ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
29 އޯގަސްޓް 2017 - 15:42
ބައިނަލްއަގުވާމީ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ބާއްވާ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް އެމަނިކުފާނަށް ދައުވަތު އެރުވީ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިޚް ޑރ. އަހްމަދު ތައްޔިބް ކަމަށެވެ.
މި ޖަލްސާ އޮންނާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އަންނަ އޮކްޓޯބަރު މަހުގެ 14-15 އަށެވެ.
މި ޖަލްސާގައި ބަހުސްކުރަން ހަމަޖެހިފައި ވަނީ "ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުސޫލުތައް" މި މައުޟޫ އަށެވެ. މައުމޫން ތަގުރީރު ކުރައްވާނީ ވެސް މި މައުޟޫއުގެ މައްޗަށް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަކަން
01 September 2017
ެައަދުލުއިންސާފާ ހަމަހަމަ ކަމާ ތަފާތުނުކުރުން. އިސްލާމީ ޝަރީއަތާ ބެހޭގޮތުންތޯ ތަގުރީރު ކުރައްވަނީ? ފައިސާ ގޯނި ހިފައިގެން ބެހީމޭ ބުނި މީހަކު އެބައުޅޭ މިނިވަންކަމާއެކު މި މީހަކަށް ޝަރީއަތް ނުކުރެވެނީ ކީއްވެގެންތޯ?
ހައު
30 August 2017
ތިޔަ ސަޅި ޓޮޕިކަށް ފަރިތަކުރެއްވުމަށާ ތަޖުރިބާ ހޯދުމުގެ ގޮތުން މިހާރު ސަރުކާރުން ހުޅުވާލާފައިވާ މަޝްވަރާއަށް ވަޑައިގަންނަވައި މިސާލު ދައްކަވަންވީނޫންތޯ؟
ނައިސް
30 August 2017
މަނިކުފާނާ ވަރަށް ގުޅޭ މައުލޫއެއް. މަރްހަބާ.
ފޮނިކަލޯ
30 August 2017
މިޖަލްސާގައި ކޮންމެސް މަނިކުފާނުގެ ގައި ބޭފުޅެއްގެ ވާހަކަ ވިދާޅުނުވުމައް އަޅުގަނޑު އިލްތިާސް ކުރަން އެއީ ، އަޅުގަނޑު މަނިކުފާނައް އިޚުތިރާމާއި އެކު ހެޔޮވެސް އެދޭތީ
މުއްލާ_އުމަރު
29 August 2017
މައުމޫން ޕާސްޕޯޓް ހިފަނުހައްޓައިފިއްޔާ ކިތަންމެހާވެސް އޮޅު..
ޚާދިމް
29 August 2017
ތިޔަހެނޭ މަނިކުފާނު އުޅުއްވަންވީ. ކޮންމެ ރެޔަކު ކުނޫޒެ ކިޔުނު ތަނަކަށް ގޮސް ގައުމުގެ އަދުއްވުންނަށް ޖޯކް ކިޔައިދީ އެބައިމީހުންގެ ހިތް އުފާ ކޮށްދިނުމުގަ ބޭކާރު ވަގުތު ތަކެއް ހޭދަ ކުރުމަކީ އަޅުގަނޑުމެން ވަރަށް ލަދުވެތި ވި ކަމެއް. މަނިކުފާނުގެ ތަޤުރީރު ތަށް އަޑުއިވެން ޖެހޭނީ އެކުވެރި މުސްލިމް ޤައުމު ތަކުގެ މަހާސިންތާ ތަކާ މި ޤައުމުގެ ތަރައްޤީ އާ ޒުވާނުންނާ ގުޅުން ހުރި މުހިންމު ބައަދަލުވުން ތަކުން. މިފަދަ ކަންކަމަށް މަނިކުފާނުގެ ތަޖުރިބާ އާ ބިނާކުރަނިވި ޚިޔާލަކީ ވަރަށް މުހިންމު އެއްޗެއް.
ބެއްޔާ އައްޑޫ
29 August 2017
ބަލަގަ އަހަރެމެންގެ ތަރައްޤީ ރައީސްއަށް ތަރައްޤީގެ ޖަލްސާއެއްގައި ތަގުރީރުކޮށްލަން ދައުވަތެއް ލިބޭނެ ނަމަ ވަރަށް އުފާވީސް. 4 އަހަރުވީ އެފަދަ ފުރުސަތެއް ނުލިބި. މަމެންބުނާ ޓެރަރިސްޓް ނަޝީދު އާއި ރައީސް މައުމޫނު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަގުރީރު ކުރަމުން ދުވަނީ
ޙއ ކެލާ
29 August 2017
ޅޮލް
ބަހޫ
29 August 2017
މައުމޫނު އާއި ނަޝީދަށް ބައިނަލްއަގުވާމީ އެކިފަރާތްތަކުން ވަރަށް ދަޢުވަތުދޭ ދޯ؟ ޔާމީނަށްވެ އިންޑިޔާގެ ދެފަރާތަކުން ދެފަހަރު ލިބިއްޖެ ދޯ؟
މުޙައްމަދް ނަސީމް
29 August 2017
ސާބަހޭ މިގައުމުގެ ރަންތިރީސް އަހަރުގެ ބާނީ" ތިޔައީ ޒަޢީމޭ އަދު ލޮބުވެތިވި ދިވެހިގައުމު ފަޚުރުވެރިވާ" ސާބަހޭ މަނިކުފާނު ކުރިއަށް ބާރަށް ކުރިއަށް
ރަދީފް
29 August 2017
މަރުހަބާ މަނިކްފާނު.