އޭސީސީގެ މެމްބަރުން: ފުރަތަމަ ތިން މަހު ބެލި މައްސަލަތަކުގެ ތެރެއިން ސާބިތުވީ އެންމެ ތިން މައްސަލައެއް --ފޮޓޯ/މިހާރު
28 މެއި 2017 - 13:22
މި އަހަރުގެ ފުރަތަަމަ ތިން މަސް ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ގިނައިން ބެލީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު 299 މައްސަލައެއް ބެލިއިރު، އޭގެ ތެރެއިން 185 މައްސަލަ އަކީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ. ދެވަނަ އަށް އެންމެ ގިނައީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތައް ކަމަށާއި ތިންވަނަ އަށް އެންމެ ގިނައީ ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު ނިންމި މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި، އެހެން ހުރިހާ މައްސަލައެއް ވެސް ނިމުނީ ސާބިތުނުވާ ކަމަށެވެ. ސާބިތުވި ތިން މައްސަލާގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ހިސާބުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ނިންމި މައްސަލަތަކުގެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ނިންމީ 213 މައްސަލައެއް ކަމަށް ވާއިރު އޭގެ ތެރެއިން ސާބިތުވީ އެންމެ ދެ މައްސަލަ އެކެވެ.
އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވީ އެންމެ ތިން މައްސަލަ ކަމަށް ވިޔަސް 37 މައްސަލައަކާ ގުޅިގެން ބައެއް ކަންކަން އިސްލާހު ކުރަން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުންގު
31 May 2017
ކޮބާ އެމް އެމް ޕީ އާރް ސީ ގެ މައްސަލަ؟ ރިޕޯރޓް އަދިވެސް ނުނެރެވެ އެއްްނު؟ ނެރެން ބުނި ދުވަސް ފާއިތު ވެގެން ގޮއްސި ދޯ؟
އުދުހޭ
28 May 2017
އެންމެ ގިނައީ... އެކަމަކު ދުވަހަކުވެސް މައްސަލައެއް ބަލާ ފިޔަވަޅެއް އެޅުންތޯ؟ ދައުވާކޮށް ބަދަލު ހޯދުނުތޯ؟ ތިޔަ ކޮމިޝަނުގެ ހަގީގަތް ނޭންގޭ ދިވެހިރައްޔިތަކު މަދުވާނެ!
ކކކބ
28 May 2017
ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްބަޔެއް މިތިބީ.
ސޯބު
28 May 2017
ބޮޑު ސޯބު އެނބުރޭ ގޮތަށް ދޯ ކުދި ސޯބު އެނބުރޭނީ.
މަންސިން
28 May 2017
ޖާއިނާ ނަޖާއިޒަކީ ނަންރީތި ކުރަން ފޮތްފޮތުގަ ލިޔަން ހުންނަ އެއްޗެއް. ޅެންވެރިންގެ ޅެންބަހުރުވަ ކާފިޔަ ހަމަކުރަނ ހުންނަ އެއްޗެއް. ހަގީގަތުގަ މިކަމާ ދިމާވީނަ އެންމެން ތިބެނީލޯމަރާ
ހަނީފް މޫސާ
28 May 2017
ފުރަތަމަ ސަރުކާރުން އާންމުންނާއި ދެމެދުގައި ހަދާ އެގްރީމެންޓްތަށް ކޮންމެވެސް އެއް އުސޫލަކުން ހަދަން އެބަޖެހޭ، އަދި ގަވައިދުތަށް މަދުކޮށް ހިދުމަތް ލިބިގަންނަން އައީމާ 3 ދުވަހުން އާއެނކޭ ނުވަތަ ނޫނެކޭ ބުނެވޭނެ އުސޫލެއް އެބައޮންނަންޖެހޭ، ނޫނެކޭ ބުނީމާ އެހެން ދިމާލަކުން ޕުޝްކޮށްލީމާ އެކަން ކުރެވޭގޮތް އޮންނާތީ މައްސަލައަކީ، އާއެނކޭ ބުނެފިއްޔާ އެކަމެއްނުވާނެ ފައިސާދީގެންނޫނީ
ބޫ
28 May 2017
އެންމެ ގިނައީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށްވާއިރު އެއީ މުޅިންވެސް މިހާރު ސަރުކާރުގައި ތިބި މީހުންގެ މައްސަލަ. އެހެންވީމާ ސާބިތުނުވީ. މިނިވަންކަން ބޮޑުވީމާ ވާހާގޮތްގޮތް.
ޓަޓަސް
28 May 2017
ކޮބާތަ އެންސްޕާ ގެ މައްސަލަ؟ ކޮބާތާ އާސަންދަގެ މައްސަލަ؟ އެތަންތަނުގެ ބޮޑުން ބޭރުކުރީ ރިޕޯޓު ލިބުނީމަ ކިޔާފަ އެކަން ކުރަންޖެހިގެންބާ؟
ހަސަން
28 May 2017
އެންމެ ހިތާމަ ކުރަނީ ކަލޭމެން މީޑިޔާތަކަށް އަރަން ލަދުވެސް ނުގަންނަކަން؟؟
އުމަރު
28 May 2017
ސަރުކާރުގެ އިދާރާތަކުގައި ސިވިލްސާވިސްގެ މުައައްޒަފުންތިއްބަސް މިނިސްޓަރު ޖަވާބްނުލިބެނީސް އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ، އުސޫލެއް ހަދާފައި އޮތަސް މިނިސްޓަރުގެ ހުއްދަ ލިބިގެންނޫނީ އެމީހަކަށް ކުރިއަކަށް ނުދެވޭނެ، ސިޔާސީ ވެރިންގެ ހިތުގައި ނުވަތަ ސިނކުޑީގައި އޮންނަނީ އޭނާ ރައްޔިތުންނަށް އަމަލުކުރާނެގޮތް، ދެން މީހުންގެ މޫނަށް މަގާމަށް ނުފޫޒަށް ބަލައި ކަމެއްކޮށްދެނީ، އެހެންވެ ނާޖައިސް ފައިދާނެގެނީ އެހެންހުންނަ ކަންކަން ރަނގަޅުކުރުމަށް ތިޔަތަނުން ކަމެއްކުރެވޭތޯ؟ ހަމަ ރިޕޯޓެއް ލިޔަސް ކަންތަކެއްނުވާނެ ނާޖައިސް ފައިދާނެގޭގޮތަށް ހުރިކަންކަން ނައްތާލަންޖެހެނީ