ތިނަދޫ މަގެއް މަތިން ދެ މީހަކު ސައިކަލު ދުއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ސެޕްޓެމްބަރ 2025 - 22:25
ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓު ހިނގީ އެ ރަށުގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގާ ގުޅޭ ކަންމަތިން ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން، އެ އުޅަނދު ދުއްވަން އިން އަން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރާތީ އިތުރު މައުލޫމާތެއް އަދި ސާފެއްނުވެ އެވެ.
އެ ރަށުގައި މިދިޔަ މެއި މަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް އޭގެ ދެ މަސް ފަހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގުތަކުގެ
29 September 2025
ތިނަދޫގައި ނަހަދާހުރި މަގުތައް ފެނިފައި ހިތައް އެރިއެވެ. ވޯޓުއަޅައިގެން ކޮންމެފަހަރަކު ބަޔަކު ވެރިކަމަށް މިގެންނަނީ ކީއްކުރަން ހެއްޔެވެ. ރައްޔިތުން ތަކެއް އެފަދަ މަގު ތަކެއްގައި ދުއްވައި ހިގައި ހަދާނަމަ ވެރިކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. އެފަދަ އަޑިގުޑަން މަގުތަކުން ގޮސް ފިހާރައިން އެއްޗެހި ގަތީމަ އެނަގާ ޓެކްސް ލާރިން ވެރިން ބޮޑު މުސާރަނަގައިގެން އޭސީ ރޫމްތަކުގައި ދުވާލު ހަތަރުދަމު ހޭދަކޮށްފައި ރޭގަޑު ހަމަނިދި ނުލިބި އެކަމާމެދު ވިސްނޭނެ ނަމަ !؟