ކޯޓުގެ އަޑުއެހުމަކަށް ފަހު ފާރިސް ޖަލަށް ގެންދަނީ: އޭނާ ހުންނަނީ ކަރެކްޝަންސްގެ ދަށުން މާފުށީ ޖަލުގައި ބަންދު ކޮށްފައި --ފޮޓޯ/މިހާރު
03 އޯގަސްޓް 2017 - 14:42
ކުށުގެ ތުހުމަތުގައި ތިބި ރައްޔިތުންގެ މަޖިލީހުން މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ނުދެނީ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަމަށް، އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކ. މާފުށީ ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ހާޒިރުކޮށް ނުދިން މައްސަލާގައި ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭ ގޮތަށް އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ކުރިން ބާތިލް ކޮށްފައިވާތީ އެ މާއްދާ އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދިނުމުގައި ކަރެކްޝަންސް އިން އަމަލު ކުރަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެ އިދާރާ އިން ހަދާފައިވާ ގަވާއިދަކަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކަންކަމުގެ އަސްލު އުޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ބަޔާނުގައި ކަރެކްޝަންސް އިން ހަވާލާ ދީފައިވާ "ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް އެފަދަ މީހަކު ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރު ކުރުމުގެ ގަވާއިދު" ގެ ނަމުގައި އޮންނަ ގަވާއިދުގައި ގައި މަޖިލިސް މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަކަށް ބުނެފައެއްް ނެތެވެ. އަދި އެ ގަވާއިދުގެ ދަށުން ހާޒިރު ކޮށްދެނީ ކޮން މަގާމު ތަކެއްގައި ތިބޭ ބައެއް ކަމެއް ވެސް 2016 ގައި ހަދާފައިވާ އެ ގަވާއިދުގައި ބުނެފައެއް ނެތެވެ.
މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް 2013 ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، ކުށުގެ ތުހުމަތުގައި ތިބޭ މެމްބަރުންނާއި ހުކުމް ތަންފީޒު ކުރަމުންދާ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮތް މާއްދާ ވަނީ ބާތިލްކޮށްފަ އެވެ.
އެކަމަކު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފި ނަމަ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް އެ މެމްބަރަކު ހާޒިރު ކުރަންޖެހެ އެވެ.
ފާރިސް ހާޒިރުކޮށް ނުދިން މައްސަލާގައި ފާޑު ކިޔުން އަމާޒު ވެފައިވާއިރު އެންމެ ފަހުން ބޭއްވި ފާރިސްގެ ޝަރީއަތުގައި އޭނާ މަޖިލީހަށް ދާން ހުރަސް ނޭޅުމުގެ ގޮތުން އެދުވަހުގެ އަޑުއެހުން މެދުކަނޑާލި އެވެ. އެކަމަކު ވެސް ކަރެކްޝަންސް އިން ފާރިސް މަޖިލީހަށް ގެންގޮސްދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
04 August 2017
ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދަކީ ގާނޫނުއަސާސީ ގެ 88 ވަނަ މާއްދާއިން ލާޒިމް ކޮށްގެން ހަދާފަ އޮތް ގަވާއިދެއް .މި ގަވާއިދު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފަ ، އެހެން އެއްވެސް ގަވާއިދެއް މަޖިލީހުންފާސް ކޮށްފައެއް ނޯންނާނެ. އެއެހެން ގަވާއިދު ހެދުމުގެ ބާރު ގާނޫނުން ލިބި ދިނުމުން އެގަވާއިދު ހަދާ ގެޒެޓް ކުރުމުން ގަވާއިދު ވެގެންދަނީ ގާނޫނުގެ ބަޔަކަށް. މަޖިލީހުގެ ހިންގާ ގަވާއިދު ގާނޫނުއަސާސީ ގެ 88 ވަނަ މާއްދާގެ ދަށުން ހަދާ މަޖިލީހުން ފާސް ކުރމުން މަޖިލީހުގެ ގަވާއިދު ވެގެންދާނީ ގާނޫނުއަސާސީގެ 88 ވަނަމާއްދާ އަށް. މިހެން އޮތް ކަމެއްގާ އެއްވެސްފަރާތަކަށް ހިލާފު ވެވޭނީ ކިހިނެތް ، ބާތިލް ކުރުމުގެ ބާރު ނެރެވޭނީ ކޮންކޯޓަކުންބާ ؟
ޑަވިޔަނި
03 August 2017
މުޅި ރާއްޖޭގެ ހަޔާތިގަވެސް އުފެދުނު އެންމެ ބޯގޯސް ބައިގަނޑު!
އަލީ
03 August 2017
ބާތިލް ކުރީ އިމްތިޔާޒުގެ ގާނޫނުގެ އެބައި. މަޖިލީހުގެ ގަވައިދުން ހާޒިރުކޮށްދޭން އޮތް ބައި އެއީ ގާނޫނުއަސާސީއިން ބާރު ލިބިގެން ހަދާފައި އޮތް އެއްޗެއް. އެއްވެސް ކޯޓަކުން އެ ބާތިލެއް ނުކުރޭ.
ފިކުރީ
03 August 2017
ސްޕްރީން ކޯޓްގެ ހުކުމޭ ކިޔައިގެން އޮޅުވާލަން މަސައްކަތް ނުކުރައްވާށެވެ. ސްޕްރީން ކޯޓުގެ ހުކުމުގެ އެއްބައި ނަންގަވައިގެން ޤާނޫނާއި ހިލާފަށް ކަންކަން ކުރުމަށް އުޒުރެއް ނުދެއްކޭނެއެވެ. ސްޕްރީންކޯޓުގެ ހުކުމަށްފަހު އޭގެ 3 ދުވަސްފަހުން އެ ހުކުމުގެ މައްޗަށް އަމުރެއް ނެރުނެވެ. ޢެ އަމުރުގައި ވަނީ ކުރިން ހެދިފައި ހުުރި ޤާނުނުތައް އިސްތިސްނާ ނުވާ ކަމަށާއި އެ ޤާނޫތައް ހިނގާނެ ކަމަށެވެ. މާނަ އަކީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިވި ކަމުގައި ވިނަމަވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މެމްބަރުގެ އިންތިހާބީ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. މަޖިލިސް މެމްބަރު ކަމުގެ މަގާމު ނުގެއްލޭނެ ކަމަށެވެ. ޤާނޫނުގައި ވަނީ ކީކޭތޯ ރަނގަޅަށް ބައްލަވާށެވެ. ޤާނޫނާއި ހިލާފަށް ކަންކަން ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. ޤާނޫނު އަސީސީއާ ހިލާފަށް ކަންކަން ކުރަން ނޫޅުއްވާށެވެ. ޢެއީ ބޮޑުވެގެންވާ ކުށަކެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން އެއްވެސް ފަރާތަކަށް ހުއްދަ ވެގެނެއް ނުވެއެވެ.
ސަފުރާ
03 August 2017
ހައްޔަރުގަ ވެއްޖެ ތިބުނާ ކޯޓުން ކުރިހުކުމަކާ ހިލާފައް ގެންގޮސް ތިބިބަޔަކު އެހުކުން މައްއަމަލު ކުރަން ނުޖެހޭ، ދޯ ބޯހަލާކު
މުއާޒު
03 August 2017
ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް އެފަދަ މީހަކު ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރު ކުރުމުގެ ގަވާއިދު"އޭ ބުނީމަ މަޖިލިސް މެންބަރުން މަޖިލިހަށް ދިޔުމަށްވުރެ ޤާނޫނު އަސާސީ ލާޒިމްކުރާބަޔަކުނެތްކަން ކަރެކްޝަނަށް ނޭގުނީމަ އަނިޔާ އާއްމުވެފަވާވަރު މިފެންނަނީ
ހެނބަދޫ ރައްޔިތުން ގެއްލިގެން ހޯދާ މެންބަރެއް މއރފ
03 August 2017
ބަލަ ސުޕްރީމް ކޯޓުން ނިންމާފައޭ އޮތީ މެންބަރުން ވަކިވާނެ ގޮތް. ތިމާމެން ބޭނުން ނުވާގޮތަށް ހުކުމް އައިމަ ކޯޓް ގޯސް ވަނީ.
އަލީ
03 August 2017
މަޖިލީހުގެ ގަވައިދުގައި އެބައި ބާތިލް ނުކޮށް އޮތްހާ ދުވަހަކު ހާޒިރުކޮށްދޭން ޖެހޭނެ.
އަބްދުއްލާ
03 August 2017
މަޖިލީހުގެ ގަވާއިދަކީ ގާނޫނުއަސާސީ ގެ ބައެއް ކަން ކަރެކްސަނަށް އެގިވަޑައިގަނޭބާ ؟ މަޖިލީހުގެ ގަވާއިދު ހެދިފާ ވަނީ ގާނޫނުއަސާސީގަ އެގަވާއިދު ހެދުމަށް ލާޒިމް ކުރާތީ .އެހެން ގަވާއިދު ހެދެނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ބާރު ލިބިގެން. ވަރަށް ތަފާތު ދޯ ، ބަޔާނެް ނެރޭ އިރު މިކަންކަން އެގިގެން ހުރުން މުހިންމު ، ގާނޫނުއސާސީން ލާޒިމް ކޮށްގެ ހަދާ މަޖިލީހުން ފާސް ކޮށްފައިވާ ގަވާއިދުގެ އެއްވެސް މާއްދާ އެއް އުވާލުމުގެ ބާރު ސްޕްރީމްކޯޓަކަށް ނޯވޭ.
މުޙުއްމާ
03 August 2017
ސުޕުރީމް ކޯޓަކީ ޤާނޫނު ހެދުމުގެ ބާރާއި ޤާނޫނު ބާތިލް ކުރުމުގެ ބާރު ޤާނޫނު އަސާސީ އިން ދީފާވާ ބައެއްނުން. ޤާނޫނު ހަދާ އެ ބާތިލް ކުރެވޭނީ ރައްޔިތުންގެ މަޖްލިހުން.