ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދާން ތައްޔާރުވަނީ: ބައެއް ހައްޖުވެރިން ގެއްލުނީ މުޒްދަލިފާއިން އެނބުރި މިނާއަށް އައި މަގުމަތީގައި. - ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު
01 ސެޕްޓެމްބަރ 2017 - 21:57
ދިވެހި ބައެއް ހައްޖާޖީން މުޒްދަލިފާ އިން މިނާއަށް ދިޔަ މަގުމަތީ ގްރޫޕާ ވަކިވެ، އެނބުރި އަންނަން ނޭނގިގެން އެ މީހުން ހޯދަން ފަށައިފި އެވެ.
ދިވެހި ހައްޖުވެރިންގެ ތެރޭގައި ހިމެނޭ "މިހާރު" ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ބުނީ ގްރޫޕާ ވަކިވެ، ނުބައި ހިސާބުތަކަށް ދެވުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ބައެއް ހައްޖުވެރިންނަށް ކަމަށާއި އެކަން ދިމާވީ މުޒްދަލިފާއިން މިނާއަށް އެނބުރި އައި މަގުމަތީގައި ކަމަށެވެ. އެ އެންމެންނާ ވެސް ބަރާބަރަށް ފޯނުން ގުޅޭ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ބުންޏެވެ.
"އެންމެންނާ ވެސް އެބަ ގުޅޭ. އެކަމަކު ގިނަ މީހުންނަކަށް ކިޔައިދޭކަށް ނޭނގޭ އެ މީހުން އެތިބި ހިސާބެއް. އެހެންވީމަ ތަންކޮޅެއް އުނދަގޫ ވަނީ. އެކަމަކު މިހާރު ވެސް ހޯދުމުގެ މަސައްކަތް އެބަދޭ. ހައްޖު ކޯޕަރޭޝަން ފިޔަވައި އެހެން ގްރޫޕެއްގެ ހަވާލުގައި ދިޔަ ބަޔަކު ގެެއްލުނު ކަމަށް އެނގިފައެއް ނެތް،" އޭނާ ބުންޏެވެ.
މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
02 September 2017
ފޯނުންގުޅޭކަމުގައި ވަނީނަމަ އެމީހުން ތިބިލޮކޭޝަން ހޯދުމަކީ ވަރަށްފަސޭހަކަމެށް ،،، ސައޫދީ ފުލުހަށްވެސް އެކަންކުރެވޭނެ ،،، ވަރަށް އެކިއުރޭޓްކޮށް ޓްރެންގިއުލޭޝަން ބޭނުންކޮެއްގެން ކުރެވޭނެ ،،،، ވަރަށްވެދުން
ޖާބިރު
02 September 2017
ދެންފަހެ ދިވެހީން ހިސާބަށް ވުރެ ކޮހީ ހެއްޔެވެ؟ އެބައިމީހުންނަށް ޓެކްސީއެއް ނަގައިގެން ނުވަތަ އެހެން ގޮތަކަށް ވިޔަސް ހުންނަ ހޮޓަލަށް ނުވަތަ ގެޔަށް ނާދެވެންޔާ އެބައިމީހުންނަކީ ކުޑަކުދިން ކަމުގައި ބެލެވިދާނެއެވެ. ހަމަޔަގީނުންވެސް އެއީ ކުޑަކުދިންނެށް ނޫނެވެ. ވީމާ ހަމަ ގަމާރީއެވެ.
ޝަލަފު
02 September 2017
ހެޔޮނުވާނެ ވާޑުފާޑުގެ ކޯޕަރޭޝަންތައް ހަދައިގެން މީހުން ހައްޖައްގެންގޮސް އެމީހުންނައް ތިހާ އަހުވާދައްކަން.
ހަބީބު
02 September 2017
އިންތިޒާމު ދައްކަން ފާހަަގަ ކުރެވޭ އެހުރިހާ ފައިސާ ނަގާފަ އިންތިޒާމު ރަނގަޅެއްނޫން ހިލޭގެންގޮސް ދޫކޮއްލާނަަމަ އަޑުއަހާކައްނެތިން ބަޔަކު ހަވާލުވެފަ އެންމެންގޮވައިގެން އުޅޭނެ ލީޑަރަކު ހުރެޔޯ ބުނާތީއިވޭ
އަހުމަދުބެ
02 September 2017
މާލޭގަވެސް އެބައުޅޭ އެކަކު ، ނިކަން ބަލާލަ ބަލާށެވެ.
ބުރުގާ
02 September 2017
އާނ، އެތެދެއް. އަޅުގަނޑައްވެސް ހުރިތަން ކިޔާދޭން ނޭގިގެން މިއުޅެނީ...
އަސްލޭ
02 September 2017
ދުބާއީގަވެސް އެކަކު ހުރިކަމަށްވަނީ
ނަޝީދު
02 September 2017
ކޮބަ. ގެއްލުަނީ ކިތަށް މީހުން. މިހާރު އެމީހުން ފެނިއްޖެތަ!
ނަދީމް
02 September 2017
ހުރިހާ ހައްޖުވެރިންގެ ފޯނަށްވައިބަރ އަޅާފަ (އިންސްޓޯލް ކުރެވޭ ފެންވަރުގެ ހުރިހާފޯނަކަށް) ވަކި ގްރޫޕެއް ހަދާފަ ލޮކޭޝަން އެނޭބަލްކޮށްފަ ދޫކޮށްލާނަމަ ތިބިތަންހޯދާކަށް އެއްވެސް އުދަގުލެއްނުވިސް. ހަމަގައިމުވެސް ތިގެއްލުނު އެންމެންނަކު ގެންގުޅޭނީ ބައްތި ފޯނެއް ނޫން. ޓެކްނޮލޮޖީގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގަ ހިފަން ދެންވެސް ހަނދާންކުރުން މުހިއްމު.
ލަލީގާ
02 September 2017
ބައެއް އެހެނ ޤަވްމުތަކާ އަޅާ ބަލާއިރު ދިވެހި ގުރޫޕްތަކުން ޙައްޖާ އުމްރާ އަށް ދާ މީހުންނަށް ދޭ އެހީތެރިކަން ވަރަށް ކުޑަަކަން ފާހަގަކުރެވޭ ހަމަ.
ހުސޭން
02 September 2017
ގަނޑުކޮޅެއްގަ އަރަބިންނާއި އިނގިރޭސިން އެޑްރެސް އަދި ފޯން ނަމްބަރެއް ޖަހާފަ ގެއްލުނީމަ މިތަނަށް ދެވޭނެގޮތެއް ނޫނީ މިނަމްބަރަށް ގުޅޭނެގޮތެއް ހޯދަދޭށޭ ކިޔާފަ މީހުންނަށް ދައްކާލެވޭނެ ގަނޑުކޮޅެއް ކޮންމެ މީހަކަށް ދިނީމަވެސް ތިކަން ވެދާނެހެން ހީވަނީ. އެހާ މީހުން އުޅޭއިރު އެހީވާނެ މީހުންވެސް ފެންނާނެ އެތަނުން.
ކްރިޓިކަލް
02 September 2017
ކޯޕަރޭޝަން ވަރައް ރަނގަޅު.. އެކަމަކު 2 މިލިޔަން މީހުން އެއްވާ ތަނެއްގައި މިއީ ހިނގާނެ ކަންތައްތައް...
ާސައިނީ
02 September 2017
ޜަނގަޅުވީމަ ދޯ ފައިމަގުގަ ނުދެވޭނޭ ބުނެ އާދޭސްކުރީމަ ވެސް އަރަފާތުން މުޒުދަލިފާއިން މިނާއަށް ބައެއް މީހުންނަށް ހިނގާފަ ދާން ޖެއްސީ...
ޞައްދާމު
02 September 2017
އެހެމްނޫންތޯ ވާނީ! މުޒުދަލިފާ އިން، މިނާ އަށް، ބަހުގަ އައި، ބައެއް ޙައްޖާޖީން މިނާ އަށް ނުގެންގޮސް، މައްކާ އަށް ވެސް ގެންދިޔަ! އެހެން ވުމުން ބައެއް ޙައްޖާޖީންނަށް، މިއަދު، ޖަމްރާ އަށް ހިލަ އުކިފައެއް ނުވޭ!
ނަޝީދު
02 September 2017
ޞަައްދާމު ތިހަދަނީ ހަމަ ތެދެއްތަ. ވެދާނެނު އެމީހުން މައްކާއަށް ގެންދިޔައީ ޢީދުނަމާދުގެ ޖަމާޢަތުގައި ބައިވެރި ކުރުވަން ކަމަށް
ޭއަދަނު
01 September 2017
ދިވެހިންގެ ވާހަކަ ދޯ ތިޔަ ދައްކނީ. ފިސާރިބއެއް ތީ. ޙައްޖަށް ގޮސް ޝަކުވާކުރން ނޫންކމެއް ނޯވެ.