އޭޑީކޭ އިން ރޭ ބޭއްވި ޖަލްސާގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
18 އެޕްރީލް 2017 - 10:46
މިދިޔަ މާޗް މަހު ރާއްޖޭގައި ފެތުރުނު އިންފުލުއެންްޒާ އަށް ފަރުވާ ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު މިހެން ވިދާޅުވީ އިންފްލުއެެންޒާ އިން ރައްކާތެރިވެވިފައި ވާތީ އެކަން ފާހަގަ ކުރުމަށް ޗަމްޕާ ސެންޓްރަލް ގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އައްފާލު ވިދާޅުވި ގޮތުގައި އޭޑީކޭގެ ފްލޫ ކްލިނިކް ހިންގި ނުވަ ދުވަހުގެ މުއްދަތުގައި ގާތްގަނޑަކަށް 1600 އަށް ވުރެ ގިނަ މީހުން އެ ކްލިނިކުން ހިލޭ ފަރުވާ ހޯދި އެވެ. އަދި މި އަހަރުން ފެށިގެން މާޗް މަހުގެ ނިޔަލަށް އެ ހޮސްޕިޓަލުން 11910 މީހުން ފަރުވާ ހޯދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 65 މީހަކު އިންފްލުއެންޒާ އަށް ޓެސްޓް ކުރި އިރު މި ބަލި ފެނިފައި ވަނީ 28 މީހެއްގެ ހަށިގަނޑުންނެވެ.
އަފްއާލް ވިދާޅުވިި ގޮތުގައި އިއްޔެ ރެއާ ހަމައަށް ގާތްގަނޑަކަށް 10400 މީހުންނަށް އެ ހޮސްޕިޓަލުން ވަނީ އިންފްލުއެންޒާ ވެކްސިން ދީފަ އެވެ.
ރޭގެ ހަފްލާގައި ވަނީ އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި މަސައްކަތް ކުރި މީހުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. މިހަފްލާގައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.
ސްވައިން ފްލޫ ފަދަ ނުރައްކާތެރި ބައްޔަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަލާމަތް ވެވުނީ އޭޑީކޭ އާއި އަދި އެހެނިހެން ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އެއްބާރުލުމާ އެކުގައި ކަން މިނިސްޓަރު ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ކަންކަމުގައި ހިތްވަރު ދިނުމަކީ މިފަދަ ކަންކަމުގައި އެއްބާރުލުން ފެނިގެން ދާނެ ކަމެއް ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
އޭޑީކޭ އިން ހުޅުވި ފްލޫ ކްލިނިކުން، ނުވަ ދުވަސް ވަންދެން 24 ގަޑި އިރު ހިދުމަތް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސި
18 April 2017
ޤައުމަށް ދިމާވާ މިފަދަ ކަންކަމުގައި ވަތަނީރޫހްގައި އޭޑީކޭ އިން ހަރަކާތްތެރި ވެފައި ވާތީ ސުކުރާއި މަރްހަބާ ދަންނަވަމެވެ.
ނޫރު
18 April 2017
ޢޭޑީކޭ ހިންގަނީ ވަރަށްކުޑަ ކުއްޔަކަށް ނަގާފައިވާ ރައްޔިތުންގެ ވަރަށްބޮޑް ބިމެއްގައި. މާލޭގެ ބޮޑް ގުދަނެއްގެ ކުލީގައި ނުންތޯ.
މޯޑް
18 April 2017
ފައިސާ އެއް ފަރާތުގައި ބާއްވާފައި ބުނަން އޮތީ އޭޑީކޭއިން ވެކްސިން ޖެހުމާއި ފްލޫ ކްލިނިކް މެނޭޖްކުރިކަމަށްޓަކައި ޝުކުރިއްޔާއޭ
ހަބޭސް
18 April 2017
އޭޑީކޭ އިން ކޮންމެ ވެކުސިންއެއް ވިއްކީ 165ރ އަށް އޭދީކޭންބުނީ 1600 މީހުން އިންޖެކުޗަން ޖެހިކަމަށް އެއީ 26400 ރުފިޔާ އެހެންތަންތަނުން އިންޖެކުސަން ވިއްކީ 140 ރ އަށް އެހެންވީމާ 25 ރުފިޔާ އެއީއިންޖެކުޝަން ކަށި ކޮށްޕާލުމުގެ އަގު ދެންކޮބާ ހިލޭވެފަ
ކަލޯ
18 April 2017
ވެކްސިން ޖެހީފައިސާ ދައްކައިގެން. ވެކްސިންގ ޖަހައިގެން ލިބުނު ފައިސާ ހިމަނާލިނަމަ ރަގަޅުވީސް
އުމަރު
18 April 2017
މާކަބޮޑު އަދަދެއްނޫން، ތިޔަ ބިންވެސް އޭޑީކޭއަށް ދީފައިވަނީ ގާތްގަނޑަކަށް މުޅިން ހިލޭ، އެހެންކަމުން އޭގެ އަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ
ހަސަނު
18 April 2017
މި ކަހަލަ ގައުމީފެންވަރުގާ ދިމާވާ ކުއްލި ނުރައްކާ ތަކުގާ ގައުމުގެ ބޮޑެތި ހޮސްޕިޓާ ތަކުން ހާލަތާ އެކަށޭނަ ފިޔަވަޅު އެޅުމަކީ 'ހިލޭ ސާބަހަށް' ކުރާ ކަމެއްގެ ގޮތުގާ އޮތުމުގެ ބަދަލުގާ އެ ފަދަ ހާލަތު ތަކުގާ ކޮންމެ ހޮސްޕިޓަލަކުން އަދި ކޮންމެ ކުލިނިކަކުން އަމަލު ކުރަން މަޖުބޫރުކޮށް އެކަން ގާނޫނުގާ ގަދަ ކަޅު އަކުރުނ ްލިޔެފާ ބާއްވަން އަޅުގަނޑަށް ފެނޭ....
ކީކޭ
18 April 2017
ސްވައިން ފުލޫ ކަހަލަ ނުރައްކާތެރޮ ބައްޔެކޭ....... ބަލަ ނުރައްކަލެއް ނެތޭނު ބުނީ
ހިލޭ ؟؟
18 April 2017
މަސައްކަތަށް ތައުރީފް. އެކަމަކު ހިލެއޭ؟ ބައެއް މީހުންނަށް ހިލޭއެއްކަމަކު، އެފަރުވާދިން ބިލްތަކަށް އޭޑީކޭއިން ސަރުކާރަށް ބިލް ކުރާނެ، އަދި ސަރުކާރުން އެބިލްތަކަށް ފައިސާދައްކަނީ ބުަޖެޓުން (ރައްޔިތުންގެ ލާރިން). އެހެންވީމާ ހިލޭ އަކީ މުޅިއަކުން ތެދެއް ނޫން.
ޖަިކް
18 April 2017
ކިހާވަރެއްގެ އާމްދަނީ އެއް އޭޑީކޭ އަށް ލިބުނީ