12 އެޕްރީލް 2017 - 22:13
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް މިރޭ ވަޑައިގެންފި އެވެ.
މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ 14 ޖަލްސާ އެވެ. އެއީ، ފެބްރުއަރީ މަހު ބޭއްވި އަށް ޖަލްސާ އާއި މާޗު މަހު ބޭއްވި ދެ ޖަލްސާ އާއި މި މަހުގެ ތެރޭގައި ބޭއްވި ހަތަރު ޖަލްސާ އެވެ. އެންމެ ފަހުން ޖަލްސާއެއް ބޭއްވީ މިރެ އެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ދައުރުތައް ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ. މަޖިލިހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ޖަލްސާތައް ކޮންމެ ހޯމަ، އަންގާރަ ބުދަ ދުވަހެއްގައި ބާއްވަން ޖެހެ އެވެ.
އެހެންކަމުން މި މަސް ނިމެން 18 ދުވަސް އޮއްވާ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައި މިވަނީ ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މަޖިލިސް ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ދިޔަ ކަން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު ބައެއް މެމްބަރުން ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
Mirey majileehuge jalsa eh e baavvany majlis chutteeah fonuvaalan. Mas nimen 18 dhuvas ovva ehen hedhumakee vakkameh. Israafeh. Jareemaa eh.
— Ali Waheed (@ali20waheed) April 12, 2017
އަލީ ވަހީދު ކުރެއްވި ޓުވީޓު.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މަޖިލިސް މިރޭ ބާއްވަނީ މެމްބަރުން ޗުއްޓީއަށް ވަޑައިގަތުމަށެވެ. އަދި ބާކީ 18 ދުވަސް އޮއްވާ އެހެން ހެދުމަކީ ވައްކަމާއި އިސްރާފު ކުރުމާއި ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ބައެއް މެމްބަރުން ވަނީ ރަށްތަކަށް ފުރާވަޑައިގަންނަވަން ފައްޓަވައިފަ އެވެ.
ފުރަތަމަ ދައުރުގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ނުކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިހުގެ ރިޔާސަތު ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދެ ފަހަރު، މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓު ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މަސީހާ ދެކޮޅަށް ހުށަހެޅުއްވި ފުރަތަމަ މައްސަލައިގައި އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި އެވެ. އަދި އާންމު ކޮމެޓީން މަޖިލިހުގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން މަސީހާ ދެކޮޅަށް ހުށަހެޅި ދެވަނަ މައްސަލަ އާއި މޫސަ އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ވަނީ މަޖިލިހުން ބޭރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
13 April 2017
މާމަދެއްނޫންތަ؟ ހަމަސް ދުވަހުގެ ޗުއްޓީ ނެންގެވިނަމަ ފައްކާވީސް. ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފެއްތީ ތިޔަ މަޖިލީސް.
އުމަރު
13 April 2017
ތިޔައިން ކޮންމެ ޗުއްޓީއެއްގައި އޮންނަނީ ކޮންމެވެސް ސިޔާސީ މީހަކަށް ހުކުމް އިއްވާފައި، މިފަހަރު ޗުއްޓީއަށް އެދިޔައީ ގާސިމަށާއި އަބްދުﷲ ރިޔާޒަށް ހުކުމް އިއްވުމަށް ތައްޔާރުވަމުންދާތީ،
ފިނި
13 April 2017
އެމީހުން ޗުއްޓީނޫން ދުވަހެއް ދޭތަ ! ހުވާ ކުރީއްސުރެވެސް ފަށައިގެން އެމީހުން ޗުއްޓީގައި އެތިބެނީ! (:
ލުކްވެލް
13 April 2017
ތިން މަސްދުވަސް ތެރޭ އެންމެ 14 ޖަލްސާ ބާއްވާފައި މަޖްލީސް ޗުއްޓީ އަށް ދިއުމުން މަޖްލީހުގައި ސަރުކާރުފަޅީ ގެ ކޯލިޝަން ތަމްސީލް ކުރަން ތިއްބެވި އެމްޕީން ދަންނަން ޖެހޭނެ މީ ވަރަށް ކުޑަ މިންވަރު ކަން މިކުރެވުނީ. ކަން މިހެން ހުރުމުން ގެއްލިގެން ދިޔަ ދުވަސް ތައް ރިކަވަރ ކޮށް ދެއްވަން ޖެހޭނެ މި ޗުއްޓީ ތެރޭގައި. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތި ވަމުން އަންނާތީވެ އަދި ވެސް އެގާނޫނު ސްޓްރީމް ލައިން ކުރަންވީ އެވެ. ކައުންސިލަރުންގެ ސްކޯޕް އޮފް ވޯރކް އަދި ވެސް ބޮޑަށް ސްޓްރީމް ލައިން ކޮށް ސިޓީ ތަކުގެ ކައުންސިލަރުންގެ ބާރު ވަރަށް ބޮޑަށް ދަށް ކޮށް ސިޓީ ތަކުގައި ވެސް މޭޔަރުން ނުތިބޭ ގޮތަށް ހަދާ ހުރިހާ ރަށެއްގައި ވެސް ތިބޭނީ ކައުންސިލަރުން ކަމުގައި ހައްދަވަންވީ ގަނޫނުން. އެއިރުން ވެސް ދެން މަޑުމަޑުން މައި ސަރުކާރާއި ނުގުޅި ޑިވައިޑް އެންޑް ރޫލް ގެ އުސޫލު ތައް އިސްކޮށްގެން ރަށްރަށުގެ ކައުންސިލަރުންނަށް ކަންކަން ނުކުރެވޭނެ ނޫންތޭ. މީ މަޖްލީހުގެ ޗުއްޓީ ތެރޭގައި އިސްލާހު ކުރަންވީ ގާނޫނު. އިިދިކޮޅު ކްރިޓިކްސް އަށް ދޭން ޖެހޭނީ ޝޮކް އެން އޯވް އެއް މީގައި.
އަލީ
13 April 2017
މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ލާފާނެތީ ބިރުންކަމަށް ވާނީ ތިދިޔައީ. ބިރުގަތަސް ނުގަތަސް މަޖްލިސް ހުޅުވީ ވެއްދީ
ނެރެދީބަލަ
13 April 2017
މަޖިލިހުގެ މެމްބަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ދިޔައިރު ނިމިގެން ދިޔަ ދަައުރުގައި މަޖްލީސް މެމްބަރުންނަށް ނެރެވިފައިވަނީ ވަރަށް ދަށް ޕާރފޯމަންސް އެކެވެ. ކަން މިހެން ހުރުމުން އެތަން ފޫބެއްދުމަށް ޓަކައި ޗުއްޓީ ތެރޭގައި މަޖްލީހުގެ ކޮމެޓީ ތަކުގެ ޖަލްސާތައް ބާއްވާ މިހާރު ކޮމެޓީ ތަކުގެ އަތުގައި ހުރި ބިލް ތައް ނިންމަވާ ކުއްލި އަކަށް މަޖްލީހުގެ ޖަލްސާ އެއް ބާއްވާ މަޖްލީހުގެ ތަޅުމަށް ބިލް ހުށައަޅާ ދުވަހުގެ ރޭ އެ ފަދަ ބިލެއް ފާސް ކުރަންވީއެވެ. ސަބަބަކީ މިހާރު މި ވަގުތު މަމެން ޕިންކީން އަތުގައި މަޖްލީހުގެ މެޖޯރިޓީ އޮތް އިރު އެކަމުގެ އެޑްވާންޓޭޖް ޖެހޭނެ ނަގަން އޭގެ މެކްސިމަމް ލެވެލްގައި ސަރުކާރުން. ސަރުކާރުން ވަކިން ޚާއްސަ ކޮށް ރައީސް އޮފީހުގެ މިނިސްޓަރުން މިކަމުގައި ވިސްނާ ސަރުކާރުގެ ރިސޯރސް ތަކާއި ފެސިލިޓީސް އާއި އަދި ސްޓޭޓަސް އެއްގެ ބޭނުމުގައި ނުތިބެ ކަންކަން ކޮށް ނަތީޖާ ނެރެދޭންވީއެވެ. މިކަން ކަން ރައީސް އޮފީހުން ނުކުރެވިގެން ރައީސް މައުމޫނުގެ ސަރުކާރު ވެސް ފެއިލްވީ އަދި ކެނެރީގެ ނަޝީދުގެ ސަރުކާރު ވެސް ފެއިލްވީ. މީ ވިސްނަން ޖެހޭނެ ކަމެކެވެ.
ކޮށްލާދެން
13 April 2017
މަޖިލިހުގެ މެމްބަރުން ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ދުރުވިނަމަވެސް މައްސަލަ އެއް ނެތެވެ. އަދި އެކަމަކު އެެބަޖެހޭ މަޖްލީސް ޗުއްޓީ ތެރޭގައި އާރޖެންޓް ދިހަ ގާނޫނު ވަރު ފާސް ކޮށް ދެއްވަން ދިހަ ރޭ ވަންދެން ރޭގަނޑު ޖަލްސާ އެއް ބާއްވައިގެން. އެ ގާނޫނު ތަކަކީ:- 1. ރާއްޖޭގެ ސިޔާސީ ކަންކަން ސޯޝަލް މީޑިއާ ގައި ބޭނުން ކުރެވޭނެ އުސޫލު ތަކުގެ ގާނޫނު. 2. ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ލައިވް ކުރާ ޖަލްސާ ތަކުގައި ދައްކާ ވާހަކަ ޕްރިވެރިފައި ކުރަަން ޖެހޭނެ ގޮތުގެ ގާނޫނު. 3. ރާއްޖޭގެ އިގްތިސާދަށް ގެއްލުންދެނިވި ވާހަކަ ސިޔާސީ ޕްލެޓް ފޯރމްސް ތަކުގައި ދައްކާ މީހުންނަށް ދޭ އަދަބާއި ބެހޭ ގާނޫނު. 4. ރާއްޖެތެރޭން މާލެ އަށް މުޒާހަރާ ކުރަން އަންނަ މީހުންނަށް ދޭނެ އަދަބާއި ބެހޭ ގާނޫނު. 5. ސަރުކާރުގެ ހުއްދަ ނުނަގާ ރާއްޖެތެރޭގައި މުޒާހަރާ ކުރާ މީހުންނަށް ދޭނެ އަދަބާއި ބެހޭ ގާނޫނު. 6. މާލެ ސަރަހައްދުގައި އަހަރަކު 2 ކޮޓަރީގެ 1 ލައްކަ އެޕާރޓްމަންޓް އެމްޓީސީސީ މެދުވެރިކޮށް އިމާރާތް ކޮށް ވިއްކާނެ ގޮތުގެ ގާނޫނު. 7. ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރުމާއި ބެހޭ ގާނޫނު. 8. ރާއްޖޭގެ އިިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ސަރުކާރާއި ބެހޭ ގޮތުން ދައްކާ ވާހަކަ ތަކާއި ބެހޭ ގާނޫނު 9. ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ނެރެން ޖެހޭ ބަޔާން ތައް ނެރުމުގެ ގާނޫނު. 10. ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ކެމްޕެއިނަށް ރަށް ރަށުގައި ޕޯސްޓަރު ތައް ހަރުކުރުމާއި ބެހޭ ގާނޫނު. މިކަން ކަން ކުރަން ވެރިކަން ކުރާ ޕީޕީއެމް އެމްޑީއޭ ކޯލިޝަން އިން ވިސްނަންވީ މަޖްލީސް ޗުއްޓީ ގައި އޮތްވައެވެ. އެއިރު އިދިކޮޅު ކްރިޓިކްސް ތިބޭނީ ރާއްޖޭން ބޭރުގައެއް ނޫން ދޯ.
އުދުހޭ
13 April 2017
ކައްޕިތާނު ސަލާމަތްވީމާ ފަޅުވެރިކުދިން ޖާފަތެއް އެރުވީތާ؟!
ަފާރި
13 April 2017
ހެޕީ ހޮލިޑޭސް...
އަލީ
13 April 2017
ހުރިހާ ރައްޔިތުން އެކަށްޗެއް ކިޔާފަ ވީ ދެން ރައްޔިތުންގެ މަޖިލިސް އަށް ކުރިމަތިލާ ކެނޑިޑޭޓުން ނައް ވޯޓު ނުދޭން. ރައްޔިތުންގެ ލާރި އަށް ބޭނުން ގޮތެއް ހެދިޔަ ދީގެން ނުވާނެ.
އަޝްރަފް
13 April 2017
މަށާ މަގޭ އާއިލާއާ ރައްޓެހިންވެސް އަދި ގޭދޮށުމީހުންވެސް ތިކަމަށް ތާއީދު...