އުމަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
05 އެޕްރީލް 2017 - 08:50
ޕީީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލާހްގެ މައްޗަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުންނަށް ރޭ ހުށަހަޅައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަން ދެއްކުމަށްޓަކައި ފަލާހް ވިދާޅުވީ 10-15 ދުވަހަށް ކުދިކުދި ކުންފުނިތައް ހަދާފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވީ އުމަރުގެ ހާލަތު އެހެން ހުރިއިރު، ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނަށް އަމާޒުކޮށް އުމަރު ދައްކަވާ ކަމަށެވެ.
"އުމަރު ކޯޓަށް ދޭ ބަލަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް،" ފަލާހް ވިދާޅުވި އެވެ.
ފަލާހް އެ ވާހަކަ ދެއްކެވި މައްސަލަ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބަލައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި ދިނުމަށް އުމަރު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ވެ އެވެ.
އުމަރު ފުލުހުންނަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.
"އަދި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އަޅުގަނޑުގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް، ނުވަތަ އަޅުގަނޑުގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކާ ވެސް ހަވާލު ކުރެވިފައެެއް ނުވާނެ އެވެ. އަދި އަޅުގަނޑު މިނިސްޓަރ ކަމުގެ މަގާމް ގައި ހުރި ދުވަސްތަކުގައި، އެފަދަ ކުންފުންޏަކުން އެ މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ވާނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،" އުމަރުގެ ސިޓީގައި ވެ އެވެ.
މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އުމަރުގެ މައްޗަށް ސަރުކާރުން ތުހުމަތު ކުރެ އެވެ. އަދި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރައީސް
05 April 2017
މިއުމަރު ހަރުގަނޑައް އެރިމައްސަލަ ބަލަންޖެހޭ
ހަސަނު
05 April 2017
އުމަރަށް ނޭނގެނީ... އުމަރު ފަލާހާ ދެކޮޅަށް ކުރާ ދައުވާއެއް ނުހިނގާނެ.. އެކަމަކު ތިޔަ މައްސަލަ އުމަރު ކޯޓަށް ލުމަކީވެސް ފަލާހުގެ އަބުރަށް އަރައިގަތުން ކަމުގާ ފަލާހު ހުށަހަޅައިފި ނަމަ އެ ވަގުތުންފެށިގެން އެ ތަހުގީގު ކޮށް އެދުވަހު ނިންމާ ހަމަ އެރޭ އިރާކޮށްޅު ޕުރޮސެކިއުޓަރަށް ފޮނުވާ އެރޭ ދަންވަރު އުމަރު ހައްޔަރު ކުރާނެ....
ސަމޫދު
05 April 2017
ހަމަ ހުވާކޮށްފަ ބުނަންކެރިދާނެ ތިމައްސަލައެއް ނުހިނގާނެ. ހިނގިޔަސް ތިމައްސަލަ ނިމޭނީ ފަލާހު ކޮޅަށް. އެކަމުގެ ބަދަލު ދޭންޖެހޭނީ އުމަރު. އެއީ ފަލާހުގެ އަގުވައްޓާލަށް ކޯޓައްދިޔަކަމުގަ، އަދި ފަޅަހުގެ ނަޒާހަތްތެރިން ގެއްލުވާލާ އަބުރު ވެއްޔާމޮޑެލި ކަމުގަ ކަނޑައަޅާ އުމަރު ބޮޑުއަދަދަކުން ޖޫރިމަނާކުރާނެ. އެކަމަކު ފަލާހު ކޮޅުބަދަލުކޮށްފިއްޔާ ތިކަމުން ފަލާހު ސަލާމަތެއްނުވާނެ. މީހަމަ ޔަގީން ޔަގީން ޔަގީން
ހުސޭނުބެ
05 April 2017
ފަލާހުމެންވެސް އެބަޖެހޭ އަނގަ މައިތިރި ކުރަން!! ބަސްމަދުކޮށްފަ ޢަމަލު ގިނަކުރާ ސަރުކާރެކޭ މިހާރު އޮތީ!! ރޭގެ އެޖަލްސާގެ މައުމޫނާ ދިމާލަށްވެސް އެގޮވާލި އެއްޗެހި ކަމަކު ނުދޭ!! މައުމޫނު އެއުޅުއްވާގޮތްވެސް ކަމަކު ނުދޭ!!
މީތާ
05 April 2017
ފުލުހުންގެ ހިތްވަރެއް ހުރިއްޔާ ތިޔަ މައްސަލަ އަޅެ ބަލާބަލަ. ''ހުރިހާ ރައްޔިތުންނަށް'' ޚިދުމަތްކުރަން އޮންނަ ތަނެކޭ ބުނޭ. އެނގިދާނެތާ ހުރި ވަރެއް މިފަހަރު
ހުސޭނުބެ
05 April 2017
ފުލުހުންނަށް ބަލަން ނުކެރެން މީ މާ ވަރުގަދަ މައްސަލައަކީތަ!! މިކަންވެސް ބަލާނެ!! ކަލޯމެންތަޅާ ބޭކާރު އަގނަ މައިތިރި ކުރެވޭތޯ ބަލާ ފުރަތަމަ!!
ހަސަނުބޭ
09 April 2017
ހުސޭނުބޭ އެބުނީ ތެެދެއް. ބަލާނެ ކީއްވެ ނުބަލާނީ؟ ބަލައިގެންނު އެގޭނީ އެ ބެހުނީ އަބުރާތޯ؟
އަލީ
05 April 2017
ތިޔަ މައްސަލައަށް ވާނެ ގޮތް ދެން ކުޑަކުދީންނަށްވެސް އިގޭނެ ދޯ؟
ދެރަވޭ
05 April 2017
އުމަރާ މިފަހަރު ތިޔަ މައްސަލަބަލާނީ ވާހަކަ ދެއްކިމީހާގެ އެއްނޫން. ހުށަހެޅިމީހާގެ. ކުއްވެރިވާނީވެސް ހުށަހެޅިމީހާ.
ހަސީލަތް
05 April 2017
މިފަހަރު ފުލުހުންގެ އިންސާފު ވެރިކަމާއި ފުލުހުންގެ ތިބުނާ ޕުރޮފެޝަނަލްކަން އެގިދާނެތާ ؟ މިފަހަރު ރައްޔިތުން މިތިބީ ލޮލުފިޔަ ނުޖެހި ފުލުހުންގެ ގާނޫނީ ވާޖިބް އިމްތިހާނު ބަލާށެވެ. ގާނޫނު ދަމަހައްޓާ ނަގަހައްޓާ ވަރު ބަލާށެވެ.
ޕޕދ
05 April 2017
އުމަރާ ތިހެންއުޅެނިކޮން އެއްކަލަ ހުދުވަލުގަހިފާފާނެ އަސުރުމަލުގެ ވެރިން މަޑުމަޑުންހުރެވޭތޯބަލާ މީ ނަސޭހަތެއް މަބިރުގަނޭ
ހާސަރު
05 April 2017
ނިކަން އުމަރުގެ ހިތްވަރެއް ހުރިއްޔާ ތިމައްސަލަ ބަލާތޯ ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ދޭބަލަ ހަމަޔަގީން އަޅާވެސް ނުލާނެ. އެހެން ނަމަ ހަފްތާއެއްގެ ތެރޭގައި ގާސިމަށް ދައުވާކޮށްދޭން އެދި ފޮނުވިގޮތަށް ފައިސާގޯނި ހިފައިގެން ބަހަން ދިޔަ މީހާގެ މައްސަލަ ވެސް ފޮނުވީހެއްނުން! ފުލުހުންނަށް ރައްޔިތުން އިތުބާރުކުރުން ދުވަހުން ދުވަހަށް ދަނީ ގެއްލެމުން.