މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 23:42
އަމިއްލައަށް ފަރާތްތަކުން މިސްކިތް އަޅަން ބޭނުންވެގެން އެ ފަރާތްތަކަށް ދޫކުރާ ބިމުގައި ދެ އަހަރުގެ ތެރޭގައި މިސްކިތް އަޅައި ނިންމަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަދައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ފޮނުއްވި މެސެޖުގައި ވިދާޅުވީ އަމިއްލަ ފަރާތްތަކުން މިސްކިތްތައް ހެދުމަށް ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ، އާއްމުން ނަމާދުކުރުމަށް ބޮޑު ތަކުލީފެއް އުފުލަމުންދާ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯދުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި އަމިއްލައަށް ހުށަހަޅައިގެން މިސްކިތް އެޅުމަށް ބިން ހޯދާ ފަރާތްތަކުން މަސައްކަތް ނިންމަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ނުދިނުމާއި ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފެށުން ލާޒިމުކުރުން ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލާނެ ކަމަށެވެ.
އެކަންކަމުގެ އިތުރުން
- އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން
- އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރުން
- މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުން
- މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން
އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހޯދަން ބައެއް ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަ އެވެ. މިނިސްޓްރީން ވަނީ އޭގެ ބައެއް މީހުންނާއެކު މިސްކިތް އަޅަން މީގެ ކުރިން ވެސް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލިކު އެފެއާރޒް
10 September 2025
ކުރިން ބިންދެނީ އުމުރަށްތޯ؟ އެއްބަސްވުމެއް ނޯވޭތޯ؟ މަސައްކަތް ނިންމަންޖެހޭ ދުވަހެއް އެއްބަސްވުމުގައި ނޯވޭތޯ؟ އެދުވަހަށް ނުނިންމީމާ އަޅާނެ ފިޔަވަޅެއް ނުހިމަނާތޯ؟ މިހުންނަނީ ޖަހާލާ ސުރުޚީ ރައްޔިތުން ވާ ވަންދަން ކަމަށް
ރަދީފްއޮފިޝަލް /
10 September 2025
ކޮންސްޓްރަކްޝަން މުއްދަތުގައި ކޮންޓްރެކްޓަރަށް މިނިވަންކަން އޮންނަންވާނެ.މީތި ގޯސް.( އަމިއްލަ މުދާ ގުދަންކުރުން ފަދަ ކަންކަން ނުކުރުން)
ހަސީނާާ
10 September 2025
ގިނަ ދުވަހަށް ބޭއްވީމާ ނުންތޯ މިސްކިތް އެޅުމުގެ ނަމުގައި ޑިއުޓީ ނުދައްކާ މުދާ އެތެރެ ކުރެވޭނީ
ރިސޯޓް ބޯއީ
10 September 2025
މިސްކިއްޅުމުގެ ނަމުގަވެސް ޑިއުޓީ މާފްވާގޮތަށް ތަކެތި ގެނެސްގެން އަގުބޮޑުކޮށް ވިއްކައިގެން ކުރަނީ ވައްކަން! އަހަމަ އެހެންމެ ރިސޯޓް ހަދަން ނަގައިފަވެސް ޑިއުޓީ މާފްވާގޮތަށް ތަކެތި ނަގައިގެން ރިސޯޓް ހެދުން ނިވާފަތްގަނޑަކަށް 10 އަދި 12 އަހަރު ވަންދެންވެސް ކުރަނީ ހަމަ ތިވައްކަން! މިރާއްޖޭގަ މިކަން ހުއްޓުވަން ޖެހޭ!
ސަސި
10 September 2025
ތިޔަ ޒާތުގެ ކަންކަމާ އުޅޭނީ ވާނުވާ އެނގޭ ކަންކަން ކުރެވޭ ވަރުގެ މީހުން، އަދި އުސޫލެއް ހެދިޔަސް އެކަންކަން އެހެން ނުކުރާނެ
ޖަގޭ
10 September 2025
ދެއަހަރުތެރޭގައި ނުނިމެންޏާ ދެން ޢަމަލުކުރާނެ ގޮތެއްވެސް ކަޑައަޅައި ބަޔާންކުރަން ޖެހޭނެ...
އަލިސް
10 September 2025
މިއޮތްކަމެއް ދޯ! އަދި އެއްފަހަރު މިހަބަރު ރަނގަޅަށް ކިޔާލަބަލަ. 2 އަހަރުތެރޭ ނުނިންމައިފިނަމަ ބިން އަތުލާނެ ވާހަކަ ސާފުކޮށް ފެންނަން އެއޮތީ.