ޚަބަރު / ނޫސްވެރިކަން

ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ރާއްޖެ

މިދިޔަ އަހަރުގެ އޭޕްރީލް ތިން ވަނަ ދުވަހު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާއިން ގިނަ އަދަދެއްެގެ ނޫސްވެރިން ހައްޔަރުކުރި

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ނުވަތަ އެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފި އެވެ.

އެެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސް އިން ނެރުނު ޕްރެސް ފްރީޑަމް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިނިވަންކަން އެންމެ ދަށް ގައުމުގެ ގޮތުގަ އެވެ. ރާއްޖެއާ އެކު އެ ލިސްޓުގައި ރަޝިޔާ، ޗައިނާ އަދި ޒިމްބާބްވޭ ފަދަ ގައުމުތައް ވެސް ހިމަނާފައި ވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ނެތްކަމަށް ރާއްޖެ އަށް ލިބިފައިވަނީ 62 ޕަސެންޓެވެ. ޗައިނާ ފަދަ ގައުމުތަަކަށް 87 ލިބުނުއިރު ރަޝިޔާ އަށް ލިބުނީ 83 އެވެ.

މި ލިސްޓްގައި ރާއްޖެ ކުރިން ހިމެނުނީ ޕާޓްލީ ފްރީ (ކޮންމެވެސް ވަރަކަށް މިނިވަންކަން އޮތް) ގައުމެއްގެ ގޮތުގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މީޑިއާގެ މިނިވަންކަން އޮތީ ދުނިޔޭގެ 13 ޕަސެންޓު ގައުމުގަ އެވެ. އަދި ދުނިޔޭގެ 45 ޕަސެންޓް ގައުމުގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް ކަމަށް ބުނެފައި ވެ އެވެ. އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސީރިޔާ، ކިއުބާ އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްކޮށް ނުގެއްލޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނ 36 ޕަސެންޓް ގައުމެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ނުވަތަ އެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރިއިރު ރިޕޯޓާސް ވިތުއައުޓް ބޯޑާސް އިން ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ފަސް ދަރަޖަ ދަށަށް ވެއްޓިފަ އެވެ.

13 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 53%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ އަލީ

02 May 2017

މިނިވަން ނޫސްވެރިކަމަކީ ބޭނުން އެއްޗެއް ، އެކަމަކު ރާއްޖޭގަ އޮންނަ ނޫސްވެރިކަން ރަނގަޅެއް ނޫން ، ރާއްޖޭގެ ބައެއް ޓީވީ އާ ބައެއް ނޫސްވެރިނަ މަސައްކަތް ކުރަނީ ދޮގު މައުލޫމާތު ފަތުރަން ، އެހެން ވުމުން ގައުމު ދަނީ ފަސާދަވަމުން.

The name is already taken The name is available. Register?

ސަރުކާނު

02 May 2017

ހުޅަނގު ބޭނުންވާކަހަލަ ނޫސްވެރިކަން މިތާ ނެތަސް އޯކޭ

The name is already taken The name is available. Register?

ބަރުކޫތު

03 May 2017

ހުޅަނގުން އުފައްދާ އެއްޗެހި ކަލޯ ބޭނުން ކުރަން އޯކޭ ދޯ

The name is already taken The name is available. Register?

މުހައްމަދު

01 May 2017

މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރައީސް އޮފީހުގެ ވެބްސައިޓްގަ ހުރި ހުރިހާ އެއްޗެއް ޑިލީޓްކޮށްލާފަ އާ ވެބްސައިޓެއް ހެދުން. އެ ސައިޓްގަ އެތައް އަހަރެއްގެ މައުލޫމާތު ތަކެއް ހުރި. ދިރާސާކުރާ މީހަކަށް އެއީ ވަރަށް ބޭނުންތެރިކ މައުލޫމާތުތަކެއް. އަޅުގަނޑަކީ ނަޝީދަށް ވޯޓުދިން މީހަކަސް، އެހެން ހެދުުމުން އަޅުގަނޑު އަޅުގަނޑު ހިޔާލު އެ ހިސާބުން ބަދަލުވި.

The name is already taken The name is available. Register?

މާރިޔާ

01 May 2017

ރާއްޖޭގެ ނޫސްވެރިން ފިނިކޮޓަރީގައި ތިއްބަވައިގެން ދިރާސާކުރުމެއްނެތި ހިތައްއެރި ކޮންމެ ވާހަކައެއް ފާޅުގައި ދައްކަވަމުން ނޫސްތަކުގައި ޝާއިއުކުރަމުން ދެއެވެ. ނޫސްވެރިއަކު ހިތައްއެރިކޮންމެ އެއްޗެއް ނޫސްތަކުގައި ޝާއިއުކޮށް އާއްމުފޯރަމްތަކުގައި ދެއްކުމުގެ ހުއްދައޮންނަ ގައުމަކީ ދުނިޔޭގެ ކޮންގައުމެއްގަތޯއެވެ. އެކަމަކު ރާއްޖެހިމެނެނީ ނޫސްވެރި ކަމުގެ މިނިވަންކަން އެންމެދަށް ގައުމުގެ ލިސްޓުގައެވެ.

The name is already taken The name is available. Register?

GAN Island

01 May 2017

ނޫސްވެރިންނަށް ނުވަތަ ނޫސްތަކުގައި ލިޔާ ލިއުންތަކަށް އޮންނަ ފުރުސަތު އާންމުކޮށް ބިނާވަނީ އޭރަކު އެޤައުމެއްގައި އޮންނަ ސަރުކާރުގެ މައްވަށް. ވަކިން ޙާއްސަކޮށް ދިވެހި ރާއްޖެ ފަދަ ''ރައްޔިތުންގެ ބާރަސްވުރެން ވެރިކަމުގެ ބާރު ޣަދަ'' ނިކަމެތި ޤައުމު ތަކުގައި ކަންހިގަނީ މިގޮތަށް. . . ސަރަހައްދުގެ އެންމެ ބޮޑު ބާރު އަދި 1.4 ބިލަޔަނެއްހާ މީހުންގެ އާބާދީ އޮތް އިންޑިޔާގައި ފުރިހަމަ ނޫސްވެރިކަމެއްއޮތް އިރު ތަހުޒީބު ތަރައްޤީއެއް އޮތްކަމަށް ދައުވާ ކުރާ އަދި ''ލިޔެކިއުން ތަކުން ބޮލަކަށް އާމްދަނީގެ ގޮތުގައި 8000 އެމަރިކާ ޑޮލަރަށް ވުރެން މަތީ އަދަދެއް ޖެހޭ ކަމަށް ދައުވާ ކުރާ'' ދިވެހި ރާއްޖެ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ސަރަހައްދުގެ އެންމެ ނިކަމެތި ނޭޕާލް އާއި ބޫޓާން ފަދަ ޤައުމު ތަކުގެ ފަހަތައްވައްޓާލުމަކީ މިހާރު އޮތް ސަރުކާރުން ދިވެހިންނަށް ހިޔާލު ފާޅު ކުރުމަށާއި ''ވެރިކަމަށް ފާޑު ކިއުމަށް'' ފުރުސަތު ދެއްވާފައި އޮތް މިންވަރު އިގޭނެ މިންގަޑެއް.

The name is already taken The name is available. Register?

ނޭގުނު

01 May 2017

ދިވެހި ނޫސް ތަކާ އޮންލައިން ސައިޓުތަކާ ޓީވީ ޗެނެލްތަށް އަޑު އަހާލާ ބަލާލާ އިރު ތިކަމެއް އިހުސާސެއް ނުކުރެވޭ. ހަމަ ބޭނުން އެއްޗެއް އެބަލިޔޭ. އެބަކިޔާ. އެބަފަތުރާ. ހަމަ އެކަނި މިހާރު މަދުން ފެންނަނީ މީހުންގެ އަބުރާބެހުމާ ދީނީ މިނިވަންކަމަށް ހިއްވަރުދޭ ލިޔުން. ސިންގަޕޫރުގަވެސް މެލޭޝިއާގަވެސް އަދި ކީއްތަ އިންޑިއާގަވެސް ރާއްޖޭގެ މިހުއްދަ ކުރާވަރަށް މީޑިއާ އަށް މިނިވަންކަމެއް ނޯވޭ. ނެތިގެން އުޅޫ މިނިވަންކަމަކީ މީހުންގެ އަބރު ކަތިލުން ކަމަށް ވަންޏާ އެކަމަކަށް ތާއިދު ކުރެވޭ ކަށް ނެތް.

The name is already taken The name is available. Register?

ބޮޗޭ

01 May 2017

ސުކުރިއްޔާ ރައީސް ޔާމީން 2018

The name is already taken The name is available. Register?

ތުއްތުބޭ

01 May 2017

އާންދޮގޭ ... އަބުރުކަތިލުމާ މީހުންގެ ޒާތީ ދިރިއުޅުމާއި މިނިވަންކަމަށް އަރައިގަތުމަކީ ތިޔާބުނާ މިނިވަން ކަމަކީ ދޮތަ... ތިޔާ އަހަރެމެން ބޭނުމެއް ނޫން

The name is already taken The name is available. Register?

ސުރުޚީ

01 May 2017

ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ ސުރުޚީގަ ޖަހަން ނުކެރުނީ ދޯ

The name is already taken The name is available. Register?

ސަރުކާރު

01 May 2017

ފުލަކައްނުދޭނުންއަދި...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454