ރާއްޖެ އާއި ޗައިނާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް ފަހު ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު، އެ ގައުމުގެ އޮފިޝަލާ ސަލާން ކުރައްވަނީ.
02 ސެޕްޓެމްބަރ 2025 - 15:47
ރާއްޖެ އާއި ޗައިނާ އިން 11 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ 11 އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެއިޖިންގަ އެވެ.
ރައީސް އޮފީހުން ބުނީ މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ގޮތަށް 11 އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރާއްޖެ އާއި ޗައިނާ އިން 11 އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބެއިޖިންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ދިވެހި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
His Excellency President Dr @MMuizzu witnesses the signing of multiple cooperation projects between the Maldives and China at a ceremony held today at Wangfujing Hilton Hotel, Beijing.
— The President's Office (@presidencymv) September 2, 2025
During the ceremony, Maldivian and Chinese officials formalised agreements and Memoranda of… pic.twitter.com/GbBqoDuURT
އެ އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ދެ ގައުމުގެ ކުރިއެރުމަށް އެއްބާރުލުން ދިނުމަށް ވެސް އެހީއަކަށް ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.
މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ޝީގެ އިތުރުން އެކި ގައުމުތަކުގެ ވެރިންނާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަފރަފަ
03 September 2025
ފުރަތަމަ ދަތުރުގަ ސޮއި ކުރި އެމްއޯޔޫ ތަކުގެ ޙަބަރަކީ ކޮބާބާ
އަފުން
03 September 2025
އަޅުގަޑުމެން ބޭނުންވަނީ އަމަލީމަސައްކަތް ފެނުން، ދެން ޕްރައިވެޓް ސެކުޓަރ ބަނގުރޫޓް ނުވުން
އުލްފާާ
03 September 2025
ޕްރައިވެޓް ސެކްޓަރ ބަނގުރޫޓުވަންޏާވާނީ މޮޔަ އިބޫގެ ސަބަބުން. ކޮންމެ ވާހަކައެއްދެއްކިޔަސް މިއީ ހަގީގަތް. ސަރުކާޜުން ކުރާ ކަންކަމުގެ އަމަލީ ނަތީޖާ އިސާހިތަކު ރައްޔިތުންނަށް ފެންނާނެ. ދަނީ ފެންނަމުން.
ޝެލަރީ
02 September 2025
މިހާރު ނޭނގެ ތެދެއް ހެދިޔަސް ދޮގެއް ހެދިޔަސް މިތިބީމިހާރު އެއްގޯސްވެފާ
ދަންނަކުޅިވަރެއްތީ
02 September 2025
ދައުރު ހަމަ ވާން ގާތް ވީމަ ތެޅި ގަންނާނެ އަނެއްކާ ޗައިނާ ލައްވާ ގުޅީފަޅު، ގިރާވަރު ފަޅު، ހުޅުމާލެ 3 ހަދަން.
ސަޖްނާާ
03 September 2025
މީކީ އެމްޑީޕީއެއްނޫނޭ ދައުރުގެ ފަހު މަހުގައި މޮޅެތި ކަންތަށް ކުރާކަށް. މި ސަރުކާރުން ކަންކޮށްފަ ދައުރު ނިމުމުގެ ކުރިން ނިންމާނެ.
ޢަލީ ކުރުސީ
02 September 2025
މީގެ ކުރިންވެސް އެމް.އޯ.ޔޫ ތަކުގައި ސޮއިކުރެވުނު އަދަދު ނޭނގޭ! ވީކަމެއް ޙަރާމް. މިސަރުކާރުގައި ކަމަކަށް އޮތީ ފަހުމުނާމާ، ފެހި ސިގްނަލް އަދި އޭ.ޓީ.އެމް. ވަޢުދުވީ ފުއްދޭނެތީއޭ ވިދާޅުވާއިރު ވަޢުދުވެފައިވާ ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫޢެއްގެވެސް ޢަމަލީ މަސައްކަތެއް ނުފެށޭ! ދެން ފެނަކަ އަށާއި ސްޓެލްކޯއަށް ތަންތަން ހަދަން ސޮއި ނުކުރުވާ ވާހަކައެއްނޫން. ދައުރުގެ ބާކީ އޮތް ދުވަސްތެރޭގައި ނިންމާފަ ދެއްކޭނެ އެންމެ ފްލެޓެއްވެސް ނޯންނާނެ!
އައިމިނާ
02 September 2025
ކިތައްމެގިނަ އެމްއޯޔޫ އެއްގަ ސޮއިކުރިއަސް ރައްޔިތުން ތިބީ ބަނޑަށް ޖެހިފަ. ފުރަތަމަ އެކަން ހައްލުކުރޭ. ރަށްރަށުން ބުނަނީ މަޝްރޫޢުތައް ހިންގަން އެމއޓީސީސީ މީހުން ރަށްރަށުގަ ގެންގޮސް އެބަތިއްބޭ އެއްވެސްކަމެއް ކުރިއަކަށް ނުދެޔޭ. ނަމެއްގަ މަޝްރޫޢުތައް ހިންގަނީ. ރައްޔިތުން ހައްދަން.
އިބާ
02 September 2025
ސޮއިކުރި އެއްބަސްވުންތަކުގެ ލިސްޓެއް ލިބިދާނެތޯ
އަފްރާސިޔާބު
02 September 2025
ރާއްޖޭގެ މިސަރުކާރުން މިހާތަނަށް ޗައިނާއާއެކު އެނގިފައިވާ ގޮތުގައި 31 އެމް.އޯ.ޔޫ ގައިވަނީ ސޮއިކޮށްފައި. ޗައިނާ މީހުންނާ ގުޅިގެން ކިތަންމެ ކަމެއްވެސް ކުރެވިދާނެ. ބޯހުރެގެން ކަންކުރެވޭނީ. ދަމާދެމުމަށް އެހީވެނުދޭނެ ރަނގަޅު ބައެއް.
އޭޓމް
02 September 2025
ސުމެއްގެ ބައެއް މީ. ވާކަމެއް ނެތް.. ޓީވީ އަށް އަރާ ދެއްކުންތެރިކަން މެކުހަށް.
ހޮޅިވާހަކަ
02 September 2025
ސޮއެ ކޮރުމެއްގަ އަވަދި ނެތި. ވާ ކަމެއް ނެތް.