ފުލުހުން މިއަދު މެމްބަރު އަލީ އާޒިމް ހައްޔަރުކޮށްގެން ގެންދަނީ. މިރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައި.
21 ޖުލައި 2017 - 23:02
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގެ ތެރެއިން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މިރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާޒިމް އާއި އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު ދޫކޮށްލީ ކޮންއިރަކު ކަމެއް އަދި ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އާޒިމް ހައްޔަރުކޮށްފައި ވަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވި "ހަވީރު ސައި"ގެ ހަރަކާތަށް އެއްވި މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.
އަލީ ޒާހިރު ވެސް ހައްޔަރުކުރީ އެތަނުގައި އެއްވި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަދައްކާ ނިމުނުތަނާ އިރުކޮޅެއް ފަހުންނެވެ. އެތަނުގައި މީހުން އެއްވެ ތިއްބާ ފުލުހުން އެ ތަނަށް ގޮސް އެ ތަނުގައި ތިބި މީހުންގެ މޫނަށް ޕެޕާ ސްރޭ ޖަހައި، ހަރުގެ ތެރެ އަށް ވަދެ ބައެއް މީހުން ހައްޔަރުކުރި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އާޒިމް އާއި އަލީ ޒާހިރުގެ އިތުރުން ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.
އެމްޑީޕީގެ ހަރުގެ ތެރެއަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރި އިރު އެ ޕާޓީގެ ބައެއް މަގާމުތަކަށް މީހުން އިންތިހާބުކުރުމުގެ ވޯޓުލުން އެތަނުގައި ކުރިޔަށް ދިޔަ އެވެ. ނަމަވެސް ފުލުހުން ބުނީ އެތަނުގައި އެއްވެސް ހަރަކާތެއް ހިންގާކަމެއް ފުލުހުންނަށް ކުރިން އަންގާފައިނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާ
23 July 2017
ޗީޑި އެސޮރު ހާދަ ބޮޑާހާކަނީ.
އިއްބެ
23 July 2017
މިއާޒިމަށް އެއްވެސް ތަދެއްނުވޭ ހަމަ ސްޓެންޓް ޖައްސަނީ މަހުރިން އެތަނުގަ އިރުކޮޅަކުން ހެމުމް ހެމުން ފުލުހުންނާއި އެކު ދިޔައީ!
ވާލުސޮރު
22 July 2017
މަ ހިތަށް އަރާ ދުނިޔޭގެ އޮޔާ ވައި ހިނގާ ބަޔަކު ފުލުހުންގެ މިކަހަލަ ޑިޕާޓްމަންޓްތަކުގެ ބޮޑުންނަށް ތިބޭނީ ކޮން ދުވަހަކުން ބާވައޭ؟ އެހެންނާފަހެ އިދިކޮޅު މީހުން ކުޅެން ބޭނުންވާ ކޮންމެ 'ޑްރާމާ'އެއް ފުލުހުން ބޭނުންކޮށްގެން ނުސީދާ ކޮށް އެބަކުޅުވާ! ތަކުރާރު ކޮށް އެއް ކަމެއް ކުރުވާއިރު ދެން މިހާރު އިނގެންވެއްޖެނު!!! ތިޔަކަމަކާހުރެ މުޅި މުއައްސަސާގެ އަގުވެއްޓި ނިމިއްޖެ. ލަދުން ބޯހަލާކު.
އަފިހުން ގޮއްޔެ
22 July 2017
ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ބުނެދޭނީ ކިހިނެއްބާ! ހައްޔަރު ކުރި އެއްވެސް ސަބަބެއް ބުނެނުދީ، ދެން މަ ހީހީހީ.
ތެޔޮ ގޮއްޔެ
22 July 2017
ފުލުހުން ހައްޔަރުކުރި އިރު ނޭގޭ އާޒިމް އެތަނުގަ އޮތް ސައިނުބޮއި ހުރި ކަމެއް. އެކަން އެނގުނީމަ އަވަހަށް ދޫކޮށްލީ.
ރޮކެޓް ސައިންސް
22 July 2017
އެހެން ވެއްޖެއްޔާ އަންނަން އޮތް ރޯޅި ބޮޑީ. ބަލައިގެން އުޅޭތި
އަލިބެ
22 July 2017
ބަލަގަ ކަލޭމެންނަށް އަންގަންޖެހޭތަ ޕާޓީގެ ހަރުގޭގައި ޕާޓީން ކުރާކަންތައް. މޮޔަވީތަ!
ޢަބްދުﷲނާފިޒް
21 July 2017
އެތަނުގަ އެއްވެސް ހަރަކާތެއް ހިންގާކަން އަންގާފަ ނެތިއްޔާ ކޮންމެހެންވެސް އެތަނަކަށް ކޮފިގައްނަން ޖެހޭނެ އުތަ، ގައުމުގަ ހަމަނުޖެހުން ހިންގަނީ ކޮންބައެއްކަން ސާފު ނުވޭބާ.
ރަދީފް އެންޑް ރަފައިދާ
21 July 2017
އާޒިމް ތި ދޫކޮށްލީ އޭނާކޮއްކޮ "މިނިވަން ކަޕް" ކާމިޔާބުކުރީމަދޯ.
ވަޅު ސިފާޒޒ
21 July 2017
މީ ބޭރުން އަރާތިބި ބައެއްތަ؟ އަނބި ދަރިންނަށް ދައްކަން ދެން ސެލުފީ ނަގާ ގަޓު ހުރިވަރު. އަދި ކޮބާ ޓެކުސް ފައިސާ ނޫން އެއްޗަކުން މުސާރަދޭނަމަ ؟
ނަން
21 July 2017
ސަޅި ފޮޓޮއެއް
މޮޅު
22 July 2017
އެކްޓްކުރުމުގެ މޮޅު ހުނަރު ދައްކުވައިދޭ ފޮޓޯއެއް. ރީކޯއަށްވުރެ މޮޅު.