މަހްލޫފް. އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ރައްޔިތުން ނިކުމެ ވޯޓު ފޮށިތައް ފުރާލުމަށް މަހްލޫފް ގޮވާލެއްވި. - ފޮޓޯ: މިހާރު
04 މެއި 2017 - 19:33
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން ރާއްޖެ އަށް ބަދަލުތަކެއް ގެނެވޭނެ ކަމަށާއި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދީގެން ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނުމަށް ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
މަހްލޫފް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ގައުމު ވެއްޓިފައިވާ ބިރުވެރި، ނާމާން އަދި ހަޑިމުޑުދާރު ހާލަތުން ސަލާމަތް ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ އިންތިހާ އަށް މުހިންމު ވޯޓެކެވެ. ރައްޔިތުންގެ ވޯޓުން ފޮށިތައް ފުރާލައިފިނަމަ ބޮޑު ތަނުން ރައީސް ޔާމީން ބަލިވެވަޑައިގަންނަވާނެ ކަން ކަށަވަރުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ވޯޓުގެ ނަތީޖާ އިން، ގަދަ ބާރުން ބަނދެލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް ބޮޑު ތަނުން އިދިކޮޅަށް ލިބޭނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަނޑިޔާރުގެ ހަމަ މަގަށް އަޅުވާ، މުއައްސަސާތައް މިނިވަންކޮށް، އަގުބޮޑު ކޮށްފައިވާ ކާޑާއި ކަރަންޓުގެ އަގުހެޔޮކޮށް، ރައްޔިތުންގެ އަތުން ޓެކްސް އާއި ޑިއުޓީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީން އެއްވެސް ރަށަކަށް ވަޑައިނުގަތީ އިންތިހާބުން ބަލިވާނެ ކަން އެނގިވަޑައިގަންނަވާނެތީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"މި އިންތިހާބާއި 2018 އަށް އެމަނިކުފާނު ކުރައްވާ ކެމްޕޭނާއި ގުޅުމެއް ނެތް ކަން ފަހުގެ ތާރީހެއްގައި (ރައީސް ޔާމީން) ވިދާޅުވުމުގެ ނިޔަތުގަ އެވެ. ނަމަވެސް މިއަދު ރައްޔިތުންގެ ލޯތައް ވަނީ އޮޅުވާލެވޭ ވަރަށް ވުރެ ބޮޑަށް ހުޅުވިފައެވެ. މިއީ ކުޑަ އަދި މުހިއްމުނޫން އިންތިހާބެއް ކަމަށް ދެކިވަަޑައިގެން ގޭގައި ނުތިއްބެވުމަށް އަޅުގަނޑު އާދޭސް ތަކުރާރުކޮށްލަމެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ފަޓާސް ބަރިއެއްހެން ނިންމާލިއިރު، ރައްޔިތުންނަށް ވަނީ އިންސާފު ނުލިބި އެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ކުރި ހޯދިއިރު، ރައްޔިތަކަށް ހިރިނުލެވޭވަރަށް ހައްގުތައް ފޭރިގެންފައިވާ ކަމަށް ވެސް މަހްލޫފް ތުހުމަތު ކުރެއްވި އެވެ.
"ރައީސް ޔާމީން އާ ވާދަކުރައްވާނެ ހެން ހީވާ ހުރިހާ އެންމެން ޖަލަށް ލައިފި އެވެ. ތިމާގެ އެއްބަފާ ބޭބޭފުޅުން ފެށިގެން ވެރިކަން ހޯދައިދޭން ޖާނާމާލުން ގުރުބާންވި އެންމެންވީ ޖަލުގަ އެވެ،" މަހްލޫފް ވިދާޅުވި އެވެ.
"މިއަދު ވެސް ޖަލުތަކުގައި އެކަނިވެރިކަމުގެ ދުވަސްތައް ގުނަމުންގެންދަވާ ބޭބޭފުޅުންނަށް ހަމްދަރުދީވެލެއްވުގެ ގޮތުންވެސް އެދުވަހު ވޯޓު ދެއްވާށެވެ. ފޯނަކީ މިއަދު އެންމެ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށްވާއިރު، ފުލުހުން ބޭނުންވާ ވަގުތަކު އޭގެ ލޮކް ކޯޑް އެެއްވެސް ރައްޔިތަކު ދޭން ނުޖެހޭނެ ކަމަށް އެއްބަސްވެލައްވަވާނަމަ ވޯޓް ދެއްވާށެވެ. 140 މިލިއަން ޑޮލަރުގެ 25 ބުރީގެ ހަތަރު އިމާރާތް އެޅޭއިރު، މިކަހަލަ --ތަރައްގީ އަށް ނޫނެކޭ ބުނުމަށް ވޯޓު ދެއްވާށެވެ. އަދުލު އިންސާފާއި ހައްގުތަށް ކަށަވަރު ކުރުމަށް ވޯޓު ދެއްވާށެވެ،"
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވި ކަމާއި ފުލުހުންގެ ބަންދުގައި ހުރިއިރު، ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަހާއި 24 ދުވަހަށެވެ. އޭނާގެ މައްޗަށް އިއްވި ދެ ހުކުމް ތަންފީޒުވެ، މިނިވަން ވާނީ އަންނަ މަހުގެ ކުރީކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
05 May 2017
ނުވާނެ ތިކަމެއް އަންނި ވެރިކަމުގަ ދިވެހިރާއްޖޭގެ ހުރިހާރަށްތަކުގަ ހުތި ފައިސާ ސަރުކާރަށްނެގީ ސަރުކާރުހިންގާނެގޮތެއްނޭންގިގެން މުދިމުންގެ މުސާރައުނިކުރީ އަންނި ވެރިކަމުގަ އެފައިސާ ލިބުނީ ޔާމީނުގެ ހިތޮފުޅުކަމުން ނުޖެހެ ވޯޓްލާކަށް އެމްޑީޕީ އަކަށް
ކަރުންމަތީގެ ޑޮކްޓަރު
05 May 2017
އެކްސްޕެއަރވެ ފެއިލްވެފައިވާ މީހުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތައް އަޑުއެހުމުން އެއްފަރާތްވެ ޤައުމު ތަރައްޤީގައި ރައްޔިތުން ތިބީ މާއުފާވެރިކޮށެވެ. އިދިކޮޅަށް ލަވާ ހަޅޭކަށް ރައްޔިތުން ނުސިހޭނެއެވެ.
ޖޭމު ގިތި
04 May 2017
އުމަރު ކޮބައިތަ . ވަލުގަ ފިލާ ބޮނދާ އޮތީތަ . އުމަރާ އުމަރު ދެއްކި ހުރިހާ ވާހަކަތަކެއް ތެދުކަން ގިނަބަޔަކު ގަބޫލުކުރޭ. އެކަމަކު ހަރުގަނޑު ހިފައިގެން ކޮމާންޑު ސެންޓަރުގައި ފިލާ އޮތީމާ ވޯޓެއް ނުލިބޭނެ . ގޮތް ދޫކޮށްލާފައި ހަތަރުލީޑަރުންނާ ބައިވެރިވޭ . އުމަރާ! ޕޯޑިއަމްތަކަށް ނިކުމޭ!
ޝުކުރިއްޔާ
04 May 2017
ދަރުބާރު ސެކްޝަނަށް ތާެއީދު ކޮަށްގެން ތިބޭކަމަށް ހެދިގެންތިބޭ މީހުންވެސް މިފަހަރު ވޯޓެއްނުލާނެ
ދޮންތަ
04 May 2017
ޑިމޮކްރަސީ މިގައުމުގަ އޮތްވަރު މިފެންނަނީ... ޖަލުގައޮވެގެންވެސް ބަޔާންނެރެވޭ
Faisal
05 May 2017
ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ނެތޯ.
ޖޭބޮކި
04 May 2017
ދެންކީއްކުރަން ކޮމެންޓްތިކުރަނީ?
ނިރު
04 May 2017
ބެކާރު ތާކުންތާކު ނުޖެހޭ މީހުން ނެރޭ ބަޔާންތަކާ މެސެޖްތަށް ކިޔާ ހިތެއް ނުވޭ. އަދި އެޔަށް ޢަމަލް ކުރާނެ މީހަކުވެސް ނުހުންނާނެ
ނިރު ވަޅުގަނޑު
04 May 2017
ބަހާ އަމަލާވެސް ދިމާނުވިތާ އެވެ. ބޭކާރު މީހެއްގެ ވާހަކަ އަޑު އަހަން ބޭނުންނުވި މީހަކު މިއޮތީ އެ ލިޔުމަށް ކޮމެންޓްވެސް ކޮއްފަތާ...
އަލަމާ
04 May 2017
މަހްލޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެެ. އެކަމަކު، ވެރިކަމުގައި ހުންނަވައިގެން ރަނގަޅުކަމެއް ކުރެއްވީ ވަކި ކޮންބޭފުޅެއް ހެއްޔެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ އަޑު އިވުނީ ނާސިރަށް ހަދާފައިވާ ލަވަތަކެކެވެ. އެލަވަތަކުން ބުނެދެނީ ވެރިކަމުގައި ހުންނަވައިގެން ނާސިރު ދިވެހި ޤައުމަށް ޚިޔާނަތްތެރިވެފައިވާ ވާހަކައެވެ. އޭރު ވެރިކަމުގައި ހުންނެވީ މައުމޫން ޢަބްދުލް ޣައްޔޫމެވެ. އެމަނިކުފާނަށް ކަމެއް ނުކުރެއްވޭވާހަކައާއި، ރައްޔިތުން ބަނދެލާފައިވާ ވާހަކައާއި، ސިޔާސީހައްޔަރީންގެ ވާހަކައާއި ދައުލަތުގެ މާލިއްޔަތުގައި ޖެހިވަޑައިގެންނެވި ވާހަކަ ދައްކަވަމުން ކާޑާއި، ޑޮލަރާއި، ތެލުގެ އަގު ހެޔޮކުރައްވާނެކަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގެންނެވީ މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ކަމުނުގޮސްގެން ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ، ހަމަ ސިޔާސީ ހައްޔަރީންގެ ވާހަކައާ، ކޯޓްގައި ތަޅު އެޅުވުމާ، އެއްވެސް އެއްޗެއް އަގުހެޔޮ ނުވެ ޚާއްޞަކޮށް ޑޮލަރުގެ އަގު ބޮޑުވުމާ، ލާދީނީ މީހެއްކަމަށް ގޮވާ، ދީނޭ ޤައުމޭ، ޘަޤާފަތޭކިޔައި، މަހްލޫފްމެންފަދަ ދުރުވިސްނޭ ހިއްވަރުގަދަ ބޭފުޅުން މެދުނުކެނޑި 22 ރޭވަންދެން ސަރުކާރަށް ކުރި އިޚްލާސްތެރި ވަފާތެރި ޕްރެޝަރގެ ސަބަބުންނެވެ. އޭގެ ފަހުން ނާއިބް ރައީސް ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުންނޭކިޔައި އެއްބަޔަކު އަޑުގަދަކޮށް ހަޅޭލެވިއިރު އަނެއްބަޔަކު ވެރިކަން ހޯދޭނެ ހުރިހާގޮތަކަށް މަސައްކަތްކޮށް އިންތިޚާބުގައި ވާދަކޮށް (ނަޝީދު ބަލިކޮށް) ވެރިކަން ހޯދީއެވެ. މިހާރު އަނެއްކާ ގޯސްވެގެން މިއުޅެނީ ފަހުން ވެރިކަމަށް އައި މީހުންނެވެ. އެމީހުންގެ ހުރިހާ ގޯސްކަމެއް މަހްލޫފްގެ ނޫސްބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ. ވިސްނާލައިފި މީހަކަށް އިބްރަތެކެވެ. ޤަބޫލުކުރަންވީ ކާކުގެ ކޮންވާހަކައެއް ހެއްޔެވެ.
މިވެސް ހިޔާލެއް
04 May 2017
ތި ކޮމެންޓް ކިޔާލުމުން ދޭހަވީ ރާއްޖެގައި މިހާތަނަށް ހެޔޮވެރިކަމެއް ކުރީ އަންނި ކަމެވެ. މިހެން މިބުނީ އަންނި ވެރިކަން ވައްޓާލުމުގައި އޭރު އުޅުނު އެންމެން ކަހަލަގޮތަކަށް މިހާރު އެ އުޅެނީ އަންނިގެ ފަހަތުގައެވެ..ކޮންމެވެސް ކަމެއްވީމާތާ އެވެ
މިވެސް ހިޔާލެއް
05 May 2017
ރާއްޖެ އަވަށްޓެރި ގެރިއަށް ވިއްކާލައި އޭގެން ލިބޭ ފައިސާ އާ ބައިތުލްމާލު ކައްވާލައި ރަށްތަކާ ފަަލުތަކާ ހިރިތަކާ ހާހާ ވިއްކާލައިގެން ލިބޭ ފައިސާ އާ ގައުމު ދަރުވާލައިގެން ލިބޭ ފައިސާއާ ރާއްޖޭގަވއެހެން ދީންތައް ތައާރަފްކޮށް މަސް ހުޅަގަށް އެކްސްޕޯޓކުރުމުގެ އަގެއްގެ ގޮތުގައި ހުޅަގުން ދޭ ފައިސާ ސްވިސް ބެންކަށް ޖަމާކުރެވޭނީ ތިބުނާ ހެޔޮ ވެރިކަމުގައި. ޢަތްމައްޗަށް ނަގައިގެން އެވެރިކަން ލިބޭތޯ ދުއާކޮށްފަ ބަހައްޓާ. ސާބަހޭ ދަރިންނޭ. ތި ތަކުރުންނަކީ.