް ކާރިވެއްޖެ، ޝިޔާމުމެން ސަރުކާރުގައި ތިބެގެން އެހެން ވިޔަފާރިވެރިންގެ އެކައުންޓްތަށްވެސް ތިޔަ ފުރީޒްކުރަނީ އެއީ ޝިޔާމްމެންގެ ތާއިދުލިބިގެން، އެހެންކަމުން އަދި ޝިޔާމުމެންވެސް އެދުވަސްދެކޭނެ
އިހުގެ ބަތޮލު
26 March 2017
ވޯޓް އަޅަން ޖެހޭ ގަޑި ޖެހުމުގެ ތަންކޮޅެއް ކުރިން މުހިންމު މެންބަރުންކޮޅެއް ފުލުހުންގެ ހިގަމުންދާ ތަހްގީގަކަށް މައުލޫމާތު ސާފު ކޮށްލަން ހާޒިރުކުރުމުން މަސީހު ގުރުބާާންނުކޮށް ހަމަޖެހިދާނެ. ހާސް ކަނޑާލާ
ހުސޭނު
26 March 2017
"އަޅުގަނޑުމެން މިތިބީ ފަސް އަހަރު ދުވަހަށް ރައީސަކު ހޮވާފައި. ވެރިކަމުގެ ދަހިވެތިކަމުން ފަސް އަހަރަށް ކެތްކޮށްލަން ނުކެރޭ،" ސިޔާމް.. ހަހަ ހަހަ ޙާ ނެކްށްޓް ޖޯކް ޕްލީސް
ސިންތިލީ ވޫމް
26 March 2017
"އެއްބަސްވުން ވާނީ އެއްވެސް ތާކުން ތާކު ނުޖެހޭ ހިތި އެއްޗަކަށް ކަމަށް " ހިލްޓަނައްވީވެސް އެހެން ސާބަސް!
ކަންބަޅި ބަކަރި
25 March 2017
ޕީ.ޕީ.އެމް ތެރޭ ވެސް އުޅޭނެ ގުރުބާން ކުރަން ރެޑީގަ ތިބި މީހުން
ޢަބްދުﷲނާފިޒު
25 March 2017
ދެފުޅި ޤުރުބާން ކުރެވިދާނެތޭ.
ސީއެފްއޯ
25 March 2017
ރާސްޓަސް އާއި ރިލޯރްގެ ސިސްޓަމް މިވަގުތުވީ ޑައުންވެފައެވެ.
އެނަލިސްޓް
25 March 2017
ތިޔަ އޯރޓް އަޅާ ކޮޅެއް އެކަކަށްވެސް ނޭނގެއެވެ. އެނގޭނީ ހަމަ ހޯމަދުވަހު މެންދުރުން އަނބުރާ 1:45 ގައެވެ. ދެފަރާތުންވެސް ހިޔަންޏަށް މުޑި ނަގަނީއެވެ.