ކަސްޓަމްސްގެ އިމާރާތް.-- ފޮޓޯ: މިހާރު
13 ސެޕްޓެމްބަރ 2025 - 14:44
ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެއާ ހައުސްގައި އޭޕްރީލް 27، 2018 އަދި އެ އަހަރުގެ ޖޫން 4 ވަނަ ދުވަހު ރާއްޖެ އައި ބޯޓުން ގެނައި 1،060 ފޮށި ސިނގިރޭޓު ބޮންޑުކުރުމަށް ފަހު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 20.7 މިލިއަން ރުފިޔާ ނުދައްކައި އަދި ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާ ހައުސް އިން ބޭރުކުރި މައްސަލައިގައި ކަސްޓަމްސް އިން އެސްޖީއެމް އަށް ދައުވާކުރީ މިދިޔަ ޖުލައި މަހު އެވެ.
ކަސްޓަމްސްގެ ދައުވާގައި ވަނީ އެ ބޮންޑެޑް ވެއާ ފާސްކުރުމަށް ކަސްޓަމްސް އިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު 29 ގައި އެ ތަން ފާސްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ މުދާ ނެތް ކަމަށާއި މ. ނިއު ސަނީވޭގައި ހަދާފައިވާ އެތަނުގައި ހުރީ މީހުން ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށް ވެސް ބުންޏެވެ.
އޭގެ ފަހުން، ސިނގިރޭޓު ފޮށިތަކަށް ޑިއުޓީ ދެއްކުމަށް ފެބްރުއަރީ 4، 2025 ގައި ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ދައުވާގައިވެ އެވެ.
ދައުވާގައިވާ ގޮތުން، އޭޕްރީލް 27، 2018 އަދި ޖޫން 4، 2018 ގައި، އެސްޖީއެމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާ ހައުސް އަށް އެމެރިކަން ލެޖެންޑުގެ 430 ކޭސް، އަފްޒަލް މޮލްސެސްގެ ބްރޭންޑުގެ 250 ކޭސް ޕައިޕް ޓޮބޭކޯ ގެނެސްފައިވާ ކަމަށެވެ. މި މުދާ އޭޕްރީލް 5، 2018 ގައި މާލޭ ކޮމާޝަލް ހާބަރުން ނެރެފައިވާކަން އެނގެން އޮންނަ ކަމަށާއި އެ ތަކެތި ބޮންޑެޑް ވެއާ ހައުސް އަށް ގެންގޮސް އެންމެ ފަހުން އެ ތަނުން އެއްޗެއް ނެރުނުކަން، ލިޔުންތަކުން އެނގެން އޮންނަނީ ސެޕްޓެމްބަރު 20، 2018 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ގެނައި މުދަލުގެ ޑިއުޓީ ދައްކަން ކަސްޓަމްސް އިން އެންގުމުން ސެޕްޓެމްބަރި 20، 2018 ގައި ކަސްޓަމްސް އަށް ޗެކެއް ހުށަހެޅި ކަމަށާއި އެކަމަކު އެ މަހުގެ 25 ވަނަ ދުވަހު ވަނީ ކުންފުނީގެ އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ ހިސާބުން ވަނީ ކަސްޓަމްސް އިން އެ ކުންފުންޏަށް ހިދުމަތް ދިނުން މެދުކަނޑާލައިފަ އެވެ.
ބޮންޑެޑް ވެއާ ހައުސް ހެދި ތަނުގައި އެތަން ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި ކަމަށާއި ކޯޓު އަމުރެއް ހޯދައިގެން އެތަނަށް ވަނީ އެ ހިސާބުން ކަމަށް ކަސްޓަމްސްގެ ދައުވާގައިވެ އެވެ. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފަ އެވެ.
އެހެންވެ، ސިވިލް ކޯޓަށް ހުށަހަޅައި ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ފަރާތުގެ ބަހެއް ދައުވާއާ ގުޅޭ ގޮތުން ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
13 September 2025
"އެތަން ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފަ އެވެ". 29 ޑިސެމްބަރު 2024 އޭގެފަހުން އަނެއްކާ 4 ފެބްރުއަރީ 2024، ކިހިނެއްތަ މިވަނީ!؟
ވަންޗޫ
13 September 2025
ތިޔަހެން ސިވިލް ކޯޓުން ކުރާހުކުމުގެ ނޯވެ އެއްވެސް ބާރެއް. އެމީހަކު ހިތައްއެރިއްޔާ ލާރިދައްކަންވީ އެބުނާ މުއްދަތެއްގަ. ގެއްލުން ލިބޭމީހާ ވަކީލަކު ނަގައިގެން ވަކީލަށް އަދި ބުނިވަރަކަށް ލާރިދީގެން އެތައް އަހަރަކު ކޯޓުގަ ގަނަތެޅިގެން ހުކުމަކާ ހަމައަށް މިދެވެނި. ދެ އެމީހަކު އެމީހަކު އެލާރި ނުދައްކައިފިއްޔާ ދެވޭނެ ގާނޫނީ އަދަބެއްވެސް ނޯވެ، އަނެއްކަވެސް އަދަބެއް މިލިބެނީ ހުކުމްތަންފީޒުކުރަން ހަރަދުގަނޑެއް ކޮށްގެން ކޯޓުގަ ތެޅެން މިޖެހެނީ އަނިޔާލިބޭމިހާ!
ދެރަސޮރު
13 September 2025
އަދި މުޅިން ރަނގަޅެއްނޫން 20މިލިޔަނަކީ ހަމައެކަނި އޭގެ ޑިއުޓީ އަށް ވާވަރު, ދެން ކޮބާ ވަގަށް ބޭރު ކުރުމުން ވީ ޖުރިމަނާ ނޫނީ ވައްކަން
ކޮރަލް
13 September 2025
ފައިސާ ނުދައްކާ ނަމަ އެބައެއްގެ ނަމުގަ ހުރި އެސެޓް ވިއްކާ ފަ ސަރުކާރަށް އެފައިސާ ނުނެގޭނެ ނަމަ 20 އިން ހުކުމް ކުރިއަސް ފައިދާ އެއް ނެތެވެ. އެއީ ހަމަ ނަންބަރެކެވެ.
މިސްޓީރިއަސް ވެއަރ ހައުސް
13 September 2025
ބޮންޑްކުރެވޭ މުދަލަށް ޑިއުޓީ ދައްކަންޖެހެނީ މުދާ ބޮންޑެޑް ވެއަރ ހައުސް އިން ނެރޭ އިރުކަމަށް ވަންޏާ، އަދި އެތަނަށް އެއްޗެއް ވެއްދެނީވެސް އަދި ނެރެވެނީވެސް ކަސްޓަމްސްގެހާޒިރުގައިކަމަށް ވަންޏާ އޭޕްރިލް އަދި ޖޫން 2018 ގައި އެތަނަށް ވެއްދި އަދި 20 ސެޕްޓެމްބަރ 2018 ގައި އެތަނުން ނެރުނީ ކޯއްޗެއްކަން ކަސްޓަމްސްއަށް އެނގޭނެތާ. ދެން 6 އަހަރުފަހުން ކޯއްޗެއް ހޯދަން އެތަން ބަލަންވީ. ކަސްޓަމްސްއަށް ކެމެރާއިން ފެންނަޮތަށް ހުންނަންޖެހެނީ. ކީއްވެ ނޭންގުނީ ވާނުވާ!
ޢަރުތަ
13 September 2025
"ގުޅިގެން ހިންގާ ޖަރީމާ" އިންސައިޑް މެން ހުރެގެން ތިކަހަލަ ބޮޑެތި ޖަރީމާތައް ހިންގާފަ ހުރިކަން ތާރީޚް ހެކިދޭ.
ސައިބޯނި
13 September 2025
ކަމެއްވާނެތަ ދައުވާ ކިރިޔަސް ހުކުމް ކުރިޔަސް ދައްކާނެތަ ކުރެވޭނެ ކަމެއްނެތް މާދަމާ އެހެންނަމެއްގައި ވިޔަފާރި ފަށާ އަލުން ވައްކަން ކުރަންވީ
ޖަންގަލީ
13 September 2025
މިއުޅެނީ ސްކޫލްތަށް ހޮސްފިޓަލްތަށް (ހާއްސަކޮށް އައިޖީއެމްއެޗް، އޭޑީކޭ ދޮރުމަތީ) ސިނގިރޭޓް ބޯން ތިބޭ މީހުން ނުހުއްޓުވިގެން! ސައިކަލް ދުއްވަމުން ސިނގިރޭޓް ބޯ މީހުން ގިނަ! ފުލުސް އަދި އެމްއެންޑީއެފް ޔުނީފޯމްގަ އަދި ސިޔާސީ ބޮޑުން ރަސްމީ ގަޑީގަ ވެލާނާގޭ ކުރިމަތިން ރައީސް އޮފީ ކުރިމަތިން، ރައްޔިތުންގެ މަޖިލީސް ގޯތި ތެރޭގަ ސިނގިރޭޓް ބޯން ތިބޭ އިރު ނުހުއްޓުވިގެން! ދެން ކޮން ބޭކާރު ޑްރާމާއެއް؟؟
މާނަބެ
13 September 2025
ޢޭގެ މާނައަކީ އެތެރެކޮށް ޑިއުޓީ ނުދައްކާ ވިއްކާށޭތަ؟
ޢަރުތަ
13 September 2025
މިޒާތުގެ ޑްރާމާ ކުޅޭ ގައުމެއްވީމަ، ދިވެއްސަކަށްވީތީ އަހުން ފަޚްރުވެރި މިވަނީ ފަޅައިގެން ދާވަރަށް، ހަމަ ހުވައި.
މުބީހް
13 September 2025
ކޮބާހޭ ތިކުންފޫނީގެ ސެއާރ ހޯލްޓަރުން، ނަމާއި ފޮޓޯ ހާމަކުރަން ޖެހިލުން ވަނީ ކީއްވެގެންތޯ، މީހާރު ތިއޮތީ މައްސަލަ ސާބިތުވެ ކޯޓަކުން އަމުރެއް ނެރެފައެވެ.
ކަހެރުވައް
13 September 2025
ހުކުމް ކުރެވިދާނެ. އެކަމަކު ތިފައިސާ އަކީ ދައުލަތަށް ލިބޭނެ އެއްޗެއް ނޫންކަން ޔަގީން. ތި ސިނގިރޭޓް ބޭރުކޮށްފައި ވަނީ ކަމާބެހޭ ފަރާތްތައް ތިކަމުގެ ފަހަތުގަ ތިބެގެން ކަން އެއީ އެއްވެސް ޝައްކެތް އޮތްކަމެއްނޫން. އެތެރެއާ ބޭރުގަވެސް ހުސް ލުޓޭރުން.
އެސްޖީއެމް ޕްރައިވެޓް ލިމިޓެޑް
13 September 2025
އޭ މަށޭ އެބަކިޔާތަ؟