މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވާހަކަދައްކަވަނީ.
10 އެޕްރީލް 2017 - 22:56
އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ސެލްޓޮކްސް ޖަހާހެން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިރޭ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރި ދުވަސް އަލްވަދާއުކިޔާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ލޯތްބަކީ އެއްވެސް ގޮތަކަށް ބިރުދައްކައިގެން ހޯދާ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ހުރިހާ ގޮތަކުން، މަޖިލިސް ތެރޭގައި ވެސް ބިރުދެއްކުން، މަގުމަތީގައި ބިރުދެއްކުން. އަޅުގަނޑުމެން މިކަހަލަ ތަނެއްގައި މަޑުކޮށްފިކަމަށް ވަންޏާ ދޮރުމައްޗަށް އައިސް ކުރަފިތަކަކަށް ސެލްޓޮކްސް ޖާހަލާ ގޮތަށް އަޅުގަނޑުމެންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހަނީ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހެއްގެ އަތުގައި ބާރު އޮތުމުން ވަގުތުކޮޅަކަށް އަނިިޔާކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެރަވޭ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ހިތްވަރަކަށް، އަޒުމަކަށް ގުޑުމެއް ނާރާނެ. އޮނަރަބްލް ގާސިމް އިބްރާހިމް އެކުރައްވާ ހިތްވަރަށާއި މަސައްކަތަކަށް މިކަމުން އެއްވެސް ގުޑުމެއް ނާރާނެ،" އެ ޕާޓީގެ ލީޑަރު ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ މަސައްކަތަކީ އެންމެ ފަރުދަކަށް ނިސްބަތްވާ މަސައްކަތެއް ނޫން ކަމަށާއި އެއީ މުޅި ގައުމުގެ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑަކުދިންނަށް ވެސް އެބަ އެނގޭ ގާނޫނާ ހިލާފަށް، ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަތުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫންކަން. އަޅުގަނޑު މި ވާހަކަދައްކާއިރު ހަމަ ހިތާމަކުރަން. އަޅުގަނޑު ހަމަ ހިތަށްއަރަނީ ދިވެހި ސަލާމަތީ ބާރުތަކުން، ދިވެހި ފުލުހުންނަށް ހަމަ މި ގާނޫނުތައް ނުފެންނަނީތޯއޭ،" އޭނާ ވިދާޅުވި އެވެ.
"އެކަންތައްތައްކުރާ ފަރާތްތަކުން އެބަ ޖެހޭ، ބާރަކީ އަބަދުމެ އޮންނަ އެއްޗެއް ނޫން ކަން. ބާރު އަބަދަކު ނޯންނާނެ. ކޮންމެ ކަމަކަށް ވެސް ނިމުން އާދޭ. ކޮންމެ ބޮޑު އެއްޗެއް ވެސް ފަނާވެގެންދާނެ. އެ ދުވަހަކުން އެކަންތައްތަކަށް ޖަވާބުދާރީ ނުވެވި ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ."
ފައިސަލް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމަށް ދެމުން އަންނަނީ ހައްގު އަދަބެއް ނޫނެވެ. އަދި މިހާރު ވެސް ބަންދުގައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުން މިނިވަންކޮށް، ގައުމު ސުލްހަވެރިކަމާ އެކު ކުރިޔަށް ގެންދަން އޭނާ ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު މީހާ
11 April 2017
އަނިޔާވެރިކަން އަލްވަދާއު ކިޔާފި. ނަމަވެސް މިހާރުގެ އަނިޔާވެރިކަމާ ކުރިމަތި މިލެވެނީ އަނިޔާވެރިކަމަށް ސިފަކުރެވެމުން ދިޔަ 30އަހަރުގެ ބާނީ އެކުލެވޭޓީމަކުން. ވީމާ އެޓީމަށް ބާރު ލިބިއްޖެނަމަ އަނިޔާވެރިކަން އިތުރުވުން ނޫން އެހެން ގޮތެއް އެބައޮތްތޯ ސުވާލު އުފެދޭ.
ދެލޯ
11 April 2017
ޕެޕާ ސްޕްރޭ ޖަހަންވީގޮތްވެސް މިޖެހެނީ އިދިކޮޅުފަރާތްތަކުން ބުނެދޭން. ހަމައެކަނި މިކަމުންވެސް ގައުމުގެ ހާލަތު ގެންގޮސްއޮތް ހިސާބުއެބައެނގޭ. 3 އަހަރުން ހަލާކުކޮށްލި މިގައުމުގެ އިޖުތިމާއީ ފޭރާން އަލުން މަރާމާތުކުރަން 10 އަހަރު ދުވަސްނަގާނެ.
ާއަލީ
11 April 2017
ތިމާއަށް ކުޑަކުޑަ ބާރެއް ލިބުނަސް ފެންނަނީ ނަހަމަ ގޮތުގަ ބޭނުން ކުރާތަން.ތިމާމެން ޖަވާބުދާރީ ވާން ޖެހޭ ފަރާތެއް ވާކަމެއް ހަދާނެއް ނުހުރޭ
އަޙްމަދު
11 April 2017
ދެން ކިހިނެތް ޖަހަންވީ؟ ފޯމެތްފުރާ ފުރިހަމަ ކޮއްގެންތޯ؟ ދައްކާނެ ވާހައެއް ނޭންގެއްޏާ ތި "ދެއުޅިއެއްނުވާ" އިދިކޮޅު ބައިގަނޑު އަނގަމަޑުންލައިގެންތިބިއްޔާ މާތާހިރު ވާނެ.
ދޭބަލަ
11 April 2017
ފުލުހުން ޕެޕަރ ސްޕްރޭ ޖަހަނީ އެއީ ފުލުހުން ކުރީގައި މުޒާހަރާ ކުރާ މީހުން ދުރަށް ދާން އިންޒާރު ދިނުމަށް ފަހުގައެވެ. މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުމަކީ އެއީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ކަން މިހެން ހުރުމުން މާފަންނު ކުނޫޒު ކުރިމަތީގައި މުޒާހަރާ ކުރެވެންވީ އެއްވެސް ސަބަބެއް މަމެންނަށް ނުފެނެއެެވެ. މުޒާހަރާ ކުރަން އޮންނާނެ ކާނިވާ ކޯނަރ އެއް ދީފައި އެންމެންނަށް. އެތަނަށް ޖަމާވެ ތިބެގެން މުޒާހަރާ ކުރަންވީ އެއިރަށް ޕެޕަރ ސްޕްރޭ ނުޖަހާނެ ޝެލް ޓޮކްސް ޖަހާ އުސޫލުން.
ކީއްވެތޭ
11 April 2017
ޕެޕަރ ސްޕްރޭ ޖަހަނީ ޝެލް ޓޮކްސް ޖަހާ ގޮތަށް ނަމަ އެކަން ޝަރުއީ ކޯޓަކަށް ހުށައަޅައިގެން ކުރިއަށް ގެންދަންވީ ޖޭޕީން. ޖޭޕީގެ އެމްޕީން އިދިކޮޅު އެމްޑީޕީ އާއި ގުޅިގެން ސަރުކާރު އަންޑަރ މައިން ކުރަން އުޅޭއިރު ޖޭޕީގެ އެމްޕީން ނަށް ގިނައިން ވޯޓް ދިނީ އެއީ ޕީޕީއެމް މެމްބަރުން ކަމަށްވާތީވެ ޖޭޕީ އަށް ސަރުކާރާއި ދެކޮޅަށް މާލޭގައި މުޒާހަރާ ކުރެވޭނެތޯ އެއީ މަމެން އުފައްދާ ސުވާލަކީ ފުރަތަމަ ވެސް.
މައުލާނާ މުހައްމަދުއަލީއަލީ
11 April 2017
މިސަރުކާރުގެ އަނިޔާވެރިކަން މިވަނީ ހައދުފަހަނައަޅާފައި މިަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލުމަކީ މަތިވރިވެގެންވާ ޖިހާދެކެވެ.
ޔިޑްސް
11 April 2017
ތިކިޔަނީ ޕެޕާސްޕްރޭ އެއްނު އެހެންވީމަ ޕެޕާ ސްޕްރޭއެއް ނުޖެހޭނެދޯ ބިޓުންކައިރިޔަށް ދާން ސެންޓް ޖަހާހެން. އެވަރުނޭގޭ މީހުން ސިޔާސަ ނުވިއްޔާ ރަނގަޅުވާނީ.
ޚޮނުމަދު
10 April 2017
އެންމެންގެ މަތި ނާޅުވާ.