ހުޅުލޭ ފެރީ ޓާމިނަލް - ފޮޓޯ:- ސޯޝަލް މީޑިއާ
01 މެއި 2017 - 10:32
މާލޭ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީ ޓިކެޓުގެ އަގު ބޮޑު ކޮށްފި އެވެ.
އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވާ ގޮތުން މި މަހު 10 ވަނަ ދުވަހުން ފެށިގެން ފެރީ ޓިކެޓުން އެއް ރުފިޔާ ބޮޑު ވާނެ އެވެ.
އެހެން ކަމުން އެ ދުވަހުން ފެށިގެން މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީގެ ޓިކެޓެއް ލިބޭނީ 11ރ އަށެވެ. އެ ތަނުން ބުނީ ޓިކެޓްގެ އަގު ބޮޑުކުރަން ޖެހުނީ މާލެ-ހުޅުލެ ފެރީ ޓިކެޓުން ޖީއެސްޓީ ނަގަން ޖެހުމާއި ގުޅިގެން ކަމަށެވެ.
ނަމަވެސް މީރާ އިން އަންނަނީ މީގެ ކުރިން ވެސް ފެރީ ޓިކެޓުން، ޖީއެސްޓީ ނަގަމުންނެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓާއި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓު، ޖީއެސްޓީ ހިމަނައިގެން ވިއްކާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައްޕޭ
02 May 2017
11ރ އަކީ 2 ކޮޅު ޓިކެޓުގެ އަގުތައް ނޫނީ 1 ކޮޅު ޓިކެޓުގެ އަގުތައް؟ ޚަބަރު ލިޔާމީހާ ތަންކޮޅެއް ބޮޑަށް ލިޔާތަކެތި ބަލަންވެއްޖެ
ބޯގޮވި
02 May 2017
ޖީއެސްޓީ ނަގަނީ ކިތައް ޕަސަންޓް؟ މިވެސް ހަމަ ގައުމެއްދޯ؟ މީރާ ކޮބާ؟ އެންމެން ޗުއްޕު!
މެންޓަލް ކޭސް
01 May 2017
ހުޅުލޭ ފެރީ ޓިކެޓް 5ރ އަށް ކުޑަކުރަން ފެނޭ، ބްރިޖް އަޅާ ނިމުނީމަ ވަރަށް ޑިމާންޑް ދަށްވާނެ، އެތައް ބަޔެއްގެ ވަޒީފާ ގެއްލިދާނެ، އެހެންވީމަ މިހާރުއްސުރެ މި ކަމާ ވިސްނުން މުހިއްމު
ބުއްދި
01 May 2017
އެގާރަރުފިޔާ ނެގީމަ އެވާހަކަ ތިދައްކަނީ. މިހާރުވެސް އެންމެފަހުގެ އައިފޯނު ނެރިބަލަ. ހަމަ ނެރުނީ ހުސް.
ބޯބުރާންތި
02 May 2017
އައިފޯނު ގަންނަންޖެހޭތަ ދުވާލަކު ދެތިން ފަހަރު!؟
އިބުރާހިމް
01 May 2017
ފުކެއް ބޮޑުވަރު. އުދަނގޫޖެއްސުންނޫން ކަމެއް ކޮށްބަލަ
އައްޔަ
01 May 2017
ބަރާބަރު ބޮޑުކޮށްފަ ބަހައްޓާ. ރައީތުން މަރަންވާނެ މިފަހަރު.
ސީދި
01 May 2017
ކާޑުގެ ތަންކޮޅު ތި ހަމަޖެހުނީ...
1234
01 May 2017
10 ރުފިޔާގެ ޓިކެޓަކަށް 6 ޕަސެންޓް ޖީއެސްޓީ ލީމަ އަރާނީ 10.6 ރުފިޔާ. 11 ރުފިޔޭ ނުނެގޭނެ. ބާކީ 4 ލާރި ޖޭން ޖެހޭނީ
5678
01 May 2017
4 ލާރިއެއް ނޫން 40 ލާރި
މުއްސަދި
01 May 2017
ތިޔައަގު ރަނގަޅު މިއަދު 11ރުފިޔާއަކީ އެއްވެސް އެއްޗެއްނޫން. މުއްސަދި ޤައުމެެއްގައި ބޮލަކަށް 8000ހާސް ޑޮލަރ ލިބޭ ޤައުމެއްގައި.
ބޮޑުބެ
01 May 2017
ތިބާއަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށި
ހިޔަމަ
01 May 2017
އެކަމުން އަހަރެމެނައް ކޯޗެއް ލިބެނީ
ރަދީފް އެންޑް ރަފައިދާ
01 May 2017
ޕަބުލިކު ކޮންޕެނީސްތަކުން ރައްޔިތުން ފެލަނީ. މިސާލު: އެމްޓީސީސީ، ދިރާގު
ފާތެ
01 May 2017
ސަރުކަރުންވެސް ކުރާކަމަކީ އެއީ
އަދުހަމް
02 May 2017
ތިއީ އެމްޓީސީސީ އިން ދޭ ހިދުމަތެއް ނޫން.