ޑްރަގު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން.
25 ސެޕްޓެމްބަރ 2025 - 10:34
ހުޅުމާލޭގެ ދެ އެޕާޓްމަންޓެއް ފާސްކޮށް މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ފާސްކުރު އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 24 ގްރާމު އެއްޗިއްސާއި 363 ގުޅަ މަނާ ބޭސް ފެނިފައިވާ ކަމަށެވެ.
އެ ތަންތަނުން ވަނީ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 4،500ރ. ވެސް ފެނިފަ އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ އަހުމަދު ސައްފާން، ށ. ފޭދޫ، އާއި މާލޭ މީހެއް ކަމަށްވާ 32 އަހަރުގެ ޝާނާ އަދި ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ 50 އަހަރުގެ ފާރޫކް ޗޮކީދާރާއި 50 އަހަރުގެ ސަފިކް އެވެ.
ޝާނާ 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާއާ ގުޅުން އޮތް ތަނެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި މަނާ ބޭސް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.
އަމުރުގައިވާ ގޮތުން ޝާނާ ހައްޔަރުކުރުމަށް ފަހު ނެގި ޔޫރިން ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. އަދި އޭނާ ހިފާފައި ހުރި ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
އެކަމަކު ޝާނާގެ ދިފާއުން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ތަނަކުން އަދި އޭނާއާ ގުޅުން ހުރި އެއްވެސް ތަނަކުން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި ބަލައިފާސްކުރި އެއްވެސް ތަނަކާ އޭނާއާ ގުޅުން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރި ސައްފާނަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިއުތިރާފުވެ ފަރުވާ ބޭނުންވާ ކަމަށް ބުނެފަ އެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ސައްފާން ވެސް ވަނީ އޭނާ ހިފާފައި ހުރި ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރި ބަންގްލަދޭޝްގެ ދެ މީހުންގެ އަމުރުގައި ވެސް ބުނީ އެ މީހުންނާ ގުޅުން ހުރި ކޮޓަރިން މަނާ ބޭސްތަކެއް ފެނިފައިވާ ކަމަށާއި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ގާނޫނާ ހިލާފު ކަންކަން ކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިތުރު ބައެއްގެ ބައިވެރިވުން ވެސް އެކަމުގައި އޮތް ކަމަށް ބުނެފައިވެ އެވެ.
މި ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އދނ ހސނ.
25 September 2025
އޯކޭ މަ ހަމަނުޖެހެނީތަ ނޫނީ ލިޔުމުގާ އެއްޗެހިތަކެކޭ އެ އޮންނަނީ ބަޔަކު ހިމާޔަތްކުރަންތަ ނޫނީ ދޫކޮއްލަން ވެގެންތަ؟
ހެއްހެއް
25 September 2025
އަސްލު ބޮޑުން ތިބީ އިއްޒަތުގަ ބޮޑެތި ވިޔަފާރި ރަގިސްޓްރީ ކޮށްގެން!!!!
އަފްރާސިޔާބު
25 September 2025
ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވާލާ. އެއިރުން އެމީހުން ކޮންމެވެސް މީހެއްގެ ބެލެނިވެރިކަމުގެ ތެރެއަށް ބޭރުމީހަކު ވިއްޔާ ވަންނާނެ.
އެކޮއި
25 September 2025
އަހަރެމެންގެ ޤައުމު ޑްރަގުގެ ވަބާގެ ކަނޑަކަށް ޣަރަގުވެ ނިމިއްޖެ. މީ ނޭނގި ވާކަންތަކެއްނޫން. ގަސްތުގައި ބަޔަކު ކުރާ އަދި ކުރުވާ ކަންތައްތަކެއް. ފައިސާއަށް ދަހިވެތިވެ ޤައުމު ފުނޑުފުނޑުވަމުންދާ މަންޒަރު މިޤައުމުގެ ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ. މީ ވަރަށް އަސަރުކުރާ ހިތާމަވެރި އަދި ހިތްދަތި ކަންތައްތަކެއް.
ފޫހި
25 September 2025
މި ބަންގްލާދޭޝް މީހުން މިގައުމުގައި ގާނޫނާ ޚިލާފް ހުރިހާކަމެއްކުރޭ. އެންމެން ޑީޕޯޓްކުރޭ
އަފްރާސިޔާބު
25 September 2025
ގާނޫނާ އެއްގޮތަށް އުޅުމުގެ އައު ފުރުސަތެއް އެމީހުންނަށް ހުޅުވާލަންވީނު. ބޭރުމީހަކު ވިއްޔާ އެމީހުންނަކަށް ނޭގޭނެ ދިވެހިބަހުން ހުންނަ ގަވާއިދު ތަކެއް. އެމީހުން ހީކުރަނީ މީ އެމީހުންގެ ރާއްޖެ ކަމަށް. އެމީހުންގެ ރާއްޖޭގައި ގާނޫނަކީ އޮންނަ އެއްޗެއްނޫން. ވަކިކަމެއް މާނާއެއްވެސް ނޫން. އެހެންވީމާ ކޮންމެ ތަނެއްގައިވެސް އެމީހުން އުޅޭނީ އެގޮތަށް. އެކަމަކު ބަންގްލާދޭޝްގައި ޤާނޫނުތައް ވަރަށް ހަރުކަށިވާނެ. ހަދިޔާދީފިއްޔާ ނުކުރެވޭނެ ކަމެއް ނޯންނާނެ.