18 އޯގަސްޓް

August 18, 2019 46
ރައީސަށް ފައިސާ ދިން ވާހަކައަކީ ދޮގެއް: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2019 15
މަސްވެރިންނަށް ނަތީޖާ ނުފެނުނީ ޝައިނީއާ ހެދި: ތޯރިގް

މިދިޔަ ފަސް އަހަރު މަސްވެރިންނަށް އެދެވޭ ނަތީޖާއެއް ނުލިބުނީ ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ގޮތް ދޫ ނުކުރެއްވުމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ޝައިނީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2019 25
ކުރީގެ ހަތަރު މިނިސްޓަރެއްގެ ނަން ކުންފުނިން ނަގައިފި!

އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއުތަކެއް ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ހިންގާ ކަމަށް ބުނެ އިޝްތިހާރު ކުރަމުން އަންނަ ކުންފުންޏަކުން، ކުރީ ސަރުކާރުގެ އިސް ހަތަަރު ބޭފުޅެއްގެ ނަން ބޭނުންކޮށް، އެންމެ ފަހުން އެ ނަންތައް ކުންފުނީގެ ޕްރޮފައިލުން އިއްޔެ އުނިކޮށްފި އެވެ.

26 ޖޫން

June 26, 2019 36
ޔޫކޭ އެމްޕީގެ ޗުއްޓީއަށް ހަރަދުކުރީ ޝައިނީ: ބީބީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ފާޑުކިއުން އަމާޒުވެ، އިނގިރޭސި ވިލާތުގެ ޕާލަމެންޓްގައި ވެސް ފާޑުކިއަން ފެށި ދުވަސްވަރު ސަރުކާރުގެ ދިފާއުގައި ވާހަަކަ ދެއްކެވި މެމްބަރަކަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޗުއްޓީ ދަތުރެއް ދެއްވިކަން ފަޅާއަރައިފި އެވެ.

05 އެޕްރީލް

April 05, 2019 10
ވަގުތީ ފައިދާއަށް ވޯޓުލައިފިނަމަ ލިބޭނީ ގެއްލުން:ޝައިނީ

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ސަކަރާތަކަށް ހަދައި، ވަގުތީ ފައިދާއަކަށް ވޯޓުލައިފި ނަމަ ކުރިއަށް އޮތް ފަސް އަހަރާއި އަންނަން އޮތް ޖީލުގެ ވެސް ކުރިއެރުމަށް ހުރަސްއެޅިގެންދާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

25 މާޗް

March 25, 2019 9
ނުފޫޒެއް ނެތް، ދާއިރާގެ ކެންޑިޑޭޓަކީ އަޅުގަނޑު:ޝައިނީ

ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ އެއްވެސް ނުފޫޒެއް ނެތި ދާއިރާ އަށް ޚިދުމަތް ކޮށްދެވޭނެ ނަޒާހަތްތެރި މެމްބަރުން ކަމަށާއި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކުރިއެރުން ހޯދައި ދެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު...

17 މާޗް

March 17, 2019 39
މެޖޯރިޓީ ހޯދަން ކަމަށް ބުނެ ކުރަނީ ބްލެކްމެއިލް:ޝައިނީ

ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށް ބުނެ އެމްޑީޕީން ވާހަކަ ދެއްކުމަކީ ރައްޔިތުން ބްލެކްމެއިލް ކުރުން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2019 54
ހިޔާނާތުގެ ސައްލާ އާއި މަޖާގަނޑު ނެގި ކޮޓަރި

މިހާތަނަށް އެނގުނު ގޮތުން ނަމަ، އެއީ ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު އިންނަވަން ހެދި ސަލާމަތީ ކަންތައް އެންމެ ވަރުގަދަ ކޮޓަރި އެވެ. ފިންގަޕްރިންޓް ބޭނުންކޮށްގެން ދޮރު ހުޅުވޭ އިރު އެ އެކްސެސް ދީފައި އޮންނަނީ އެންމެ ފަސް މީހުންނަށެވެ.

18 ޖެނުއަރީ

January 18, 2019 49
ޝައިނީގެ ރައްދު ޒަހާއަށް: ތެޔޮ ނެތްކަން ސާބިތުކޮށްދީ!

ރާއްޖޭން ތެޔޮ ފެނިފައިނުވާ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަތައް ސާބިތުކޮށްދެއްވަން ޖެހޭ ކަމަށް މިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2019 37
ބޭނުމީ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނަން: ޝައިނީ

ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 19
ޝައިނީއާ މެދު ފިޔަވަޅު އަޅަން މަޝްވަރާ ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ މެދު ފިޔަވަޅު އަޅަން ޕީޕީއެމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

December 14, 2018 39
އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށާއި އެ ޑޮލަރުތައް ނެންގެވީ ލޯނެއްގެ ގޮތުގައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ...

07 ޑިސެމްބަރ

December 07, 2018 47
ޝައިނީއަށް އަދީބުގެ ވާހަކަ ގަބޫލުކުރެއްވޭ!

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭނާ ކައިރީ ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2018 30
ބޭރުގެ މަސްބޯޓުތައް މިހާރުވެސް ވާނީ ހުއްޓުވާފަ: ޝައިނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް މަސްވެރިކަން ކުރުން މިހާރު ވެސް ވާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2018 46
ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 80
ޝައިނީ ބަލި ގަބޫލުކުރައްވައިފި، "މިއީ އާ ފެށުމެއް"

ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެންމެ މަސައްކަތް ކުރެއްވި ކެބިނެޓް އެއް މިނިސްޓަރު، މުހައްމަދު ޝައިނީ، އިއްޔެގެ އިންތިހާބުގެ ބަލި ގަބޫލުކުރައްވައި، ގައުމުގެ "އަޅުގަނޑަށާއި ގައުމަށް އާ ޗެޕްޓާއެއް" ހުޅުވިއްޖެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2018 4
ފުޅަދޫ ބަނދަރު ހަދަން 24މިލިއަނަށް އެމްޓީސީސީއަށް

ބ. ފުޅަދޫ ބަނދަރު ހެދުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް 24 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2018 20
ދައްކާ ވާހަކަތަކުން މަސްވެރިކަމަށް ގެއްލުންލިބޭނެ:ޝައިނީ

މަސްވެރިކަމާ ބެހޭގޮތުން ދައްކާ ދޮގު ވާހަކަތަކުން މަސްވެރިކަމުގެ ދާއިރާ އަށް ގެއްލުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2018 28
ސުނާމީގެ ލޯނުތައް އޮތީ މާފުކޮށްދީފައި: ޝައިނީ

ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ދޫކުރި ލޯނުތައް މާފުކޮށް ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވިއިރު، އެ ލޯނުތައް މި ސަރުކާރުން މާފުކޮށް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2018 44
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، އޮބްޒާވް ކުރަން އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނާންނަނީ އެ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2018 59
ވިލިމާލެ2 އަށް 86މިލިއަން ޑޮލަރު ހަރަދުވާނެ: ޝައިނީ

ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 މަޝްރޫއަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.