ޒަހްރާން މަމްދާނީއަށް އެ ސިޓީގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް (ވ) ހުވާލައިދެއްވާއިރު މަމްދާނީގެ އަނބިކަނބަލުން ރާމާ ދުވާޖީ (ކ) ހިފަހައްޓަވައިގެން ހުންނެވި ގުރުއާން މުސްހަފު މަމްދާނީ އަތް ބާއްވާލައިގެން. -- ފޮޓޯ: އޭއެފްޕީ
01 ޖެނުއަރީ 2026 - 13:51
އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވި ޒުވާން ކެންޑިޑޭޓް ޒަހްރާން މަމްދާނީ އާ އަހަރާ އެކު މަގާމުވެ ހުވާކުރައްވައި މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވައިފި އެވެ.
ނިއު ޔޯކަށް 2026 ވަނަ އަހަރު ފެށުނު ވަގުތު މަމްދާނީ މަގާމުގެ ހުވާކުރެއްވީ ސިޓީ ހޯލްގެ ދަށުގައި މިހާރު ބޭނުން ނުކޮށް ދޫކޮށްލާފައިވާ ސަބްވޭ ސްޓޮޕެއްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީ ހުވާކުރެއްވީ ގުރުއާން މުސްހަފެއްގައި އަތްތިލަ ބީއްސަވައިގެން ހުންނަވަ އެވެ. އެ މުސްހަފު ހިފަހައްޓަވައިގެން ހުންނެވީ އަނބިކަނބަލުން ރާމާ ދުވާޖީ އެވެ.
މަގާމުގެ ހުވާކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިއު ޔޯކަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ "މުޅި އުމުރަށް ލިބިގެން ދިޔަ ޝަރަފެއް އަދި ފަހުރެއް" ކަމަށެވެ.
މަމްދާނީގެ އޮފީހުން ބުނީ ސަބްވޭ ސްޓޮޕެއްގައި ރަސްމިއްޔާތު ބޭއްވީ ވަޒީފާ އަދާކޮށް ބުރަކޮށް މަސައްކަތްކުރާ މީހުންނަށް މަމްދާނީ ވެ ވަޑައިގެންފައިވާ ވައުދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.
ކުލި ކޮންޓްރޯލްކުރުމާއި އާންމު ދިރިއުޅުމުގެ އަގުތައް ދަށްކުރުމާއި ހިލޭ ބަސް ދަތުރުކުރެވޭނެ ގޮތް ހެދުން ފަދަ ބޮޑެތި ވައުދުތަކާ އެކު އިންތިހާބު ކާމިޔާބުކުރެއްވި މަމްދާނީ އަކީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވި ވަޑައިގަތުމުގެ ކުރިން ގިނަ ބަޔަކަށް އެނގޭ ބޭފުޅެއް ވެސް ނޫނެވެ.
އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޮޑެތި މަހުޖަނުންގެ އެންޓި ކެމްޕޭންގެ ކުރިމަތީގައި ބޮޑު ކާމިޔާބީއެއް މަމްދާނީއަށް ލިބިޑައިގަތީ ލިބުނު ކުއްލި ބޮޑު މަގުބޫލުކަމާއި މަޝްހޫރުކަމާ އެކުގަ އެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި މަމްދާނީގެ ވައުދުތައް ހަގީގަތަކަށް ހެދުން، ޓްރަމްޕުގެ އެއްބާރުލުން ލިބޭ މިންވަރެއްގެ މައްޗަށް ބިނާވާނެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒޫކައި
01 January 2026
އަހަންނަށް ދެރައީ ވާތް މުސްޙަފު މަތީގަ ބާއްވާފަ އޮތީމަ. އަޅެ ކަނާތް ބާއްވާލި ނަމަ ދޯ..
އޯކޭތަ؟
01 January 2026
ގައިރު މުސްލިމުން އުފާކޮށް އެމީހުންގެ ދީނީ ކަންކަމަށް ދާންދެއް ރަގަނޅުކޮށްދިނުމަށް މާތްﷲ ގަންދީ ހުވާކުރީމަ؟؟؟؟؟؟
މުސްލިމަކަސް
01 January 2026
މުސްލިމަކަސް ޣައިރު މުސްލިމުންގެ މެޖޯރިޓީ އަކަށް ފުރިހަމަ އިސްލާމީ ވެރިކަމެއް ހަމަ ހުރެލާފައެއް ނުކުރެވޭނެ. އޭނާގެ މައްޗަށް ލާޒިމުވާނީ އެބައެއްގެ ދީން އެބައެއްގެ މައްޗަށް އޮންނަ ގޮތަށް ވެރިކަން ޙިކުމަތްތެރި ކަމާއެކު ހިންގުން. ތެދުވެރިކަމާއެކު އަމާންކަން ޤާއިމު ކުރުން.
އަސްލު ވާހަކަ
01 January 2026
ޝީއީންނަކީ މުސްލިމުންނެއް ނޫން. އެބައިމީހުންނަކީ އެހެން ހުރިހާ ޚަލީފާއިންނެއް ދޮގުކޮށް ހަމައެކަނި އަލީގެފާނަށް ތަބާވާ ބައެއް. މަމްދާނީ ހައްޤަށް އައުމަށް ދުއާ ކުރަން