ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ދާދި ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ/މިހާރު
04 އެޕްރީލް 2017 - 22:33
ދިވެހި ރައްޔިތުންގެ 95 ޕަސެންޓް މީހުން ތިބީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް އެ މީހުން ބުނި ނަމަވެސް، ގިނަ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކުގައި ކަމަށާއި ރައްޔިތުން ބޭނުން ވަނީ ތަރައްގީ އާއި ކުރިއެރުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ތަރައްގީގެ ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން ދަރުބާރު ގޭގައި ބާއްވާ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރާ ހަވާލުކުރި ފަހުން، ޕީޕީއެމާ އެތައް ބަޔަކު ކޮންމެ ދުވަހަކު ގުޅެމުން އަންނަ ކަމަށެވެ.
"...އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ހަމަ ކޮންމެ ދުވަހަކު ކޮންމެ ހަފުތާ އަކު، އަޅުގަނޑުމެންގެ ޕާޓީއާ ފަސްސަތޭކައިން ހާހުން، ދެހާހުން މެމްބަރުން ގުޅިވަޑައިގަންނަވާ ތަން،" އޭނާ ވިދާޅުވި އެވެ.
"އެހެން ޕާޓީތަކާ މެމްބަރުން ގުޅިވަޑައިގަންނަވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ ކިހިނެއްބާއޭ އަޅުގަނޑު ހިތަށް އަރާ ވާދަވެރިން އެ ދައްކާ ވާހަކަ ދެކޮޅު ޖައްސާނީ؟."
އޭނާ ވިދާޅުވީ ރައްޔިތުން މިއަދު ސާބިތުކޮށް ދެމުން އަންނަނީ ވާދަވެރިން ދައްކާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ކަމަށެވެ.
"ދިވެހި ރައްޔިތުން ބޭނުން ވަނީ ތަރައްގީ. ރައްޔިތުން ބޭނުން ވަނީ ކުރިއެރުން. ދިވެހި ރައްޔިތުން ބޭނުން ވަނީ އަމާންކަން. ދިވެހި ޒުވާނުން ބޭނުން ވަނީ ވަޒީފާގެ ފުރުސަތު. ދިވެހި ގައުމު ބޭނުން ވަނީ ތަރައްގީގެ މަގުގައި އާ އުސްމިންތަކެއް ހާސިލް ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންކަމުން ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ ޕާޓީ އާއި ސަރުކާރަށް ތާއީދު ކުރުމުގެ ގޮތުން ޕާޓީއާ ގުޅުމުން ދައްކައި ދެނީ ދިވެހި ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީންގެ ތަރައްގީ އަށް އާނއެކޭ ވިދާޅުވާން ތައްޔާރަށް ކަމަށް."
އަބްދުއްރަހީމް އަދި ވިދާޅުވީ އޭނާ މިއަދު ވެސް މާލެ ވަޑައިގެންނެވީ ބޮޑު ތިލަދުންމަތީގައި ފަސް ދުވަހު އުޅުއްވާފައި ކަމަށާއި އެ އަތޮޅުން ފެނުނީ އަސުރުމާ ކުލައިން ޖަރީވެފައި އޮތް ތަން ކަމަށެވެ.
"އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށް އަޅުގަނޑުމެން ދިޔައިން. އަޅުގަނޑުމެންނަކަށް ނުފެނުނު ވާދަވެރި ފަރާތްތަކުގެ ހިލަމެއް ވެސް،" އޭނާ ވިދާޅުވި އެވެ.
އަބްުދުއްރަހީމް ވިދާޅުވީ 2018 ގައި ވެސް ރައްޔިތުން ބޭނުން ވަނީ ރައީސް ކަމަށް ރައީސް ޔާމީން ވަޑައިގަންނަވަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
11 May 2017
ރައްޔިތުންނަކީ ކަލެޔާއި ކަލޭގެ އާއިލާތޯ؟
މުއްތު
09 April 2017
އަޅުގަޑުމެން ރައްޔިތުން ނުތިބޭނަން ރައީސް ޔާމީނާއެކު އަޅުގަޑުމެންމިތިބީ ރައީސް މަޢުމޫނާއެކު މިގައުމުގައި މިަދުވެސް އޮތީ ރައީސް މަޢުމޫނުގެ ތާއީދު
ބިސާރު
05 April 2017
ކޮންރައްޔިތުނންނެއް ޔާމީނާއި އެކު ތިބީ، ހަމަ ގައިމުވެސް އަހަރެމެން ނެތިން ތިޔަ ޔާމީނަކާއި އެކު
ތަމެންނަށް
05 April 2017
މިތާގައި ތަމެން، މަމެން، މިމެން، އެމެން، ޕިންކީ، އޯސަމް އެންޑް ފްލޯލެސް ފަދަ ލަފުޒުތައް ބޭނުންކޮށް ހުރިހާ ދިމާލަކުން ކޮމެންޓް ކުރާ މީހާއަށް ބުނެލަން އޮތީ ތިނޫންގޮތަކަށް އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ކޮމެންޓް ކޮށްލެވެން ހަމަ ނެތީހޭ. ސާފު ދިވެހިބަހުން އެއްޗެއް ބުނެލަން ނޭގެނީހޭ. އަނެކާ އަށް ފުރައްސާރަ ނުކޮށް ރީތި ބަހުރުވައިންވެސް ފެކްޓްސް ހާމަކުރެވިދާނެއޭ. ކޮށްފަ ހުރި ކަންކަން މަދީކީވެސް ނޫނޭ. ކުރީދުވަހު އަންހެނުންނަށް ފުރައްސާރަކޮށް، މިއަދު ބޮލިހިލާ މީހުންނަށް ފުރައްސާރަކޮށް، ކޮންމެ ދުވަހަކު މަސްވެރިންނަށް ފުރައްސާރަކޮށްފަ ތިއުޅެނީ ކީއްވެގެންހޭ. ތީ އަޅެ ކޮންރަށަކު މީހުން ވާހަކަ ދާއްކާ ގޮތެއްހޭ މަވެސްމީ ރާއްޖެތެރޭ މީހެކޭ، ރާއްޖެތެރޭމީހުންނަށް މަލާމަތް ރައްދުވާގޮތައް ބަހުރުވަ ނުބަހައްޓާށޭ. ތިބޭފުޅާ ތިޔަ ކޮމެންޓް ކުރާގޮތުން އަޅުގަނޑުމެން ވަރަށް ލަދުގަނޭ . މިކޮމެންޓް މިކުރީވެސް މިރަށު ވަރަށް ބައިވަރު މީހުން އެދިގެން. ތިހާ ރަނޑުވެފަ އަނގައޮޅާފަ ވާހަކަނުދެއްކިޔަކަސް ވެދާނެ. އަޅުގަނޑަކީވެސް ޕޕމ ޔާމީންގެ ސަޕޯޓަރެއް. ޕްރޮފެޝަނަލިޒަމް މެއިންޓެއިންކުރޭ. ކިހާދެރަކަމެއް!
އަބްދުއްލާ އަލީ
05 April 2017
ރައްޔިތުންގެ ތާއީދު ބޮޑުކަމުން ޔާމީން ޕީއޭ ހަދައިގެން 3000 މީހުންވެސް ނުވި ޕާޓީ އުފައދާ ޖަލްސާއަށް ދިޔައީ ކޮންބައެއް ؟ ރަހީމް ދުވަހަކުވެސް ޔާމީނަށް މިގައުމުގާ ސަޕޯޓެއް ނުލިބޭނެ.
ރަދީފް
05 April 2017
''އޭނާ މިއަދު ވެސް މާލެ ވަޑައިގެންނެވީ ބޮޑު ތިލަދުންމަތީގައި ފަސް ދުވަހު އުޅުއްވާފައި ކަމަށާއި އެ އަތޮޅުން ފެނުނީ އަސުރުމާ ކުލައިން ޖަރީވެފައި އޮތް ތަން ކަމަށެވެ.'' ވޯޓްފޮށި ކާރީގަ ހުއްޓޭނީ މީހާއެކަނިކަމެއް އަދުރޭއަށް ނޭނގުން އެއީ ލަދުވެތިކަމެއް.
ކްލޯސްޑް
05 April 2017
ވޯޓް ފޮށި ނުބަހައްޓާނެ ބޮޑު ތިލަދުން މަތީގައި. އެސަރަހައްދު އޮޓޯ މޯޑްގައި މިހަފްތާ ގައި ޕިންކީންނަށް ލިބި އެކަން އިއުލާން ކުރެވިގެން ދާނެއެވެ. އެޗެޕްޓަރ އެއިރުން އެކްލޯސްވީއެވެ.
މަރި
05 April 2017
ރައްޔިތުންތިބީ ލ، ފުނަދޫ އަބްދުއްރަހީމްބޭގެ ފަހަތުގައި ،
modaf
05 April 2017
އަދުރޭ ތިދެއްކި ވާހަކައިގެ ތެދުދޮގު މިޚަބަރުންވެސް އެބައިނގޭ. 99 ޕަސެންޓް މީހުން ގާތަށް އަންނަނީ ރުޅި. މަށަށް ހީވާ ގޮތުން ޑިފެންސަށް ކުޅޭ ޕީޕީ ކޮމެންޓޭޓަރު ނޫނީ ދެން އެކަކުވެސް ނޫޅޭ ޔާމީނަށް ތާއީދުކުރާ. އޭނަ އެކަނިމާ އެކަނި އެބަ ކުޅޭ ޑިފެންސަށް. އޭނައަށް ވާނީވެސް އޭނަޔަށް ވާވަރުތާ. ތިބުނާ ޕާރޓީގައުޅޭ ކަމަށް ބުނާ ފަސްދޮޅަސްހާސް މީހުން ނޫސް ނުކިޔަނީ ކަންނޭނެގެދޯ މިސްޓަރ ކޮމެންޓޭޓަރު.
ޝުގާ
05 April 2017
ނޮޓް މީ! ޝުކުރިއްޔާ!
އަހްމަދު
05 April 2017
އަބްދުއްރަހީމް ކޮއިފުޅާ ވޯޓެއް ނަގާލަބަލަ. އެގޭނެ ޔާމިނާއެކީ ތިބީ ކިތައްރައްޔިތުންކަން. މަށައްހީވަނީ މަށާ ކަލެއާ ދެމީހުން ނޫނީ ނުތިބޭނެހެން. ހައްހައްހާ.