ސ. ހިތަދޫ ފެނަކަ ބްރާންޗުގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެ ތަނުގައި އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީ އަށް މިއަދު ބަދަލުކޮށްފި އެވެ.
ހިތަދޫ ފެނަކަ ބްރާންޗް ހިންގުމުގައި އުޅުއްވާތާ ފަސް އަހަރު ވެފައިވާ ޒުހައިރު ބަދަލުކުރީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ އައްޑޫގައި ހިންގާ ހައުސިން މިނިސްޓްރީގެ ގޮފީގަ އެވެ.
އަބުހަރީ ޒުހައިރަކީ އައްޑޫގައި މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން އަބުހަރީ ފާމަސީގެ ނަމުގައި ބޭސްފިހާރައިގެ އިތުރުން ކްލިނިކެއް ވެސް ހިންގަމުން ގެންދަވާ ބޭފުޅެކެވެ.