ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްއެންޑީއެފް
23 ޖޫން 2016 - 11:25
އެއްވެސް މާނައެއްގައި ސިޔާސީ ކަންކަމުގައި ބައިވެރިނުވަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދިވެހި ސިފައިންނަށް ރޭ ގޮވާލައްވައިފި އެވެ.
ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ގައުމީ ރޫހު އާލާކުރަން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ އަގުހުރި ގައުމީ ހިދުމަތުގައި ދެމި ތިބޭ ބައެއް ކަމަށެވެ. އެހެންކަމުން ސިފައިން އަބަދުވެސް އެގޮތުގައި ދެމިތިބެން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ސިފައިން ވަމުން އަންނަ ގުރުބާނީ ފާހަގަކުރައްވަމުން ސިފައިންގެ ގަދަރާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައި އަސްކަރީ އަދަބު އަހުލާގުގެ މަތީގައި ދެމިތިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްއެންޑީފް
ސިފައިންނަށް މިނިސްޓަރު ގޮވާލެއްވީ ގައުމީ ހިދުމަތުގައި ދެމިތިބުމަށެވެ.
ސިފައިންގެ ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު ޝާހިދާއި ސިފައިންގެ އެކި ރޭންތަކުގެ މީހުން ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
23 June 2016
ސިފައިންލައްވާ ބަގާވާތް ކުރުވާފަ ސިޔާސީނުވާށޯ..!!
އަހްމަދު
23 June 2016
ސިޔާސީ ނުވާސޭ ބުނެފަ. ތި ތަނުގައި ތިބި ތައުލީ މީހުން އެއްފަރާތް ކުރީމާ އެކަން ނުވާނެ އެއްގޮތެއްވެސް ނެތް
ޒީނާޒު
23 June 2016
އާދަމް ޝަރީފަކީ އަބުރުގެއްލިފައިވާ މީހެއް. އެންމެ މުހިއްމު ކަމަކީ ތިމާގެ އަނބިދަރިންނަށް ތެދުވެރިނުވެވުން. އަން ކިޔައިފިއްޔާ އަންނާރަކަސް ހެޔޮވަރު މީހެއްތީ....
ޙުސައިން ޙަސަން
23 June 2016
ހިތްނުތަނަވަސްވެ ހުރެ ތިޔަހެދުނީ ބޮޑު ދޮގެއް އިނގޭތޯ! ތިކަމުގެ ސައްޙަ މަޢުލޫމާތު ހޯއްދަވާލެއްވުން ބުއްދިވެރި، ރަމްޟާންމަހުގެ އަޅުކަމަށް އުނިކަމެއް އަޔަނުދިނުމަށްވެސް. ޝުކުރިއްޔާ!
ނުވިސްނޭ
23 June 2016
ޕީޕީއެމް ޖަލްސާ ފޮޓޯގެ ކުރިމަތީ ސަފުގައި ތިއްބެވި 4 ބޭފުޅުން ހާދަ ވައްތަރޭ ރާއްޖޭގެ ސަލާމަތީ ބާރުގެ މުގުލުގައިވެސް ތިއްބެވި ބޭފުޅުން ކޮޅުހެން. ސާބަހޭ ޑިފެންސް މިނިސްޓަރ. ދައްކަވާ ވާހަކަފުޅާ 2 ފޮޓޯއާ ފެނުމުން އިގޭ މީހާގެ އަސްލު. ތިއްބެވި އެހެން ބޭފުޅުންގެ ވެސް،،،،، ޝުކުރިއްޔާ.
އަހުމަދު ރަޝާދު ޙަސަން
23 June 2016
މިނިސްޓަރ ސިފައިން ސިޔާސީ ނުވުމަށް ގޮވާލި އިރު މިނިސްޓަރަކީވެސް ސިޔާސީ މީހެއް އެހެންވީމާ ސިޔާސީ މީހުން ގިނަވާނެއެވ
އެމްސް
23 June 2016
ސިފައިންގެ ގަދަރާއި ކަރާމާތަށް ސިފައިން ފާޅުކަން ބޮޑު ގޮތެއްގަ ހުރުމަތްތެރިކޮށް ނުހިތީ ފެބްރުއަރީ 7 ގަ. އަސްކަރީ އަދަބާއި އަހުލާގު ސިފައިން ތެރޭ އަލުން އަށަގަނުވަން މިކަންކަން ތަޙުޤީގުކޮށް އިންސާފު ގާއިމު ކުރަންޖެހޭ. ނޫން ނަމަ އަބަދުވެސް ސިފައިންގެ ނަން ވާނީ ކިލަނބު މުވައްސަސާ އެއްގެ ގޮތުގަ. މިނިސްޓަރުގެ ވާހަކައިންވެސް ދޭހަވަނީ . . . . . . .
ސިޔާސީ
23 June 2016
ކަލޭމެން ބޭނުން ހުރިހާކަމެއް އެމީހުން ލައްވާ ކުރުވާފަ ސިޔާސީ ނުވާށޯ؟