ޚަބަރު / ސަލްޓަން ޕާކް

ބައި ގަރުނުގެ "ލޭންޑް މާކް"ގެ ނިމުން!

ރާއްޖޭގެ ތާރީހީ ސަލްޓަން ޕާކު -- ފޮޓޯ: ސޯޝަލް މީޑިއާ

އަހުމަދު ސާއިލް އަލީ

23 އޯގަސްޓް 2017 - 06:32

64 comments

އިއްޔެ ރެއާ ހަމައަށް އެއީ "ސަލްޓަންޕާކެ"ވެ. ރާއްޖޭގެ، ހާއްސަކޮށް މާލޭގެ އެންމެ ބޮޑު އެއް ލޭންޑް މާކެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރު ސަލްޓަން ޕާކު ވެފައި ވަނީ މުޅި މާލޭގެ އެންމެ މަޝްހޫރު އެއް ނަމަށެވެ. ބައިނަލްއަގުވާމީ ޗާޓުތަކުގައި ވެސް ސަލްޓަން ޕާކަކީ ފާހަގަކޮށްފައިވާ ނަމެކެވެ. ހަމައެހެންމެ، އެއީ ރާއްޖޭގެ ތާރީހާ ގުޅިފައިވާ އެންމެ ބޮޑު ހަނދާނެއް މި ވަގުތު އޮތް ތަން ވެސް މެ އެވެ.

އެކަމަކު މިހާރު އެއީ "ރަސްރަނި" ބަގީޗާ އެވެ. ހިތްގައިމު، ޒަމާނީ ބަގީޗާއަކާ އެކު ރެއިން ފެށިގެން "ސަލްޓަން ޕާކު"ގެ ބައި ގަރުނުގެ ތާރީހު ވެސް ނިމުނީ އެވެ. މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ހަމައެއާ އެކު މިއީ މާލޭގެ ލޭންޑް މާކެއް ނެތިގެން ދިއުން ވެސް މެ އެވެ. ތާރީހީ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް މިކަމަށް އޮތް އިރު، ބައެއް ބޭފުޅުންގެ ނަޒަރުގައި މިކަހަލަ ތާރީހީ ނަމެއް ފުނޑާލުން އެއީ ހެދި ވަރަށް ބޮޑު ގޯހެކެވެ.

ސަލްޓަން ޕާކުގައި ހުރި ގަނޑުވަރު -- ފައިލް ފޮޓޯ: މިހާރު

ސަލްޓަން ޕާކުގެ ތާރީހު

ސަލްޓަން ޕާކަކީ ރާއްޖޭގެ 800 އަހަރުވީ ރަސްކަން ކުރެއްވި ގަނޑުވަރު ހުރި ބިމެވެ. ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު މަތިގެކޮޅު ފިޔަވައި ދެން ހުރި ގަނޑުވަރުތައް ތަޅާލައި އިތުރު ގަސްތައް އިންދައި އެތަން ޕާކަކަށް ހެއްދެވީ އޭރުގެ ރައީސް އިބްރާހިމް ނާސިރެވެ. އެއަށްފަހު ވަކި ވަގުތުތަކެއްގައި އާންމުންނަށް ވަދެވޭގޮތަށް އެ ސަރަހައްދު ހުޅުވާލި އެވެ. ފަހަކާ ޖެހެންދެން ވެސް އެކަން އޮތީ އެހެންނެވެ.

ސަލްޓަން ޕާކަކީ ދިވެހި ތާރީހުގެ ވަރަށް ދިގު ސަފުހާ އެވެ. ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުން އުޅުއްވި ގަނޑުވަރު އެބަހުއްޓެވެ. ރަސްގެފާނަށް ދިވެހިން ކިޔަމުން އައި ސުލްތާނުގެ ނަން އިނގިރޭސިކޮށް "ސަލްޓަން ޕާކު"ގެ ގޮތުގައި އެ ޕާކަށް ނަން ދީފައި ވަނީ ވެސް އެހެންވެ އެވެ. މިހާ ދިގު މާޒީއެއް އޮތް ތަނެއް މުޅިން ބަދަލުކޮށްލައި، އަދި އެތަނުން ނަން ވެސް ފަސް އަޅާ ފޮރުވި މައްސަލައަކީ މިއަދު ދިވެހިންގެ ތެރޭގައި އޮތް ވަރަށް ބޮޑު ބަހުސެކެވެ.

ނަން ބަދަލުކޮށްގެން ނުވާނެ!

އެއްޗެއްގެ ނުވަތަ ތަނެއްގެ ނަން ބަދަލުކުރާ ނަމަ އޭގައި ސަބަބުތަކެއް ހުންނަން ޖެހެއެވެ. އެ ނަމަކީ އެ މުޖުތަމަ އަށް ނުފެތޭ ނަމެއް ނަމަ ނުވަތަ އެ ނަމުގެ މާނަ ގޯސް ނަމަ ނަން ބަދަލުކުރުމުގައި މައްސަލައެއް ނެތެވެ. އެ ނަމަކީ މަގުބޫލް ކަމެއް ނެތް "ބްރޭންޑް" ވެފައިވާ ނަމަކަށް ނުވިޔަސް ނަން ބަދަލު ކުރުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ސަލްޓަން ޕާކުގެ ނަމަށް ބަލާއިރު އެ ހުރިހާ ކަމަކުން އެބަ ސަލާމަތްވެ އެވެ.

ހެރިޓޭޖް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވި ގޮތުގައި ތާރީހީ އެފަދަ ތަންތަނުގެ ނަން ބަދަލުކޮށް ބަދަލުތައް ގެންނަންޖެހޭނީ ހެރިޓޭޖް ދިރާސާތައް ހެދުމަށްފަހު އެވެ. އެފަދަ ކަމެއް ނުކޮށް ސަލްޓަން ޕާކު ކަހަލަ ތާރީހީ ތަނެއްގެ ނަމުގައި "އަތްލުމަކީ" ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ނަން ކިޔަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ. ހެރިޓޭޖް ސައިޓެއްގެ ނަން ބަދަލު ކުރާއިރު ވަރަށް ގިނަ ކަންކަމަށް ވިސްނައިފައި އެ ދާއިރާގެ މީހުންނާ ވެސް މަޝްވަރާކޮށް ތާރީހީ ކަންކަން ބަލާފައި ބަދަލުކުރަންޖެހޭނީ. އެކަން ކުރިކަން އަޅުގަނޑަކަށް ވެސް ނޭންގެ. ހަމަގައިމު ވެސް އެތަން އަލުން ހެދުމުގައި ހަރަކާތްތެރިވީ އެ ދާއިރާގެ ތަޖުރިބާކާރުންނެއް ނޫން،" ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި ތޮލާލް ވިދާޅުވި އެވެ.

"ރަސްރަނި ބަގީޗާ": ނަމާ ބެހޭ ބޮޑު ބަހުސެއް އެބައޮތް --. ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކް އަލުން ހެދިއިރު ގަނޑުވަރުގެ އަސާސް ދެމެހެއްޓިފައި ނެތަންކަން ތޮލާލް ވަނީ ފާހަގަކުރައްވައިފަ އެވެ. ޒަމާނީ ބަދަލުތަކެއް ގެނައި ނަމަވެސް އެކަން ކުރަން ވާނީ ހެރިޓޭޖް ސްޓަޑީތަކެއް ހެދުމަށްފަހު ގަނޑުވަރު ހުރި ތަންތަންް ވެސް އެނގޭ ގޮތަށް ކަމަށް ތޮލާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެނަން ބަދަލުކުރުން އެއީ ރާއްޖޭގައި ހުރި އާސާރީ ސަރަހައްދެއް ގެއްލިގެން ދިއުން ކަހަލަ ކަމެކެވެ. މީގެ ކުރިން ވެސް އެކަހަލަ ކަންކަން ކުރެވިފައި ހުރުމުން އެކަމާ މިއަދު ކަރުނަ އޮއްސަން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަރުކާރު ބަދަލުވާއިރު ތިމަންނަމެން ކުރި ކަމެއްކަން ދެއްކުމަށް ނަން ބަދަލުކުރެވި މުޅިތަން ހުރިގޮތް ބަދަލުކުރަން އެބަ މަސައްކަތް ކުރެވޭ. އެއީ ހިތާމަ ހުރި ކަމެއް. އެ ގެއްލެނީ ވަރަށް ބޮޑު އެއްޗެއް،" ތޮލާލް ވިދާޅުވިއެވެ.

ހެރިޓޭޖް ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދި މި ސަރުކާރުގައި ކުރިން ހެރިޓޭޖް ޑިޕާޓްމެންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޔުމްނާ މައުމޫން ވިދާޅުވި ގޮތުގައި ސަލްޓަން ޕާކަކީ ރަސްކަމާއި ރަސްރަސްކަލުންނާ ގުޅިފައި އޮތް ތަނަކަށް ވާއިރު، ކުރިން ކިޔަމުން އައި ނަން ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ޒަަމާނީ ޕާކްތައް ހެދުމަކީ މައްސަލައެއް ނޫން ކަމަށް ޔުމްނާ ވެސް ވިދާޅުވި އެވެ. އެކަމަކު ސަލްޓަން ޕާކް އެގޮތަށް ބަދަލު ކުރުމަށް ވުރެ، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ހެދުން މާ ރަނގަޅުވީސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރައީސް މައުމޫން ސަރުކާރުގައި ހެރިޓޭޖް ޕާކެއް ހެދުމަށް ޕްލޭންތަކެއް ހެދި ކުރީގެ ދިރިއުޅުން ދައްކުވައިދޭ ގޮތަށް. ބޭރުގެ ފަތުރުވެރިން އަންނައިރު ރާއްޖޭގެ ތަރިކަ ދައްކައިދޭ ތަންތަނެއް މާލެއަކު ނުހުރޭ. އަދި ދިވެހިންނަށް ވެސް އެފަދަ ތަންތަން ބަލާލުމުގެ ފުރުސަތެއް ނުލިބޭ. އެހެންވެ އެތަނަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ދައްކައިދޭ ގޮތަށް ތަރައްގީ ކުރެވޭ ތަނަކަށް ހެދުން މާ ރަނގަޅު. ދޯނިފަހަރާއި ކުރީގެ ގޭގެ ދައްކައިދޭ ގޮތަށް ހެރިޓޭޖް ޕާކެއް ހެދުން މާ ރަނގަޅު ކަމަށް ދެކެން،" ޔުމްނާ ވިދާޅުވި އެވެ.

ސަލްޓަން ޕާކް މިހާރު އޮތް ގޮތް: ބައެއް ފާރަތްތަކުން ދަނީ ފާޑުކިޔަމުން -- ފޮޓޯ: ނިޝާން އަލީ/މިހާރު

ތަފާތު ހިޔާލުތަކެއް

ރަސްރަނީގެ މާނައަށް ބަލާއިރު އެއީ ރަސްގެފާނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެކެވެ. މިޖާޒުގެ ގޮތުގައި ރީތި އަންހެނުންނަށް ވެސް މި ނަން ނިސްބަތް ކުރެވެ އެވެ. އެހެންވެ، އެއް ބަޔަކު ބުނަނީ މިއީ ޖިންސުގެ ތަފާތު ކުރުން ބޮޑު ނަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުން މިއީ ދެ ޖިންސަށް ވެސް ހަމަހަމަ ނަމެކެވެ.

"އެއީ ދިވެހި ރަސްކަމުގެ އަށް ސަތޭކަ އަހަރުވީ ތާރީޙީ ގަނޑުވަރު ހުރި ބިން. ރައީސް ނާސިރުގެ ދައުރުގައި އެވަނީ އެގަނޑުވަރު ތަޅުއްވައިލައްވައި ނައްތަވައިލައްވައިފައި. އޭގެ ފަހުން އެތަނަށް ކިޔާތީ މި އިވުނީ ސަލްޓަންޕާކު ނުވަތަ ސުލްތާން ޕާކް، މާނައަކީ ރަސްކަލުންގެ ޕާކޭ ބުނެވިދާނެ. މިހެން އޮއްވައި ދެ ޖިންސް ހިމެނޭ ގޮތަށް ދިވެހި ނަމެއް ދެއްވުމުން މައްސަލައެއް އޮތް ކަމަކަށް ނުދެކެން،" ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރައްވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

ބައިގަރުނުވީ ނަން ބަދަލުކުރި ސަބަބާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނަން ބަދަލުކުރީ އެ ސަރަހައްދަށް އެހާބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމާ އެކު އެ ސަރަހައްދާ ގުޅޭ ތާރީހީ ނަމެއް ކިޔުމުގެ ގޮތުން ކަމަށެވެ.

އެއީ ރަސްރަސްކަލުންނާއި ރަނިން އުޅުއްވި ސަރަހައްދު. ދިވެހި ނަމެއް ކިޔުމަށްޓަކައި ރަސްކަލުންނާއި ރަސްރަނިކަނބަލުންނާ ގުޅޭގޮތަށް ކީނަމެއް އެއީ. އެތަނުގެ ތާރީހް އެނގޭނެހެން.

"އެއީ ރަސްރަސްކަލުންނާއި ރަނިން އުޅުއްވި ސަރަހައްދު. ދިވެހި ނަމެއް ކިޔުމަށްޓަކައި ރަސްކަލުންނާއި ރަސްރަނިކަނބަލުންނާ ގުޅޭގޮތަށް ކީނަމެއް އެއީ. އެތަނުގެ ތާރީހް އެނގޭނެހެން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެބަދަލު ގެނައީ ހެރިޓޭޖް ޑިޕާޓްމަންޓާއި ބަހާ ބެހޭ ތަޖުރިބާކާރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންްނެވި ފަހުން އެކި ޕާކުތައް ގެންދަވަނީ ހައްދަވަމުންނެވެ. މާލޭގައި ރަސްފަންނުގެ ނަމުގައި ބޮޑު ސަރަހައްދެއް ހެއްދެވި އިރު، އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ ޕާކުތައް ހައްދަވައިފަ އެވެ. އެކަމަކު ސަލްޓަން ޕާކު އަލުން ހުޅުވުމާ އެކު، ސަރުކާރަށް ވަނީ ބައެއް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް މީހުންނަށް އެ ޕާކު ރީއްޗަސް، އެ މީހުންނަށް އެ ތަން ކަމުނުދިޔަ އެއް ސަބަބަކީ އެތަނުން ތާރީހު ގެއްލުވާލައިފައިވާތީ ކަމަށް ބުނެވެ އެވެ.

ހަގީގަތަކީ މާލެ އަކީ ދިވެހި ތާރީހުގެ ފެންނަން އޮތް މަންޒަރެއް ވަރަށް މަދު ރަށެއް ކަމެވެ. ހުކުރު މިސްކިތާ އެކު ޓޫރިސްޓަކަށް ވެސް، އަދި ކިޔަވާ ކުއްޖަކަށް ވެސް ދެން ދައްކާލެވެން އޮތީ ސަލްޓަން ޕާކު ކަހަލަ މަދު ތަނެކެވެ. އޭގެ ތެރެއިން ގެއްލިގެން މިދިޔައީ ސަލްޓަން ޕާކެވެ. ތާރީހީ، އަދި ދުވަސްވީ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ.

64 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 61%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލްޓަން

24 August 2017

ޓޫރިސްޓަކަށް ދައްކަން ޕާކްނެތޭ ބުނާއިރު ކޮންތާކަށް ޕާކް ގެންދިޔައީ.

The name is already taken The name is available. Register?

ހަސަނު

23 August 2017

ހިޔާލަކީ ތަފާތު އެއްޗެއް. ފާޑުކިޔަންވާނެ. އެކަމަކު އޮއްޓަރެއް ހުންނަންވާނެ. ބޭރުމީހުން މިތަނަށް ވަންނަން ފީއެއް ދައްކާލަންޖެހުމުން ބަޔަކަށް ވަރަށް ފީކަޅާކަމަކަށްވެ' ޝޯސަލްމީޑިއާ ފުރާލި. އޮއްޓަރެއްނެތަސް ތިމާ ހިއްސާވާ ޕާޓީން ކުރި ކަމަކަށްނުވާތީ ފާޑެއްކިޔަނީ. ހުރިހާ ގައުމެއްގަ ވެސް މިފަދަ ޕާރކްތަކުގަ ފީ ނަގާއުޅޭ. މިފަދަ ތަނެއް މެއިންޓެނަންސް ކޮށް ބަލަހެއްޓުމަކީވެސް ވަރަށްބޮޑު ހަރަދެއް. ތަފާތު ވައްތަރުތަކުގެ އެތައްހާސްގަހަކާއި ވިނަ އެބަހުރި. ހާހުން ގުނޭހާގިނަ މަސް އެބަހުރި. ރަނގަޅު ކަންކަން ބަލައިގަނެފަ ގޯސް ކަންތަކުގެ ވާހަކަވެސް ދައްކަންވީ.

The name is already taken The name is available. Register?

އަލްޖިބްރާ

23 August 2017

ބޭނުމަކީ އަހަރެން ވެރިކަމުން ފައިބާއިރު މާލެގައި ވެރިކަން ކުރިމީހަކީ ހަމައެނި އަހަރެންކަން ދައްކާފަ އޮތުން ! ތިދާވަރުން ދާނަމަ ގަލޮޅު ބޯޅަދަޑުވެސް އެތާ އޮތަކަ ނުދޭނެ !

The name is already taken The name is available. Register?

ރަސް

23 August 2017

ކޮންމެތަނަކަށް ރަސްގެފާނާ މުޚާތަބުކޮށް ނަންދެމުންގޮސް ދެންފެންނާނީ ގައުމުގެހިންގުން ރަސްކަމަކަށް ބަދަލުކޮށްލާތަން. ރައީސްގެ އޮފީސް ރަސްގެފާނަށްބަދަލުކުރާނެ.

The name is already taken The name is available. Register?

ރެޓޭ

23 August 2017

ކަނބުލޯ މައުމޫނު ދުވަސްވަރު މުޅިންވެސް ކުރާނީ ދިރާސާ. ހުސްދިރާސާ. ފަޅެއް ކޮންނަންވެސް ކޮންމެ 5 އަހަރަކުން ދިރާސާ ކުރޭ ނޫންތޯ؟

The name is already taken The name is available. Register?

ކަހުރަބު

23 August 2017

ކަންކަުރަން ހަވާލުވެ ތިބީ ރާއްޖެ ނުދަންނަ ބައެއް

The name is already taken The name is available. Register?

ޢަލީ އަޙްމަދު

23 August 2017

އެހެނެއްނޫން ވަނީކީ މައްސަލަ އަކީ މިސަރުކާރުން މިކުރާ ތަރައްޤީޤެ ކަންކަން ހަޖަމް ނުވަނީ، ކޮއްމެހެން އެތާނގެ ނަން ބަދަލު ވެގެން ދިއުމަކީ އެތާނގަ އޮތް ތާރީހެއް ގެއްލިގެން ނޫނީ ބަދަލް ވެގެން ދިއުމެއްނޫން، ތިބުނާ ތަނުގަ ރަސްކަލުން ތިބި ގޮތަށް އެތާނގަ ރަސްރަނި ކަނބަލުން ވެސް ތިއްބެވި އެހެންވީމަ އެއީ ނޫން މައްސަލަ އަކަށް ވެގެން މިއުޅެނީ، މައްސަލަ އަކަށް ވެގެން މިއުޅެނީ ގެންނަ ތަރައްޤީ ތަރައްޤީ ހަޖަމް ނުވަނީ، އިރާދަ ކުރެއްވިއްޔާ މާލޭގެ ހުސްތަންތަން ކޮޅުގަ ތިކަހަލަ ކިތައްމެ ޕާރކެއްވެސް މިސަރުކާރުން އަޅާނެ..

The name is already taken The name is available. Register?

އަމައްޔާއި

23 August 2017

އަލީ އަހުމަދު ވެސް ތީ ފިނިފެން މަލެއްދޯ. ހާޑަ ފާޑޭ

The name is already taken The name is available. Register?

ނަޝީދު

23 August 2017

ދިވެހިންގެ ޕާކަކަށް ދިވެހި ނަމެއް. 3>

The name is already taken The name is available. Register?

ނަސީރު

23 August 2017

ހަޖަމް ކުރަން ދަސްކޮށްބަލަ ބްރޯ. ހަގީގަތަކީ ރައީސް ޔާމިން ވަރެއް ނެތްކަން

The name is already taken The name is available. Register?

ކޫލީ1

23 August 2017

ތާރީހީ ލޭންޑްމާކް އެއް ގެއްލުނީމަ ދެރަވާމީހުން ކީއްވެބާ ތިމާމެންގެ ގައިގަ ހުރި ތާރީހީ ރީތި އާދަތަކުގެ ލޭންޑް މާކް ގެއްލިގެން ދިޔައިމަ ތިހާވަރަށް ދެރަވެގެން އެކަން ރަނގަޅު ކުރަން ނޫޅެނީ.

The name is already taken The name is available. Register?

ތުނިޔަ

23 August 2017

ތީހަމަ ތެދެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454