މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަނީ، ވޯޓު ނެގި ގަޑީގައި، ރިޔާސަތުގައި އިންނެވި މޫސަ ވޯޓު ދެއްވި ކަމަށް ދައްކާއިރު، ޖަލުގައި ހުންނެވި މަހްލޫފް ވޯޓު ދެއްވި ކަމަށް ވެސް ދައްކާ. ފޮޓޯ: ސޯޝަލް މީޑިއާ
27 މާޗް 2017 - 14:52
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވޯޓު ދެއްވި ކަމަށް ދައްކައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވަނީ ވޯޓިން ސިސްޓަމްގައި މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެ، މެމްބަރުން ކައިރިން އަހައިގެން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ފެނޭތޯ ވޯޓު ނަގަން ހުށަހަޅުއްވައިފަ އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ތާއީދު ކުރެއްވި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓު ދެއްވީ އެ ގޮތަށް ފާސް ކުރަން ފެންނަ ކަމަށެވެ. އަދި ދެ މެމްބަރަކު ވޯޓު ދެއްވީ އެ ގޮތަށް ފާސް ކުރަން ނުފެންނަ ކަމަށެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ވޯޓުގެ ނަތީޖާ ޝީޓުން އެނގޭ ގޮތުގައި ޖަލު ހުކުމެއް ތަންފީޒު ކުރުމަށް މިވަގުތު ޖަލުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފް ވެސް އެ ވޯޓުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ރިއާސަތުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވެސް ވޯޓު ލައްވާފައިވެ އެވެ. ނަމަވެސް ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓު ލެއްވޭނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓު ހަމަހަމަވުމުންނެވެ.
ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައިގައި މަހްލޫފް ހުންނެވީ މާފުށީ ޖަލުގަ އެވެ. އޭނާ މިއަދުގެ ޖަލްސާ އަށް ހާޒިރު ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
28 March 2017
ބައިވެރިވީ 83 ނުފެންނަ 2 ވަކިގޮތަކަށް ވޯޓް ނުދޭ 1 ބާކީ 36 މެމްބަރުން ކޮންކެޓަގަރީ އެއްގަބާ؟ މިވަރުންދިޔަ ވޯޓިންގް އެއް ބަލައިގަނެ ފައިވަނީ ރީކޯ ރިޔާސަތުގައި އިންނަވައިގެން. ސިސްޓަމް އެރަރ އުޅޭއިރު ވިކަން ކުރެވެނީ ގާނޫނުގެ ކޮންމާއްދާ އަކުންތޯ މައި ފްރެންޑް އިއްޒަތްތެރި ނައިބު ރައީސް.
އަބޫ
28 March 2017
ބޮސް އަންގާފަޔޭ އޮތީ ވޯޓްލާން. ތި މަޖިލިސްތެރޭން ކަރަންޓް ދިޔަނަމަވެސް ވޯޓުލީސް. އޭގެ ކުރިންރޭ ތިތަނަށް ވަދެއުޅުނު އެންމެން އެބަޖެހޭބަލަން.
ވޯޓު
28 March 2017
އެހެންވީމައޭ ޔަގީންވީ ސިސްޓަމަ ކުޅޭކަން. އަތްމައްޗަށް ނަގަިގެން ވޯޓުލާން ނިންމީ އެހެނވީމައޭ. އިއްޔެ ހަމަ ރަގަޅަު ކަމެއް އެކުރީ.
އާދަނު
28 March 2017
ވޯޓުންވެސް ވައްކަން ! ކީއްކުރާނީ އެމީހަކަށް އެނގޭކަމެއް އެމީހަކަށް ކުރެވޭނީ.
ކަޅުސޮރު
28 March 2017
ހައިރާން ވާންޖެހޭ ކަމެއް ނޫން.... ވެދާނެ ކަމެއް ތިޔައީ
މަތިވެރި
27 March 2017
އަދިވެސް އިތުރު ކަންކަން ފެންމަތިވާނެ ހިގާ ބަލަން. މިއޮތީވާ ސަރުކާރެއް
މައުލޫ
27 March 2017
ތިހާލަތު އުފައްދާފަ ދެން ވޯޓުލާންވީ ގޮތުގެ އައިޑިޔާ އައީ ކޮންތަނަކުންތޯ ބަލަންވީ. ވައްތަރު ވައްތަރުގެ ކޮންސަލްޓަންޓު މިހާރު އުޅޭ. 2006 ހިސާބުގަ ދިވެހިން ލަދު ކަނޑުވާލުމަށް ވެސް ބޭރުން މީހުން ރާއްޖެ އައިސް އުޅުނު ކަމަށް ޙަބަރު ލިބޭ....އަހާފަ ވޯޓު ލީ އިރު ވޯޓުލާ ގޮތަކުން ގެއަށް ދިއުމުގެ ބަދަލުގަ ލޯންޗަށް އަރުވަން ތައްޔާރުކޮށްފަ އޮތީ ކަންނޭނގެ.
މާކުންބޭ
27 March 2017
ވޯޓް ސައްޚައެއްނުވާނެ! އަވަސް އަރުވާލައިގެން ވީ ނުވީއެއްވެސް ނޭގުނުތާ؟
ޢަހުމަދު
27 March 2017
ސިސްޓަމް ރަނގަލހު ނަމަ ތިހެންވާނެބާ
މރ. ހަދާނެއް ނުނެތޭ.
27 March 2017
ކަލޯ އެއްކަލަ ސަރިއަންކަޓޭ ބުޅިއާވެސް މިއަދު މަޖިލިހުގަ، އިއްޒަތްތެރި ....ކަލޯ.