ރައީސް ޔާމީން ޕީޕީއެމްގެ ލީޑަޝިޕާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިހާން/ޓްވިޓާ
01 ޖުލައި 2017 - 22:27
ވެރިކަން ކުރާ ޕީޕީއެމްގެ އިސްވެރިންނާ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން މިރޭ ބައްދަލުކުރައްވައިފި އެވެ.
ޕީީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އާ އެކު އެ ގުރޫޕުގެ ލީޑަޝިޕާ ރައީސް ޔާމީން ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޒަމީރާއި އަބްދުއްރަހީމާއި ނިހާންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޔާމީން އެމަނިކުފާނުގެ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް އަލުން ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އެއްބާލުން ލިބޭނެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިހާރު ވެސް ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން، މަސީހްގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި ސޮއިކުރައްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މި މައްސަލައިގެ ތެރޭގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާގައި ވެސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ މިދިޔަ ދެ ދުވަހު ވަނީ ހޫނު ރައްދުތަކެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދު
02 July 2017
ސުރުހީ ބަދަލުކު ރެއްވުން އެދެން . ޕީޕީއެމްގެ އިސް މަގާމުތަކުގަ ތިބިމީހުން ކޮަބާ .ޕޕއމ ގެ ރައިސް ކޮަބާ ؟ މަޖިިލިސް މެންބަރުން ނޭ ބުނޭ
މުލަކު މީހާ
02 July 2017
ރައީސްގެ މޫނު ފުޅުން މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. ރައީސް ޔާމީނަށް ވޯޓެއް، އިންތިހާބެއް ކާމިޔާބުވާނެ ފޯމިއުލާއެއް މިއަދަކު ނެތެވެ.
ޢިލްމު
02 July 2017
މިހާ ތަޢުލީމީ ޒަމާނަކު، ގައުމެއް ހިންގައި ފަހުބަސް ވިދާޅުވެ މަޝްވަރާދީ ހަދަންތިޔަ ތިއްބެވީ، ހާދަ ރައްޔިތުން ބަލައިގަންނަ ނުގަންނަ ބޭފުޅުންނޭ؟ ގައުމާމެދު ވިސްނާލުމުން ޙާލަތު ހުރިގޮތުން، މިމަންޒަރުން ވަރަށް މާޔޫސް ވެއްޖެ.
މަޝްރޫފް
02 July 2017
ހަމަ ޔަގީނުންވެސް މަޝަކީ ޕީޕީއެމް ކޮންގްރެސްގައި ލީޑަރޝިޕަށް ވޯޓްދިން މީހެއް އެންމެފަހުން ބަލާލިއިރުވެސް މަގޭވޯޓާ ޕީޕީއެމް 99 ޕަސެންޓް މީހުން ވޯޓްދީފަ ވާނީ ކިނބިގަސްދޮޝުގޭ މައުމޫން އަބްދުލް ގައްޔޫމަށް، ތިތާކުން އެބޭފުޅާއެއް ނުފެނޭ، ތިޔަ ބައްދަލުވުން ބަލައެއް ނުގަންނަން ސޮރީ
ފަލަޑޭ
02 July 2017
ޕީޕީ އެމްގެ ރައީސް ތިތާކު ނެތެއްނު؟ ހީވަނީ ތީ ކުރީގެ ޕީއޭ ގެ ބައްދަލުވުމެއްހެން. މިކަން އިބުރަތަކަށް ފުދޭ. މީހުންގެ ލޯބި ކޯޓުގެ ހުކުމަކުން ނުލިބޭނެ. އެހެން ނޫނަސް ރައީސް މައުމޫނަކީ ޕާޓީގެ ބަލަދުވެރި ފަރާތް. މިކަމަށް ދިވެހިން ހެކިވާނެ. ހީވަނީ ނިމެން އުޅޭހެން
ބޮޑާބެ
02 July 2017
މިތުރުންނާ ހަތުރުންނަށް ވެސް ބިރު ދަށްކައިގެން ރުޅިއައިސް ރަތް ވެގެން ހިންގާ ވެރިކަންކަން ނިމިދަދަނީ ސައިބޯނި ބޮތްކެއް ފަޅައިގެންދާ ފަދައިން ވަރަށް ނިކަމެތި ގޮތަކަށެވެ. ގިނަ ފަހަރަށް އެންމެ ގެއްލުމްވަނީ ކައިރީގަ ތިބޭ މީހުން ނަށެވެ. މީ ތާރީޚު ހެކިދޭ ހަގީގަތެކެވެ. ކިތަންމެ ރުޅި އަޔަސް ކުރާނެ ކަމެއް ނެތެވެ. ޥަރަށް ސޮރީ އެވެ.
މަޖިލީސް
02 July 2017
މަޖިލީހުގެ މެމްބަރުނޭވެ. ތިޔައިން ކޮންމެ މީހަކީ ވަރަށް ބޮޑު ޒިންމާއެއް އޮތްބައެކެވެ. އެކަން ހަނދާންކުރާށެވެ. ބިރުކަނޑާލައި ރައްޔިތުންގެ ގޮވެލި އަޑުއަހާށެވެ.
ޙަސަން
02 July 2017
ފުލެޓްތައް ލިބޭނެކަމުގެ ގެރެންޓީ ލިޔުން އަންނިވެސް ޙަވާލުކުރި. މިސަރުކާރު އައިފަހުން އެފްލެޓްތައް ނިމުމުން އެމީހުންނަށް ލިބުނީ ކޮޅުކެހި. އެހެންވީމާ އެކަހަލަ ލިޔުން މިހާރު ޤަބޫލެއް ނުކުރާނެ. 2018 ގެކުރިން ފްލެޓްތަކުގެ ތަޅުދަނޑި ޙަވާލުކުރަންވީ. އެއިރުން ހުރިހާކަމެއް ޙައްލުވީ. ތިހެންއަޅާ ބްރިޖަކުން ތާރުއަޅާ މަގަކުން ހިއްކާލާ ފަޅަކުން އަޅާނަމޭ ބުނާ ފުލެޓަކުން އަޅާ 25 ބުރީގެ އިމާރާތަކުން ރައްޔިތުންގެ ތާއީދެއް ނުލިބޭނެ. ލޯކަލް ކައުންސިލްގެ އިންތިޚާބުންވެސް ލިބުނީ އިބުރަތެއް. އެއީ އިދިކޮޅުމީހުންގެ ބާރުގަދަކަމެއްނޫން. ރައްޔިތުން އެންމެ ބޭނުންވާ ބޯހިޔާވަހިކަން ނުލިބޭތީއާއި އެވަރުގެ ކަމެއް ނުކޮށްދެވޭ ބަޔަކަށް ތާއީދުކުރަންބޭނުންނުވަނީ. އަދުރޭމެން ނިހާނުމެން ދައްކާ މޮޅެތި ވާހަކަތަކަށް މިހާރު އެއްވެސް ބަޔަކު ތަބާނުވާނެ. ރައްޔިތުންގެ ރުހުން ބޭނުންވާނަމަ ފްލެޓްތައް އަވަސްކޮށް އެތަންތަނަށް ރައްޔިތުންނަށް ވަދެވޭގޮތް ހަދަންވީ. ނިހާނުމެން ހަދާރިޕޯޓަުން ވޯޓޭއް ނުލިބޭނެ.
ބޔ
02 July 2017
މަ މިބަލާލީ ލޔުމާ ކޮމެންޓާ ކިޔާ ނިންމާފަ ފޮޓޯޔަށް އަސްތާ ކަމަކުދާކަށްނެތް މޫނުމަތި ހީވަނީ ކަޅުވލާގަނޑެއްހެން. ޙެހެހެ
ލ.ފޮނަދޫ
02 July 2017
"ގަސް ބުޑެއް" ޕާޓީގެ އެއްމެ އިސް މީހަކަށް ލައިގެން ތައުލީމީ މުޖްތަމާއު އަކާ ޗެލެންޖް ކުރާނީ ކިހިބެއް ބާއެވެ.