ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: މޮނިކޮން އަމުރަށް އެދުމުގެ ބާރު ރައީސް ޔާމީން މިހާރު ވަނީ ހަތަރު މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކޮށްފައި.
19 ޖޫން 2016 - 11:52
މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރަށް ހައި ކޯޓުގައި އެދުމުގެ ބާރު ހޯމް މިނިސްޓަރު އުމަރު ނަސީރު އަތުން ނެގުމަށް ފަހު، އެ މަސްއޫލިއްޔަތުތައް ހަތަރު މެމްބަރުންގެ ކޮމިޓީއަކާ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތިދުވަހު ހަވާލުކުރައްވައިފި އެވެ. އަދި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ.
ނަމަވެސް ޓެރަރިޒަމްގެ ގާނޫނުގައި ވާ ގޮތުން މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ހުރިހާ ބާރެއް އޮންނަނީ ހޯމް މިނިސްޓަރަށެވެ. އެކަމަކު މޮނިކޮން އަމުރު ނެރުމަށްޓަކައި މިނިސްޓަރަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލުމުން އެ ބާރު ވަނީ އެ ކޮމިޓީގެ ހަތަރު މެމްބަރުންގެ މައްޗަށް ބަދަލުވެފަ އެވެ. މިހާރު މިނިސްޓަރަށް އެކަނި އެއް ކަމެއް ވެސް ނުނިންމޭނެ އެވެ.
ކޮމިޓީގައި ތިއްބަވަނީ މިނިސްޓަރު އުމަރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.
އުމަރު "މިހާރު" އަށް މިއަދު ވިދާޅުވީ ހަތަރު މެމްބަރުންގެ ކޮމިޓީގެ ލަފާގެ މަތިން، މޮނިކޮން އަމުރު ނެރުމުގެ އުސޫލު ހަމަޖެއްސުމުން އޭނާ އަށް އެކަނި އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު: މޮނިކޮން އަމުރު ނެރުމުގެ ބާރު ގާނޫނުގައި ހޯމް މިނިސްޓަރަށް ދީފައި އޮތް ނަމަވެސް، އޭގެ ބޭރުން މިހާރު ވަނީ ކޮމިޓީއެއް ހަދައި، އެ ބާރު އެ ކޮމިޓީއަށް ދީފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"އެބޭފުޅުން ދެއްވާ ލަފައަށް ދެން އަޅުގަނޑު އަމަލުކުރާނީ. ކުރިން ވެއްޖިއްޔާ އެކެއްގެ [ހޯމް މިނިސްޓަރު] އަތުގައި ހުރިހާ ބާރެއް އޮތީ. އެކަމަކު މިހާރު އެކަކަށް ނުނިންމޭނެ،" މޮނިކޮންގެ އުސޫލު ތައާރަފުކުރަން އެންމެ ބޮޑަށް ވަކާލާތުކުރެއްވި އުމަރު ވިދާޅުވި އެވެ.
މޮނިކޮން އަމުރަށް އެދުމަށްޓަކައި މިނިސްޓަރަށް ލަފާދޭ ކޮމިޓީއެއް ހެދުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ކަމެއް ނޫންތޯ ދެންނެވުމުން އުމަރު އެކަމަށް އެއްބަސްވެވަޑައިގަތެވެ. އަދި އުމަރަށް އެކަނި ދެން މިކަމުގައި އެއްވެސް ކަމެއް ނުނިންމެވޭނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ "ކުރިއަށް ވުރެ އުނދަގޫވާނެ" ކަމަށެވެ.
"ދެން ހުރިހާ ކަމެއްގައި ޖަޖްމަންޓް ނެރޭނީ ކޮމިޓީން. އެކަމަކު އަޅުގަނޑު މިހުރީ ގޭންގްތަކަށް ދޫދޭ ގޮތަކަށް ނޫން. ގޭންގްތައް ފުނޑާލާނަން. ދަގަނޑު ކެނޑޭނީ ދަގަނޑުން،" އުމަރު ވިދާޅުވި އެވެ.
މޮނިކޮން އަމުރަށް އެދުމުގެ ބާރު ހޯމް މިނިސްޓަރު އަތުން ނެގިއިރު، އެ އުސޫލުގެ ދަށުން ގޭންގްތަކުގެ ބައެއް އިސް މީހުންގެ ފައިގައި ޓެގް ހަރުކޮށް، މޮނިޓަ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އޭގެ ޕްރެޝަރު ވަރަށް ބޮޑަށް އެބަހުރި ކަމަށް އުމަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އުމަރު ކުރިން ވިދާޅުވެފައި ވަނީ މޮނިކޮން އަމުރު ނެރެދިނުމަށް ހައި ކޯޓަށް ވަރަށް ފަހުން ހުށަހެޅި ހަތް މީހެއްގެ މައްޗަށް އަމުރު ނެރެނުދިން ކަމަށެވެ.
އެބޭފުޅުން ދެއްވާ ލަފައަށް ދެން އަޅުގަނޑު އަމަލުކުރާނީ. ކުރިން ވެއްޖިއްޔާ އެކެއްގެ [ހޯމް މިނިސްޓަރު] އަތުގައި ހުރިހާ ބާރެއް އޮތީ. އެކަމަކު މިހާރު އެކަކަށް ނުނިންމޭނެ: އުމަރު
އެންމެ ފަހުން މައްސަލަ ހޫނުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވާހަރާކޮށްލިކަމުގެ ތުހުމަތުގަައި ހައްޔަރުކޮށް ދައުވާ އުފުލި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ފައިގައި ފުލުހުން ޓެގް އެޅުވުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން، ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ބައެއް އިސް މެމްބަރުން ވަނީ އެމީހުންގެ ވައިބަ ގުރޫޕުގައި އުމަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާން (ސަޓޯ): އޭނާގެ ފައިގައި ޓެގު އެޅުވި މައްސަލަ ވެސް ވަނީ ހޫނުވެފައި.
މޮނިކޮން އަމުރު ހިންގަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްކުރާ ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް ކަމަށް އެ ގާނޫނުގައިވެ އެވެ. ގާނޫނުގައި ބުނާ ގޮތުން މޮނިކޮން އަމުރަށް މިނިސްޓަރު އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. މޮނިކޮން އަމުރަށް އެދުމާއި ހައި ކޯޓުން އަމުރު ނެރުމަށް ފަހު، އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
21 June 2016
މައްސަލައެއްނެތެވެ. ޕީޕީއެމުން ވަކިކުރިޔަސް ސަރުކާރުން ވަކިކުރިޔަސް އުމަރު ހުންނަވާނީ ރާއްޖޭގައެވެ. އަދި ކިއެއްތަ؟ އިސްތިއުފާދިން ނަސީދަކާ އަމުދުން ނުގުޅޭނެއެވެ. އެއަށްވުރެ ޢުމަރު ޢުމަރުކަން ގަދައެވެ. ޢުމަރު ކިޔަނީ ކޮންމެސް ކަމަކުއެވެ. ވަރަށްވެދުން ގޮށްރީނދޫ ބައިގަނޑަށް
މުޙައްމަދު
20 June 2016
ހުރިހާ ގޭންގްތަކެއް ފުޑާލައި ޗިސްޗިް ކުރަންވީ. އަދި އެ ގޭންގްތަކާ ގުޅުން އޮންނަ ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް ފުޑާލައި ޗިސްޗިސް ކުރަންވީ. ކޮންމެ ޕާޓީ އެއް ވެސް ގޭންގްތަކާ ގުޅުން އޮންނަ ނަމަ އަވަހަށް ނައްތާލަންވީ. ޢުމަރަށް ތާއީދު.
ޅަބޭ
20 June 2016
ހެހެެހެ.. ސޮރީ ބުރޯ. ތިހެން ބުނެލަން ވަރައް ފަސޭހަދޯ. ގޭންގުތައް އެއްކޮއް ފުނޑާލީމަ އިނގޭތަ ގެއްލިގެން އެދިޔައީ ކިތައް ވޯޓުކަން؟؟
މަޒް
20 June 2016
އުމަރަށް ލައްކަ ހަމަލާ އަދި އެބަ އޮތް.... ލަންޑަން އިން ހުރިހާ ކަމެއް ރެޑީކޮއްފަ ބަހައްޓަން އުމަރަށް ގޮވާލަން... ތިހިރީ ވަރއް ނުރައްކާ ފައްތަރެއްގަ.... ގޭންގްތައް ވަނީ ސަރުކާރާ ގުޅިލާމެހިފަ
ގިވްއިން
20 June 2016
މޮނިކޮމް އަމުރު ނެރުމުގެ ބާރު ކޮމެޓީ އަކަށް ދިނަސް އެއީ މައްސަލަ އެއް ނޫނެވެ. އެމައްސަލަ އަކަށް ވެެގެން އުޅޭ މީހުންނަށް އެއުޅެނީ އަދި މީގައި ވާނުވާ ނޭގިގެންނެވެ. މިއުޅެނީ މިރާއްޖެ ލިޓިލް ސިންގަޕޫރަށް ބަދަލު ކުރަން އެވެ. ހުރިހާ ކުދިންގެ ވެސް ސަޕޯރޓް ދޭންވީ ސަރުކާރަށް. ގިވް އިން ޓު މީ.. ގިވް އިން ޓު މީ. ގިވް އިން ޓު މީ..
އުމަރަށްސަލާން
19 June 2016
އުމަރު ބޭރުކުރާ ދުވަހަކުން އެސޮރު އުޅޭނެ ހާލު ހިތައްއަރާފަ ވަރަށް ދެރަވޭ. ނަސީބަކުން އަދި އެދުވަހެއްނާދެ، ހީވަނީ ވަރަށް ގާތްހެން.
ބިއުޓިފުލް
19 June 2016
ލިޓުލް ސިންގަޕޫރައް ވުމުގެ ކޮޅުމަތި............ފޮ ޔޫ އެންޑް ފޮމީ އެންޑް ދަ އެންޓަޔަރ ހިއުމަން ރޭސް.......ޕަކާސް
ގުޒްމަން
19 June 2016
މިޔައް ޢަހަރުމެން ކިޔާނީ ބިއުޓިފުލް މެކްސިކޯއޭ......ލޮލް ދެތިކި ޕީ
އައިމިނާ
19 June 2016
މޮޔައެއްގެ އަތަށް ކަނޑިއެއްނުދޭންވެގެން ރައީސް ކުރައްވާކަމެއް.
ހެއްރަބެ
20 June 2016
ގޭންގް ލީޑަރުން ހިމާޔަތް ކުރަށްވެގެން ކުރިކަމެކޭ ބުނި ނަމަ މާތާހިރު ވީސް!!!
އައިމިނާ
19 June 2016
މީހުން މެރުމުގެ އަމުރުވެސްނަގާ އަވަހަށް. ތިޔައީ ތަސައްރަފްފުދޭމީހެއްނޫން.
ކަމަނަ
20 June 2016
ހުމާމް މަރަން ދެން އުމަރު ބަހައްޓަން އެބަޖެހޭ!!!
މޫޑީ
19 June 2016
"މޮނިކޮމް އަމުރު ނެރެން ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި" "މޮނިކޮމް އަމުރު ނެރުމުގެ ބާރު އުމަރު އަތުން އަތުލައިފި"