އިދިކޮޅު މެންބަރުންނާ އެކު ފާރިސް. -- ފޮޓޯ: މިހާރު
19 ޖޫން 2017 - 22:38
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ސަރުކާރުން ކުރާ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރު ކުރައްވާ ކަމަށާއި ބިރު ދެއްކިޔަސް، މިހާރު ކުރައްވާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މިދިޔަ މާޗް މަހު ނެގި ވޯޓުގައި މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު، ފާރިސްގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.
ފާރިސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި ބިރު ދެއްކިޔަސް، އޭނާ ކުރައްވާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
Categorically reject n refute bogus accusations made against me by this govt. Threats n intimidation won't make any difference to my work
— Ahmed Faris Maumoon (@afarismaumoon) June 19, 2017
ފާރިސް ކުރެއްވި ޓުވީޓު.
ސަރުކާރާ ދެކޮޅު އިދިކޮޅު އިއްތިހާދުގައި މައުމޫންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތް ކުރައްވާ ފާރިސް ވަނީ އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި އޭސީސީ އަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
20 June 2017
މިސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ވަދެގެން މިއުޅެނީ ކުރާނެ އެހެން އެއްވެސް ކަމެއް ނެތީމަބާ ؟ މި ސަކަރާތެންނު . މަމެން ތަމެން މިކަހަލަ ކަންކަމަށް އެއްވެސް އެއްޗެއް ނުބުނެ
ސަންތި
20 June 2017
ފާރިޝޫ ދިއްގަރު ދާއިރާއަށް ދެން ކުރިމަތިލާނީ އަހަރެން އިރާދަކުރެއްވިއްޔާ. މީ ބިރުދެއްކުމަކަށް ބެލިއަަސް ހެޔޮ.
ބާރީބެ
20 June 2017
ތިރީސްއަހަރުގެ އޮޑިޓުރިޕޯޓާ ގުޅިގެން ސުވާލު ކޮއްލީމަވެސް ފާރިސް ހުރީ ހަނު އެޔީތޯ ތިޔަބުނާ ބިރުނުގަތުމަކީ، މުއައްސަސާތަކަށް އިހުތިރާމުކޮށް ރައްޔިތުންނައް ނަމޫނާ ދައްކަން ތިބިމީހުން މިއަދުތިތިބީ ވެރިކަމައް ފެންބޮވައިގަނެފަ ކޮންމެގޮތަކުންވެސް ވެރިކަން ހޯދަންނިކުމެ!
މައިތް
20 June 2017
ތިރީސްއަހަރުގެ އޮޑިޓް ރިޕޯޓާއި ފާރިޝާ ހުރި ގުޅުމަކީ ކޮބާކަން ބުނެދީފައި ތިވާހަކަ ދެއްކިނަމަ ދޯ.
ބިރު
20 June 2017
ބިރުދެއްކުމުން މަސައްކަތް ނުހުއްޓީމަ އިތުރު މީހަކު ހުރަގެއަށް އިތުރުވާނީއެވެ. މިހާރު މިކަން ނެއެނގޭ ހަމަ އެކަކުވެސް ނެތެވެ. އެންމެން މަގޭކާރީބުނަނީ ނުކޮށް ވާކައްނެތެވެ. ގޮތް ހުސްވެއްޖެއެވެ. މަބުނީ އެންމެން ފުއްޓަރު ފަރާތު ފަރުމަތީ ތިބެގެން އެކުއެކީ ފުމެލާށެވެ. ބޮޑު ރާޅެއް ނަގާފަ ދޮވެލާނެއެވެ.
ހަސަން ފުތާ
20 June 2017
ގާނޫނު ހަދާ މަޖުލިހުގެ މެންބަރުންނަށް ރިސްވަތުދޭން އުޅުމަކީ އެންމެބޮޑު އެއް ކުށް މިފަދަ ކަމެއްގެ ތުހުމަތުކުރެވޭ ފަރާތަކުން ތަހުގީގުގައި ހަނު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!
ބިރު
20 June 2017
ކާކުތޯ ބިރުދައްކަނީ. ވިދާޅުވެބައްލަވާ؟ ތިދެން އިޝްތިހާރުވާންވެގެން ވިދާޅުވާއެއްޗެއް. އެއްވެސް ކަމެއް ނުކުރައްވާ ދާއިރާގެ ރަށަކަށްވެސް ވަޑައިގެންނެވުނީކީނޫން. ދާއިރާ އެއޮއްގެން އިނދަޖެހެނީ. އުޅުެއްވަނީ އެހެން ކަމަކާ. ދެން ރައްޔިތުންފެ ފައިސާ ނަންގަވައިގެން އޭއްޗެކޭ މީއްޗެކޭ އިރުއިރުކޮޅާ ވިދާޅުވެ މި ނޫހުން ބޭރުގަނޑަށް އެރުއްވަންވެގެން އުޅުއްވަނީ. ގައިމު ކޮންމެވެސް ކަމެއް ކުރައްވާތީތާ؟ ސަރުކާރަކުން ބިރެއް ނުދައްކާ؟ އެހެންމީހުންނެކޭ އެއްގޮަތަށް ތަންތަނަށް ގެންދަންވީމާ ގެންދެވެން ޖެހޭނެ. އެއްބައިފަހަރު ހަމަހަމަ. އަނެއްބައިފަހަރު ބިރު. މިވަނީ ކިހިނެއް؟
ކޭޑު
20 June 2017
ފާރިސޫއެވެ. އެކޮޔަށް ހަމަ ވަޗަސް!!! ޔާނުގެ ވެރިކަމުގެ ޒަޢާމަތުގައި އެކޮޔަށާއި އެކޮއެގެ ބައްޕޯފުޅު ބޭނުންވާހާގޮތަކަށް ޔާން ކަންތައްތައް ނުކުރާތީ ވެރިކަމުގެ ލައްޒަތު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިގަންނަން ތިޔަ އުޅެންފެށީތާއެވެ. ތަނެއް އިފްތިތާހުކޮށްލަން ރިބަން ކެނޑެނީވެސް އެކޮއެގެ ބައްޕާފުޅަށެވެ. އެކޮއެގެ ބައްޕާފުޅަށް ވަޑައިނުގަނެވޭނަމަ އެކަން ލަސްކުރަންޖެހެއެވެ. ސޯ އިޓް އިޒް ވެރީ ކްލިއަރ ދެޓް ޔޫ ގައިޒް އާ ނޮޓް ވޯކިންގ ފޯ ސޯ ކޯލްޑް "އިސްލާހު"
އިބުރޯ
20 June 2017
މުޅި މަޖުލިސްގެ އަގު މިވެއްޓެނީ މިފަދަ އަމިއްލަ ފައިދާއަށް މަސަކަތް ކުރާ މަދު މެންބަރުންގެ ސަބަބުން
ވިސްނާ
20 June 2017
މި ސަރުކާރަށް ވެސް މިހާރު ޔަގީން ވާންޖެހޭ ކަމަކީ ބިރުދައްކައި ފިއްތުންތައް ފިއްތައިގެން ނުވަތަ އަދަބުދީގެން މިޒަމާނުގައި ކާމިޔާބެއް ނެތްކަމެވެ. ކާމިޔާބަށް ބޭނުންވަނީ ލޯތްބެވެ. އިހްތިރާމެވެ. އަޅާލުމެވެ. އޯގާތެރިވުމެވެ. އިހްސާންތެރިވުމެވެ. ހަމްދަރްދީއެވެ. ރަގަޅު ނޫން މީހަކު ރަގަޅު ކަމަށްޖަހައިގެން އަދި ހިނިތުންވުމެއްނެތް މީހަކު ހިނިތުންވާކަމަށް ހަދައިގެން މުޅި މާލޭގެ ޕްރައިމް ލޮކޭޝަންތަކުގައި ބިލްބޯޑު ހަރުކުރުމަކުން އާންމު މީހާގެ ތާއީދެއް ނުލިބޭނެއެވެ.
އ.އ.ރ
20 June 2017
ސަރުކާރާއި ދެކޮޅުވާންޖެހެނީ ކޮންމެވެސް އަސާސީ ހިލާފުތަކެއް ސިޔާސަތު ތަކެއްގައި ހުރެގެންނެވެ. ރައީސް ނަޝީދުގެ ވެރިކަން ގޯސްވީ ރައީސް ނަޝީދުގެ އަސާސީ ސިޔާސަތުތަކާއި މައުމޫން ފެކްޝަން ގެ ސިޔާސަތާއި ތަފާތު ވެގެންނެވެ. މިއަދު މި ދެފަރާތް އެކުގައި މަސައްކަތް ކުރަނީ ކުރިން ގޯސްވި ސިޔާސަތުތައް މިއަދު ގޯސް ނޫންކަމުގައި ވީމާތޯއެވެ. ނޫންނަމަ ކޮންމެ ގޮތެއްވެސް ވަރިހަމަ ވީމާ ތޯއެވެ. ކޮންމެ ގޮތެއް ވަރިހަމަ ގޮތަކީ ގައުމީ މަސައްކަތެއް ކަމުގައި ބެލެވޭނީ ކިހިނަކުންތޯއެވެ.