ހޯމް މިނިސްޓަރުކަމުން ރޭ ކުއްލިއަކަށް އިސްތިއުފާދެއްވި އުމަރު ނަސީރު. --މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
22 ޖޫން 2016 - 16:18
ހޯމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި އުމަރު ނަސީރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އުމަރަށް ތައުރީފްކުރައްވައިފި އެވެ.
މައުމޫން މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އުމަރު ނަސީރަކީ ޝަރަފުވެރި އަދި ނަޒާހަތްތެރި ބޭފުޅެއް" ކަމަށެވެ. އަދި އޭނަ އަށް ފުރިހަމަ ސިއްހަތަކަށާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
@UmarNaseerPPM is a man of honour and integrity. I wish him good health and success.
— Maumoon Abdul Gayoom (@maumoonagayoom) June 22, 2016
މައުމޫން ކުރެއްވި ޓުވީޓް
ޕީޕީއެމްގެ ރައީސް މައުމޫން އުމަރަށް ތައުރީފްކުރެއްވި އިރު، މައުމޫނާއި އުމަރު ވަނީ ޕްރައިމަރީއަކާ ނުލައި 2018 ވަނަ އަހަރުގެ ރިއާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމާ ދެކޮޅު ހައްދަވައިފަ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއްނުވެ އެވެ. ނަމަވެސް އުމަރު އިސްތިއުފާދެއްވި ފަހުން ފުލުހުން ވަނީ ނޫސްކޮންފަރެންސެއް ބާއްވައި، 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ އިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
23 June 2016
ދެން ކުއްތާ ތަކަށްވާނީ ކިހިނެއްބާ
ޏ
23 June 2016
އުމަރު ފޯ ޕުރެޒިޑެންޓް އޮފް ދިސް ބިއުޓިފުލް ރިޕަބްލިކް. މަގޭ ސަޕޯޓު
ޒެޑްސް
23 June 2016
އުމަރު އިސްތިއުފާ ދިނުމާއި ފިސްތޯލަ އާއި ނާޒިމް އާއި ގުޅުވާނެކަމެއްނެތް. ހަގީގަތަކީ ރައީސްގެ ކެބިނެޓްގައި ތިބެން ޖެހޭނީ ރައީސް އަށް އިތުބާރުކުރެވޭ މީހުން. ޕްރައިމަރީ އަކާއި ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނުފެންނަ ކަމަށް ޔާމީން ގެ ކެބިނެޓް ބޭފުލަކު ވިދާޅުވުމުން އެބޭފުޅާގެ އިތުބާރު އައި މެދު އެޖެހުނީ ސުއާލު މާކް. އަދި އެބޭފުޅާ އަކީ ކުރިން ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއި ވާދަކުރެއްވި ބޭފުޅަކަށް ވެފައި އަލުން އަންނަ ޕްރައިމަރީ ގެ ކަންތަކުގައި އެބޭފުޅާގެ ވާހަކަ ހުންނަ ގޮތުން ޔާމީނުގެ އިތުބާރު އޮންނާނެތޯ؟
ދޮޅު ބިލިއަން
23 June 2016
މެގް ބުނާހާ އެއްޗެއްނޫން ހަގީގަތަކީ އެނގިއްޖޭ! ނަޒާހަތްތެރިއޭ ކިޔައިގެން އުމަރު ހައްދަންނޫޅޭ! ޔެގް ކުރި ވައްކަންތަށް ރަނގަޅަށް ސާބިތުވާވަރުގެ ހެކި ދެއްކި ދުވަހަކުން މަ ބަލާނަން އުމަރަކީ މިގައުމަށް ދެން އަންނަންވާ ރައީސްކަމަށް.މަށަށް ކަޝަވަރު ކަމަކީ އުމަރަށް ދައުވާ ކުރަން ޔާމީނު އަތުގަ އެއްޗެއް ނެއްކަން
މިނިވަން ޚިޔާލް
23 June 2016
ކޮބާ ހަރުގަނޑު... އެހެންނޫނަސް ދައުވާއެއްކޮށަލަން ކަމެއްބޭނުންވެއްޖެނަމަ އެއީ މެޓާ ދޯ.
ޑިމޮކަރަސީ-ޒީރޯ
23 June 2016
ސިޔާސީ ކުޅިސަމާ އަހަރުމެންނަށް މިފެންނަވަރަށްވުރެ މާ ފުންކޮށް އެބަހިނގާކަން މިއިން ރަމްޒުކޮށްދޭ! އަހުރެން ތާއީދު ކުރަނީ ނިއު ޕީޕީއެމްއަކަށް! ރަނގަޅު ނިޔަތުގައި ހެދި ރަނގަޅު ޕާޓީއެއް ބަޔަކު ޚަރާބުކޮށްފި ކަމުގެ އިހުސާސްތައް ކުރެވޭ! ޕީޕީއެމްގެ ވެރިކަމެއްގައި އެ ޕާޓީގެ ނައިބަކު، ނައިބު ރައީސަކަށްހުރެމެ، ދައުލަތުގެ އެތައް ފައިސާއަކަށް ޚިޔާނާތްތެރިވިއިރު މުޅި ދައުލަތާއި ޕާޓީ ނިދާފައި އޮތުމަކީ ބަލައި ގަނެވޭނެކަމެއްނޫން! ވެރިކަން ހިންގުމުގެ ދާއިރާގައި މިފަހަކަށް އައިސް ވެގެންދިޔަ ކަންތައްތަކަކީ ވަރަށް މާނަ ފުން އަދި ކުރިމަގަށް ނުހަނު ވިސްނުންތެރިކަމާއެކު ދިވެހިން ޢަމަލު ކުރަން މަޖުބޫރު ކުރުވާ ހާދިސާތަކެއް! ޝުކުރިއްޔާގައުމު
އުމަރު
22 June 2016
އޭ ބަލަ މައުމޫނު. މިހާރު ދެން މަނިކުފާނުވެސް ޅައެއެއްޗެތި އަޅުއްވަން ތިޔަފެއްޓެވީ. ތީޔަ ފޭލްވެފައިވާ އަދަ އެއްވެސް ބަޔަކު ބަލައިނުގަންނަ، ޔާރެއް ވާލެއް ނެތް މީހަކަށް ސަބަހޭ ގޮވުމުގެ ބަދަލުގައި މިގައުމުގެ ތަރައްގީގެ މޭސްތެރިޔާ މަނިކުފާނުގެ ކޮއްކޯފުޅަށް ތާރީފުގެ އެންމެ ބަހެއް ނަމަވެސް ބުނެލުން މާބުއްދިވެރި.
ހުސެއިނު
22 June 2016
އެހެންވީމާ މަނިކުފާނު އުމަރު ލައިގެން ޒައީމް ޕީޕީއެމް ފެކްޝަން ހަދަން ވީނޫންތޯ.
މުރާސިލް
22 June 2016
އުމަރަކީ ހަމަ ހަޤީޤަތުގައިވެސް ފަސްބައި ސާފު އަދި މިޖުރިމުންނާއި ދެކޮޅު ބޭފުޅެވެ.
ތުއްތޮންބެ
22 June 2016
އެކަމަކު ކުދިބަޔަކު ގޮވައިގެން އަތަށް ހެޔޮވަރު ލަޓިބުރި ތަކެއް ހިފައިގެން އުޅޭ މަންޒަރެއް ޓީވީން ދުށް ހަނދާނެއްވޭ. އަނެއްކާ ކުދިބަޔަކަށް މަންގަލަން ދަނޑި ޖަހަން ދަސްކޮށްދޭން އުޅުނީބާ؟ އަދި ސައްކެޔޮ ގަހަށް މަކުނު އަރާ އިންނަހެން މުލީއާގޭ ގޭޓަށް އަރާއިންދާ ދުށް ހަނދާނެއްވެސް އެބަވޭ. ސިފައިންގެ ހިފަން 20 ފޫޓް ގެ 50 ހަރުގަނޑު ހޯދަން ޢުމަރު އުޅުނަސް އެކަން ނުކުރާތީ ކޮންމެހެން އެވާހަކަ ދައްކާކަށް ބޭނުމެއްނޫން.
މަންސޫރު
22 June 2016
މައުމޫން ތިޔަ ބުނީ ވަރެއްގެ އެއްޗެއްތާ!
އޮޅުވާލުން
22 June 2016
ޔާމީން ބުނެފަ އިނދެދާނެބާ އުމަރު ކައިރީގަ އިސްތިއުފާދޭށެ... ނައިބަކަށް ހަދާނަމޭ.ުުޑނދެންައިސްތިއުފާދިނީމަ ލަނޑުދީފަ ދޫކޮށްލީ... އުމަރަށް މަރިޔަވު ގެއްލި ކަތިވަޅުވެސް ގެއްލުނީބާ؟؟؟؟