ސީއެންއެމްގެ ލޯގޯ: އެ ނޫސް ހިންގުން ހުއްޓާލީ ފަސް އަހަރަށް ފަހު.
27 ޖޫން 2016 - 11:12
ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އަށް ސިޔާސީ ޕްރެޝަރު ކުރިމަތިކުރުވައި އެ ނޫސް ހުއްޓުވާލީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާތީ ހަޖަމްނުކުރެވިގެން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ސީއެންއެމް ހުއްޓުވާލުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް އިންތިހާ އަށް ބިރުވެރިކަން އޮތް މާހައުލުގައި ވެސް ސީއެންއެމްގެ ނޫސްވެރިން އައީ، ޖެހިލުމެއް ނެތި ސަރުކާރުގެ "ނޭއްގާނީ" ކަންކަން އާއްމުކުރަމުން ކަމަށެވެ. ސީއެންއެމް އޮންލައިން ނެރުން ހުއްޓުވާލަން ކުރިމަތިކުރުވި ފިއްތުންތަކަކީ ސަރުކާރުން މިނިވަން ނޫސްވެރިކަން ނެތިކޮށްލަން ސިލްސިލާ ގޮތެއްގައި ހިންގަމުން ދިޔަ ދަށު ދަރަޖައިގެ އަމަލުތަކަށް އިތުރުވި ބޮޅެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ކަމަށް އެ ނޫހުގެ އެޑިޓަރު ހާމަކުރެއްވުމަކީ ނޫސް ވުޖޫދުން ނެތިކޮށްލަން މަސައްކަތް ކުރި ކަން ހާމަވާ ކަމެއް ކަމަށެވެ.
ސީއެންއެމް ހުއްޓުވާލުމުން ކަންބޮޑުވުންފާޅުކުރަން އެމްއެމްސީ އަށް އެއްވި ނޫސްވެރިންނަށް އެ ނޫހުގެ މުވައްޒަފުންގެ ފަރާތުން ކަދުރު ބަހަނީ. --ފޮޓޯ: ނިޝާން އަލީ
"ސަރުކާރުންނާއި ކޯޓުތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ރާއްޖޭގެ ނޫސްވެރިންނަށް ނުހައްގުން ކުރިިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ހަމަލާތަކުގެ ސަބަބުންނާއި ނޫސްވެރިންގެ ހައްގު ރައްކާތެރިކޮށް ނުދޭތީ، ދުނިޔޭގެ ޑިމޮކްރެޓިކް ބޮޑެތި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ސީއެންއެމްގެ އެޑިޓަރު އިސްމާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ސީއެންއެމް ބަދަލު ކުރުމަށް، ކުރި މަސައްކަތް ކާމިޔާބު ނުވުމުން ދެން ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން މަސައްކަތް ކުރީ ސީއެންއެމް ވުޖޫދުން ނެތިކޮށްލުމަށެވެ. "ސަރުކާރުގެ ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސީއެންއެމްގެ މެޖޯރިޓީ ހިއްސާދާރަށް އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް މަޖުބޫރު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނި އުވާލުމަށް ރޭގެ ވަގުތެއްގައި ވަނީ ނިންމައިފަ އެވެ." އިސްމާއިލް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
28 June 2016
ފިޔާ ތޮށި ތެރޭ ނެތް ބަޔަކަށް އެނގޭނެ ކީއްވެކަން. އިޓްސް ސޯ އޮބްވިޔަސް. ކަދުރު، ހައްޖު، ނޫޑުލްސް ހަނޑޫ ފުށް ދެން ކޯޗެއް؟ އައި ލޮސްޓް ޓްރެކް.
އަލީ
27 June 2016
ސީއެންއެމް ހުއްޓުވާލުމުން" މިހެން ލިޔުމުން ދޭހަވަނީ ލިޔުން ތެރިޔާވެސް ނޫސްވެރިކަން ދޫކޮށް އެހެން ކަމެއް ފެށީހެން! ހުއްޓާލަން ނިންމީ އެތާ ބޯޑުން. ދެން ޖަނާ ވެސް ބަޔާނެއް ދިން. އޭގެ ވާހަަކަ ބާއްވާފަ ހަމަ ދެކޮޅަށް ވާހަކަ ދެއްކިމީހަގެ ވާހަކަ އެކަނި ހައިލައިޓް ކުރީ؟ ނޫސްވެރިކަންތޯ މިއަށް ކިޔަންވީ؟ ރާއްޖޭގަ އުޅެނީ ނޫސްވެރިންގެ ބަދަލުގަ ޒާތީވެގެން އުޅޭ މީހުން ހުސް. ވަރަށް ސަލާމް!
ޅޮލް
28 June 2016
ބުރޯ ސީއެންއެމްގެ ހިއްސާގެ 51 އިންސައްތަ އޮތީ ޖަނާ އަތުގަ. ޢަނެއް 49 އިންސައްތަ އިއްސެ އަތުގަ. ޢެހެންވެ ސީއެންއެމް ހުއްޓާލެވޭނެ ޖަނާ އެކަނި އެކަން ބޭނުންވެގެންވެސް. ޙަމަ ބުނެލީ.
މުހަންމަދު
27 June 2016
ނޫސްނޫހާއި މީސްމީހުންގެ އަނގަޔަށްދާންދެން ބަންދުކުރެވިދާނެ. އެކަމަކު ޙަޤީޤަތް ޙަޤީޤަތަށްނުވެ ހިނގައިދާނެބާވައެވެ؟ ނޫސްތައް ބަންދުކޮށް މީހުންގެ އަނގަބަންދުކުރާގޮތަށް ލިއުއްވަވާ މަލާއިކަތުންގެ ލިއުން މަނަޢަކޮށް ލިޔެވިފަހުރިތަކެއްޗަށް ކަޮފީ ބަންޑުންޖަހާލެވިދާނެބާވައެވެ؟
އަހުމަދު
27 June 2016
ސީއެންއެމްގެ ނޫސްވެރިން ކުރީންވެސް މިހާރުވެސް ބުނަމުންދިޔައީ އެންމެ ވާހަކައެއް. އެއީ ކޮންޓެންޓާއި ނުބެހޭށޭ. އެހެން ނޫނީ ނުކުރާނަމޭ ނޫސްވެރިން. ހުއްޓާލާންޖެހޭ އެހެން އެއްވެސް ސަބަބެއް ނެތް.
މޫސަބެ
27 June 2016
އުވާލަން ޖޭހޭ ޖަނާގެ ނިންމުމަށް ސާބަސް
މިންނާ
27 June 2016
ކަނޑައެޅިގެން ދޮގެއް. ލާރި ނެތިގެން ހުއްޓާލީ
އަހުމަދު
27 June 2016
10 ޓަނު ކަދުރު 12000 ޑޮލަރު 50 ހައްޖު ކޯޓާ ސަރުކާރުގެ ޖަވާބު: " " ސީއެންއެމް ބަންދުކުރީ... . މިވަރުން ދޮގުތެދު އެނގޭނެ 6 އަހަރު ކުދިންނަށްވެސް.
ވާނެދޯ
27 June 2016
ސީއެންއެމް ނޫސް ހުއްޓާލީ ކަަރަޕްޝަން ވާހަކަ ތައް ދައްކާތީއެެއް ނޫނެވެ. އެނޫސް ހުއްޓާލީ އެނޫހުގެ ވެރިފަރާތަށް ފެނިގެންނެވެ. ދެން އޭގައި ސަރުކާރުން ކުރާނެ ކަމެއް ނޯންނާނެއެވެ. އެއީ ސަރުކާރުގެ ކުންފުންނެއް ނޫނެވެ. އެމްޑީޕީން އެކަން ވެސް ފަނި ކުރަން ކޮން ނޫސް ބަޔާން ތަކެއްތޯ ތިޔާ ނެރެނީ. ސީއެންއެމް އަލުން ނެރެން ބޭނުންނަމަ ޑީއެންއެމް ނަމުގައި އަނެއްކާ އޮންލައިން ނޫސް ނެރެގެން ސަރުކާރާއި ދިމާލަށް އެއްޗެހި ކީމާ ނިމުނީ އެއް ނޫންތޯއެވެ. ސީއެންއެމް އިން އަޅެ ބުނެދީފާނަންތޯ ފަސްޓް ލޭޑީ ކަދުރު ބެހީ އެއީ ގޯސް ކޮށް ކުރިކަމެއް ކަމަށް. އެއޮތީ ސައުދީ އެރެބިޔާ އެމްބަސީން ވެސް ޝުކުރު ދަންނަވާ ނޫސް ބަޔާން ނެރެފައި. ދެން ކޮބާ ތޯ މައްސަލަ އަކީ. ސީއެންއެމް ހަމަ މިސަރުކާރުން ކަންކަން ކުރާ ގޮތް ރަނގަޅުވުމުން ޖެލަސް ވަނީ ތޯ އެއީ އުފެދޭ ސުވާލަކީ.
އަހުމަދު
27 June 2016
ރާއްޖޭގައި ހަމައެކަނި ހިންގާ ޖަމިއްޔާއަކީ ސަދާގާތްފަންޑުތޯ؟؟؟ ޔާމީން ކެމްޕޭން އޮފީހުގައި ކަދުރު ހުރީމާ ސައޫދީ އުފާނުވާންވީ ކީއްވެތޯ؟ އެއީ ރަސްކަން ކުރާގޮތެއް ނޫންތޯ!! ރާއްޖޭގެ ރައްޔިތުން ރަސްކަން ދޫކޮއްލިކަން ހަނދާން ނެތުނީތޯ؟؟ މާވަހަރު ފެނުނީމާ މާލެގެނެސް ރަސްގެފާނަށް އަރުވާނީ ރަސްގެފާނު ދެއްވާނެ 3 މުންޑާ 5 ލިބާސް. އެހިފާގެން އުފަލުން ރަށަށްދަނީ... އަދިވެސް އެދުވެސްވުރެގެ މީހުން މިއުޅެނީ އިންޓަރނެޓު ހުޅުވާގެން ކޮމެންޓުކުރަން. ބޯހަލާކު.
ތަމް
27 June 2016
މިއީ ގައްޔޫމްމެން އަބަދުވެސް ވެރިކަން ކުރާގޮތް. އެމީހުންނަށް ސަނާ ނުކިޔާ ނޫސްތައް އުވާލަންޖެހޭ. އެމީހުންނަށް ސަނާނުކިޔާ މީހުންވެސް ނެތިކޮށްލާ ޖަލަށްލާންޖެހޭ.