ޮޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
04 އެޕްރީލް 2017 - 23:49
ރާއްޖޭގައި މިނިވަން މުއައްސަސާތައް މިއަދު ގާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށް ދާ ކަމަށާއި ގާނޫނީ ހުކޫމަތު އަލަށް ހިންގަން ފެށުމުން ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ދުވަހަކު ވެސް އެ މަނިކުފާނު ބެހިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް "ތަރައްގީ" އަށް ގެ ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޯޓްތަކުން ނިންމާ މައްސަލަތަކަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނިންމާ މައްސަލަތަކެއް ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ.
"ކޯޓަކުން މައްސަލަ ނިންމިޔަސް އަދި ނިންމައިގެން ގޮސް ސުޕްރީމް ކޯޓުން މައްސަލަ ނިންމިޔަސް މިއީ ރައީސް ޔާމީން ކުރާ ކަމެއް. [އެކަމަކު] ނޫން. ރައީސއް ޔާމީނަކީ ކޯޓްތަކުގައި ހިނގާ ކަންތައްތަކާ ބެހޭނެ މީހެއް ނޫން،." ޝަރުއީ ނިޒާމަށް ސަރުކާރުން އަތްބާނާ ކަމަށް ބުނެ ފެށުނީއްސުރެ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ބެހިވަޑައިގަންނަވަނީ ހަމައެކަނި އެ މައްސަލަތައް ނުނިމި ދިގުލައިގެންދާ ނަމަ އެވެ. އަދި ކޯޓުތަކުގައި މައްސަލަތައް "ހަރުލައި" ގިނަ ދުވަސްވާ ނަމަ އެ މައްސަލަތައް އަވަސް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު މައްސަލައެއް ވަކި ގޮތަކަށް، ނޫނީ މައްސަލައެއް ވަކި ގޮތަކަށް އަނބުރާލާކަށް އަޅުގަނޑު ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން. އެހެންވީމާ އަޅުގަނޑުގެ ކުރިމަތީގައި އެންމެން ވެސް ބޭނުން ވަނީ ކުށް ނުކުރާ މީހަކަށް ވާން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުށެއްކޮށްފި ނަމަ އެ އޮންނަ އަދަބަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ކޮންމެ މީހަކާ ވެސް ގާނޫނު އަރައި ހަމަ ކުރާނެ ކަމަށެވެ.
"އެހެންވީމާ މިއަދު ސުޕްރީމް ކޯޓުން ކުރާ ކަންތައްތަކަކީ ވެސް ރައީސް ޔާމީން ބުނެގެން ކުރާ ކަންތައްތަކެއް. ރައީސް ނަޝީދަށް ދެން އަންނަ އިންތިޚާބެއްގައި ކުރިމަތިލެއްވުމުގައި ހުރަސްތަކެއް ހުރުމަކީ ރައީސް ޔާމީން ކުރި ކަމެއްތޯ އެއީ؟. އަޅުގަނޑަށް ނުވިސްނޭ އަޅުގަނޑު ކުރި ކަމެއް. ރައީސް ވިދާޅުވި އެވެ.
"ނޫނީ މާ ދޮށީ ބޭފުޅުންނަށް އިންތިޚާބުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުވެގެން ދިޔައީމަ އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް ތިބޭނެ ކަމީ ހަމަ ޝައްކެއް ވެސް ނެތް ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Salaam
05 April 2017
ކޮޓުތައް އެއަށްުރެ މިނިވަންވާނެ އެހެންވީމެ ނުޖެހޭނެ ބެހޭކަށް
ހެހެ
05 April 2017
ރަނގަޅު. ކޯޓަށް މައްސަލަތަށް ވައްދާގޮތް އެގިލައްވާތޯ !!!!؟؟؟
އަހުމަދުބެ
05 April 2017
އެންމެ ބޮޑު ދޮގައް ވެދާނެއެވެ.
ކަމަނަ
05 April 2017
ތިއެއްނޭންގެ ދަންވަރު އަބްދުﷲ ޤާޒީ ޔާމިންގެ ގެއަށް ވެއްދިވިއްޔަ
ހަމަބުނެލީ
05 April 2017
ކަމަނައަށް ހަމަސާބަސް ދޭވަރުވޭ! ދަންވަރަކަސް ދުވާލަކަސް ގޭގެއަށް މީހުންވެއްދީމާ އެބެހެވެނީ "ކޯޓްތަކުގެ މައްސަލަތަކަކާނޫނެއްނު" އެބުނީ ރަނގަޅަކަށްނޫންތަ؟
ސިންތިލީ ވޫމް
05 April 2017
ނުބެހޭނަމޭ؟؟؟؟
ހުދު
05 April 2017
ތިއަށްވެރު ބޮޑުތެދެއް މީހަކަށް ނެހެދޭނެ. ދިވެހި ރައްޔިތުންނޭ އަދިވެސް ހޭއަރާކަށް ނުވޭތޯ. އުމަރު ބުނީ ޔާމީނަށް މިގައުމުގެ ވަލިއްޔުލްއަމްރު ކަން ލިބިއްޖިއްޔާ ދައުލަތުގެ ތިޖޫރީ ހުރިތަނުގަ ހުންނާނީ ބޮޑު ވަޅުގަނޑެކޭ.
ދާލު
05 April 2017
ދުވަހަކުވެސް ތިބޭފުޅާ ނުބެހޭނެ. އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފު. ހަނދާން ކުރަންޖެހޭނީ މަނިކުފާނު ވެސް ޖަލުގެ ކުޑަގޮޅީގަ އޮންނަވަން ވެސް ޖެހިވަޑައިގެންފާނޭ.
އަޙްމަދު
05 April 2017
ކާކު ތިކަން ޤަބޫލުކުރަނީ؟
ހުރިހާ
05 April 2017
ހުރިހާ ދިވެހި ރައްޔިތުން މިކަން ގަބޫލުކުރެއެވެ.
ކަކަކަކަކަކަކަ
05 April 2017
ތި ހެން ވިދާޅުވުމުން ފަނޑިޔާރުން ގާތަށް ވެސް ހިނި އަންނާނެއެވެ.
ނައިބު
05 April 2017
ޖޭއެސްސީއަށް މެމްބރުން ޢައްޔަން ކުރުމާ ބެހޭނަން ތޯއެވެ؟
ނުބެހެމޭ
05 April 2017
މަމެން އުސޫލުން ބޭރުން އެއްވެސް ކަމަކާިއ ނުބޭހެނަން އިނގޭ.