ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ޝަންގްރިއްލާ ރިސޯޓުގައި މިއަދު ހެނދުނު މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.


ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 9:00 ހާއިރު އެވެ.

އެ ފިރިހެން މީހާ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ.