އެމްކިޔުއޭސެ ސީއީއޯ، ފިޒާނާ އަދި ބައެއް މުވައްޒަފުން.-- ފޮޓޯ: އެމްކިޔުއޭ
11 ސެޕްޓެމްބަރ 2025 - 15:52
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.
ފޭކް ސެޓްފިކެޓް ހުށަހަޅާ މައްސަލަތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އޭގެ ބައެއް މައްސަލަތައް ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެކުރިން އެމްކިއުއޭ އާއި ދައުލަތުގެ އެހެން އިދާރާތަކުން ވެސް ދޫކުރާ ތައުލީމީ ލިޔުންތައް ވަކީލުންނާއި ލޯފާމްތައް މެދުވެރިކޮށް އެޓެސްޓް ކުރެވެ އެވެ.
ނަމަވެސް އެމްކިޔުއޭއިން އިއްޔެ ވަނީ އެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެ އޮތޯރިޓީއަށް ކަމަށް ބަޔާންކޮށް، އެކަމާބެހޭ އުސޫލެއް ނެރެފަ އެވެ.
އެ އުސޫލުގައިވާ ގޮތުން އެމްކިއުއޭއިން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ:
- ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ
- އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ
- ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ
އެ އުސޫލުގައިވާ ގޮތުން ލިޔެކިޔުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުމަށް 10ރ. އާއި 20ރ. ދެމެދުގެ ފީއެއް ނަގާނެ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވަނީ އެމްކިޔުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެ ފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި އެހެން ތަނަކުން އެޓެސްޓު ކުރުމުގެ ތައްގަނޑު ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޭފުޅުން އެބަ ސުވާލު ކުރައްވާ ދެން ހަމަ މާލެއަށް އަންނަންވީހޭ އެޓެސްޓު ކުރަން. މިހާރު ވެސް އަޅުގަނޑުމެންގެ ލިޔެކިޔުންތައް މި ދޫކުރަނީ މާލެއިން،" ފިޒާނާ ވިދާޅުވި އެވެ.
އެކަން ފަސޭހަ ކުރުމަށް ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓް ކުރަން ޖެހޭނީ އެ އޮތޯރިޓީން ދޫކުރާ ލިޔުންތައް އެކަންޏެވެ. އެހެންވެ، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ހުށަހަޅަން ނުޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެލިޑޭޝަން
12 September 2025
މިއުޅެނީ އެޓެސްޓް ކުރުމުގަ މައްސަލަ އެއްނޫން މިއުޅޭ މައްސަލަ އަކީ ލޯ ކޮލެޓީ ތައުލީމް ދޭ ތަންތަން ރާއްޖޭގަ ގިނައީ، އެހެންވީމަ ވެލިޑޭޝަން ރަނގަޅު ނިޒާމެއް ނެތީ އަދި އެ ތަންތަނުގެ ސެޓްފިކެޓަށް ވަޒީފާ ދިނުން ހުއްޓައްވީ ޒަމާނީ ކޮށްލީމަ އެ ނިމުނީ،
ޖަނަވާރީ
12 September 2025
އެމްކިޔުއޭ އިން އެޓެސްޓޭޝަން ގަވާއިދު ހެދިޔަސް މިކަން ހައްލެނުވާނެ. މިރާއްޖޭގެ މަތީ ތައުލީމީ ނިޒާމް ހަރުދަނާ ނުކޮށެއް. ކިޔަވައި ދިނުމުގެ ކަންކަން އެހާ ދަށް ، ގިނަ ކްލާސްތައް ކެންސަލް ނަގަނީ ލާރިކޮޅު އެކަނި، ވަޒީފާ ދޭއިރުވެސް ސަރޓިފިކޭޓަށް ބެލުން ހުއްޓާލަންވެއްޖެ. މިޒަމާނުގަ ބިޒްނަސް ޑިގްރީ އެހާ މުހިއްމު އެއްޗެއްނޫން. މި އުޅެނީ އެޓެސްޓުކުރުމުގެ މައްސަލަ އެއް ނޫން މިއުޅެނީ ނިޒާމްގެ މަައްސަލަ ޒަމާނީ ދުވުމުގެ މައްސަލަ
މަހާ
12 September 2025
ދެން އެޓެސްޓު ކުރަން ޖެހޭ ކޮންމެ ފަހަރަކު ދާންވީ މާލެއަށް؟
ޗދޗދވޗ
11 September 2025
ފައިސާ ނަގައިގެން ތައްގަނޑު ޖެހުން ރައީސް ޔާމީނުގެ ދުުވަސްވަރު ވަނީ ނިމުމަކަށް ގެނެސްފައި. އަނެއްކާ މިފެށީ.
ރޯނު
11 September 2025
ތިޔައީ މީހުންގެ އިލްމުއުގެނުމުގެ ހައްގަށް އަރައިގަންނަ ބައެއް
ކޮރަލް
11 September 2025
ކިތަންމެ ބާރެއް ދިނަސް ކިތަން މެ ގާނޫނެއް ހެދިއަސް ތަންފީޒު ނުކުރެވޭނަމަ ކުއް ކުރާ މީޙުން ގިނަ ވާނެ އެވެ.
އެމްކިއުއޭ
11 September 2025
މި ގަވާއިދު ގާނޫނާއި ޚިލާފް. ފިޒާނާ ހިތަށް އެރިގޮތަކަށް ކަންކަން ކުރާނީ އަމިއްލަ ގޭގަ.
ދަގަތްފާނު
11 September 2025
މަބުނީ، އަނެއްކާ ތި އެމްކިއުއޭ ހުންނަނީ ކޮންރަށަކުތަ.
ޢަބްދުއްރަޙްމާން ގެ ދަރި
11 September 2025
5/2019 ގެ 72 ވަނަ މާއްދާގެ (ރ) ގެ (01) ވަނަ ނަންބަރުން ބާރުލިބިގެން އެމް.ކިއު.އޭ އިން އެފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގައި އެޓެސްޓް ތައްގަނޑު ޖަހައިދިނުމަކީ ހަމަ އެމާއްދާގެ (ހ) އިން ޤާނޫނީ ވަކީލުންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެމް.ކިއު.އޭ ގެ ލިޔުންތައް ހިމެނޭހެން އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖެހުން މަނާ ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން ސުރުޚީގައި ވަކީލުންނަށް ނިސްބަތްކޮށް ލިޔެފައިވާ ބޭއަދަބީ އިބާރާތް އެހެން އޮތުމުން ހިތާމަކުރަމެވެ.