ޚަބަރު / ރާއްޖޭގެ ދީނީ މައްސަލަތައް

ދިވެހި ހަނގުރާމަވެރިންގެ ރަސްމީ އަދަދު 180 ގައި!

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ޕާކިސްތާނުގައި އުޅުނު ހަނގުރާމަވެރިއަކު ރާއްޖެ އައި ތަނުން ވަނީ ހައްޔަރުކޮށްފައި.

ބޭރު ގައުމުތަކުގައި ހަނގުރާމަ ކުރަން ގޮސް އުޅޭ ދިވެހިންގެ އަދަދު، ފުލުހުންގެ ރަސްމީ ހިސާބުތަކުން 180 އަށް އަރާކަން ހާމަވެއްޖެ އެވެ. އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެ އަދަދު އުޅެނީ 49 ގައި ކަމަށެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުން މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެއީ ފުލުހުންނާއި ސިފައިންނާއި ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެން އެއްކުރި މައުލޫމާތުން ލިބުނު އަދަދެއް ކަމަށެވެ. އެކަމަކު، އޭގެ ތެރޭގައި ހަނގުރާމަ އަށް ދިޔަ ކުޑަކުދިންގެ އަދަދާއި ހަނގުރާމަ އަށް ކަމަށް ބުނެ އެހެން ގައުމުތަކުގައި ތިބި މީހުންގެ އަދަދު ނުހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ދިވެހި ސަރުކާރުން މިއަދުގެ ނިޔަލަށް ގަބޫލު ކުރާ އަދަދު. ކޮންމެ މަހަކު އެއް ފަހަރު މި އަދަދު ރިވިއުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުން މި މަހު ކުރީކޮޅު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރާއި އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުރަހީމް.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެކަމަކު، "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އެއްކޮށްފައިވާ މައުލޫމާތުތަކުން، ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު އުޅެނީ 150-180އާ ދެމެދު އެވެ. އޭގެ ތެރޭގައި ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ މީހުންނާއި އެހެން ގޮތްގޮތުން ވެސް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ މީހުން ހިމެނޭ ކަމަށް ވެ އެވެ.

ހަނގުރާމަ ކުރަން ރާއްޖޭން ބޭރުގައި އުޅޭ މީހުންގެ އަދަދު ސަރުކާރުން އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުން އެ އަދަދު އުޅެނީ 200 އަށް ވުރެ މަތީގަ އެވެ.

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ހައްދުފަހަނައެޅުން އަންނަނީ އިތުރުވަމުން.

ހަނގުރާމަވެރި ޖަމާއަތެއްގެ އިސް މަގާމެއްގައި އުޅުމަށް ފަހު އެނބުރި ރާއްޖެ އައި މީހަކު ފުލުހުން ވަނީ މި މަހު ކުރީކޮޅު ހައްޔަރުކޮށްފަ އެވެ. "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ރ. ކަނދޮޅުދޫ މީހެކެވެ. އޭނާގެ ނަން އަދި އެނގޭ ގޮތެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި 2007 ގައި ހަނގުރާމަ އަށް ޕާކިސްތާނަށް ދިޔަ 30 އަހަރުގެ އެ މީހާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ޕާކިސްތާނުގެ ވަޒަރިސްތާން ހިސާބުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްގެ ވަރަށް އިސް މީހެއްގެ ގޮތުގަ އެވެ. އެކަމަކު، އެއީ ކޮން ޖަމާއަތެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.

މި ސަރަހައްދުގައި އުޅުނު ދިވެހި ނުވަ ހަނގުރާމަވެރިއަކު ޕާކިސްތާނު ސިފައިން 2009 ގައި ހައްޔަރު ކުރި އެވެ.

އެނގިފައިވާ ގޮތުގައި ޕާކިސްތާނު މީހަކާ އިނދެގެން، އަންހެނުން ވެސް ގޮވައިގެން އެ މީހާ ރާއްޖެ އައީ ރޯދަ މަސް ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު، އޭނާ ރާއްޖެ އައީ، އެނގިފައިވާ ގޮތުގައި، ޕާކިސްތާނަކުން ނޫނެވެ.

މި މީހާ ހައްޔަރު ކުރީ މާލޭގައި އުޅޭތާ ދުވަސްކޮޅެއް ފަހުން، މި ރޯދަ މަސް ފެށެން އުޅެނިކޮށްކަން އެނގިފައިވެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކޮށްދީފައިވެ އެވެ. އެ މީހާ ބަންދުކޮށްފައި ހުރީ، އެނގިފައިވާ ގޮތުގައި، އަތޮޅުވެހީގަ އެވެ. އޭނާގެ ތަހުގީގު ލީޑު ކުރަނީ އެމެރިކާގެ އެފްބީއައިގެ ޓީމަކުން ކަމަށް ވެ އެވެ.

ޕާކިސްތާނުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާއެއްގައި މަރުވި ދިވެއްސެއް.

ސަލްޓަން ޕާކުގައި 2007 ގައި ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުން ހުރި އެތައް ބަޔަކު ރާއްޖޭން ބޭރަށް ގޮސް ފިލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ޕާކިސްތާނަށެވެ. އެ އެންމެން ހޯދަން އިންޓަޕޯލް ނޯޓިސް ނެރެފައި ވިޔަސް އަދިވެސް ގިނަ މީހުން ހޯދިފައެއް ނުވެ އެވެ. އެކަމަކު، މި ފަހުން ހައްޔަރު ކުރި މީހާއާ ސަލްޓަން ޕާކު ބޮމުގެ ހަމަލާއާ ގުޅުން ނެތް ކަމަށް ވެ އެވެ.

ޓެރަރިޒަމް ގާނޫނު ބުނާ ގޮތުން ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އަދި ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރި ވާން ދިއުމަކީ ވެސް ކުށެކެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައެއް ދިވެހިން ދަނީ ބައިވެރިވަމުންނެވެ. ހަނގުރާމަ އަށް ދިޔަ ބައެއް ދިވެހިން މިހާރު މަރުވެފައި ވާ އިރު، އެ ހަނގުރާމަ އަށް ދާން އުޅެނިކޮށް ވެސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސީރިއާގައި ހަނގުރާމަ ކުރަނިކޮށް މަރުވި ދިވެއްސެއް (ކ). ބޭރު ގައުމުތަކުގައި ހަނގުރާމަ ކުރާ ދިވެހިންގެ އަދަދު ދަނީ ގިނަވަމުން.

ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ މިފަހުން ދީފަ އެވެ. ޓެރަރިޒަމާ ގުޅޭ ސިޔާސަތެއް އެކުލަވާލާފައި ވާ އިރު، ހައްދުފަހަނައެޅުމާ ގުޅިފައިވާ ސަބަބުތައް ދެނެގަތުމަށް ސާވޭއެއް ކުރަން ވެސް ވަނީ ނިންމާފަ އެވެ. އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާ އެޖެންޓުން ހޯދިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ހަނގުރާމަވެރިއަކު ރާއްޖެ އައި ފަހުން ހައްޔަރު ކުރިއިރު، ދިވެހިންގެ ކަންކަން ބެލެހެއްޓުން މިހާރު ވަނީ އެމެރިކާގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމުން ވަކިކޮށްފަ އެވެ. ރާއްޖެ އައިސް ގޮސްވާ ދިވެހިންގެ ހަރަކާތްތައް މޮނިޓަ ކުރަން ޖަރުމަނުގެ ސިސްޓަމެއް ބަހައްޓައި ބޭނުން ކުރަމުން އަންނައިރު، ޓެރަރިސްޓުންގެ ހަރަކާތްތައް ބެލުމުގައި އެމެރިކާގެ ޕައިސިސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. މި ސިސްޓަމްގެ ދައުރު ހަނިކުރުމުން އެމެރިކާ އިން އެންމެ ކަންބޮޑު ވަނީ ވެސް އެހެންވެ އެވެ.

12 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކްރިޓިކަލް ތިންކިންގް

30 June 2016

އެ 180 މީހުން ހަނގުރާމަ ކުރަން ރާއްޖޭން ބޭރަށް ދާން އުޅެ، ނުދެވި ރާއްޖޭގައި ތާށިވެފަ ތިބިނަމަ ރާއްޖޭގެ އެތެރޭގައި ނުރައްކާތެރި ހަމަލާއެއް ދީފާނެ ފަދަ 180 މީހުންގެ ނުރައްކާ އޮންނާނެ. ހަނގުރާމަ ކުރަން ބޭރައްދާ މީހުން ހުއްޓުވަން ނޫޅެ، އެއިން މީހަކު އެނބުރި ރާއްޖެއަށް އާދޭތޯ ބަލާ އެކަމަށް ފޯކަސް ކުރުން ރާއްޖެއަށް އެންމެ ރައްކާތެރި ސްޓްރެޓެޖީ އަކީ. ރާއްޖެއަށް ނުރައްކާ އޮތީ އެނބުރި އަންނަ މީހުންގެ ކިބައިން. ރާއްޖެ ދޫކޮށް ބޭރަށް ދާވަރަކަށް ރާއްޖޭގެ އެތެރޭގެ އަމާންކަން ވާނީ އިތުރު.

The name is already taken The name is available. Register?

ޑިމޮކްރަސީ-ޒީރޯ

30 June 2016

ހަނގުރާމަ ވެރިންނާއި ޖިހާދަށްދާ މީހުންނާއެއީ ދެބައެކެވެ. އޭގެ ސީދާ ހެކި މިހާރު ފެންނަން އެބަހުއްޓެވެ. އަދި އޭގެ ނާޖާއިޒު ފައިދާނަގައި ސިޔާސީގޮތުން މީހުން ފޮރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް އިދިކޮޅު ފަރާތްތަކުންވެސް އެބަ ތުހުމުތު ކުރެއެވެ. އެހެންކަމުން ޖިހާދަށް ދާމީހުންނާއި ހަނގުރާމައަށްދާ މީހުން އެއްކޮށްލީމާ ތިވަރު ވެދާނެއެވެ. އަދި ވިޔާފާރިއާއި ފަތުރުވެރިންގެ ގޮތުގައިދާ މީހުން ހިމަނައިފިނަމަ ހާހުން ގުނާލެވޭނެއެވެ. ޝުކުރިއްޔާގައުމު

The name is already taken The name is available. Register?

ރަދީފް

30 June 2016

18 މީހުންނޭ ނުބުނިކަން ނަސީބެއްނު. 1.8 މީހުންނޭ ނުބުނޭތަ ؟؟؟

The name is already taken The name is available. Register?

އިބްރާހިމް

30 June 2016

އަޅުގަނޑު މިމީހުންނަށްވުރެ މާބޮޑަށް ކަންތަށް ބޮޑުވޭ ރާއްޖޭގައިއުޅޭ ގޭންގް ގްރޫޕްތަކުގެ މައްސަލާގައި. މަގުމަތިން ފޭރުމާއި ، މާރާމާރީއާއި، ވަޅިހަރައި މީހުންމެރުމާއި މިފަދަ މައްސަލަތަކަކީ ފިލައިގެން ޖިހާދަށްދާމީހުންނަށްވުރެ މާބޮޑު މައްސަލަތަކެވެ. ފިލައިގެން ޖިހާދަށްދާމީހެއްގެ ކިބައިން މުޅި މުޖުތަމައުއަށްލިބޭ ބޮޑުއަނިޔާއެއްނެތެވެ. އަނެއްކާ ފިލައިގެން ޖިިހާދަށް މީހުންނުދާ ގައުމެއް ދުނިޔޭގައިވެސް ނެތެވެ.

The name is already taken The name is available. Register?

ނަބީލް

30 June 2016

ހުރިހާ ވެސް މައްސަލައަކީ ފަންޑަމެންޓަލިޒަމް ކުރިއެރުވުމަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ފުރުޞަތު ދިނުން. ކުރިން ރައީސް މައުމޫންގެ ދުވަސްވަރު މިބާވަތުގެ ކަންކަން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި. އެކަމަކު މިހާރު އެކޮންޓްރޯލް ދޫކޮށްލުމުން އެބައިގަނޑު ފެތުރި ބޮޑުވެގެން ދިޔައީ. މިއަދު ރައީސް ޔާމީން އެގެންވަނީ މިކަން ކޮންޓްރޯލް ކުރަމުން. އިސްލާމިކް މިނިސްޓްރީގައި ތިބި ހާޑްލައިން (އަދާލަތު ޕާޓީ) ގެ އެލިމެންޓްތައް އެދަނީ ނައްތާލަމުން. މިހާރު ފާޑު ފާޑަށް ފަތުވާދީ ނޫޅެވޭނެ.

The name is already taken The name is available. Register?

ނަލަސަންގޯރު

30 June 2016

އަދިވެސް ބުނާތި އެންމެ 3 މީހުންނޭ . އެގިގެން މިވާހަކަދައްކާތާ ކިހާދުވެއް މިވީ . ރައީސް ނަޝިދު ނުދައްކަވާނެ ތޯތޯ ވާހަކައެއް ، މިއީ ސަމާސާވާހަކައެއްނޫން . ކެޔޮކޭވަރު އިގޭނީ ބިތުފަންގިނެގުނު ދުވަހަކުން .

The name is already taken The name is available. Register?

ސަަންބޯ

30 June 2016

ނަސީދައް އެނގޭނެ ހަނގުރާމައައް މީހުންފޮނުވާމީހުން އެހެންވެ އެހާތަފުސީލުކޮއް އެވާހަކަދައްކަން އެނގެނީ.

The name is already taken The name is available. Register?

ޚިޔާލް123

30 June 2016

އިދިކޮޅު ފަރާތްތަކުން 200 ވަރަކަށް މީހުން ވާނެޔޭ ބުނީ މިހާރަށް ވެސް ތިޔަ މަޢުލޫމާތް ލިބުނު ގޮތަށެވެ. މިހެން އެމީހުން ބުނެގެން އިދިކޮޅު މީހުންނަށް އަދި ޚާއްސަކޮށް ނަސީދަށް އިގިލިދިއްނުކުރާ މީހަކު ނެތްކަމަށް ހެދިއެވެ. މިހައި ތަނަށް ނަސީދު މިފަދަ ގޮތަކަށް ދައްކައިފައިވާ ހުރިހައި ވާހަކަތަށް އައިސް ގޮވަނީ އަތަށެވެ. އަދި އެކަމުގައި ކޮންމެވެސް ހަގީގަތެއްވެއެވެ.

The name is already taken The name is available. Register?

ބޫ

30 June 2016

ނަޝީދު މިވާހަކަ ބުނެގެން އޭނާޔަށް ނުގޮވާ ކުންޏެއް ނެތް. އެންމެ ފަހުން ކޮންތާކު މިޖެހުނީ؟

The name is already taken The name is available. Register?

އުމަރު

30 June 2016

ދިވެހިން ރެކްރޫޓްކޮށް ހަނގުރާމައަށް ފޮނުވާއިރު ދިވެހި ސިފައިންގެ އިންޓަލިޖަންސް އިން ކީއްތޯ ކުރަނީ، ތިޔަ ވިދާޅުވާ 180 ހަނގުރާމަ ވެރިންނާއި އެމީހުންނާއި ގުޅިފައިވާ ހުރިހައި މީހުން ކަމާ ބެހޭ ފަރާތްތަކަށް އެނގެން އެބަޖެހޭ، ދިވެހި ހަނގުރާމަވެރިން އުފެދުނީ އެމީހުންނަށް ވަޒީފާއެއްނެތި ލާހޫރެންޖެހިގެން، ދިވެހި ރާއްޖޭގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއްނެތިގެން ޒުވާނުންގެ ހާލު ނުބެލޭތީ، އެކަށީގެންވާ ޒަމާނީ އިލްމު ނުލިބޭތީ

The name is already taken The name is available. Register?

މަހުމޫދު

30 June 2016

އިގިރޭސި ވިލާތާއި އެމެރިކާ ފަދަ ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް ހުރިހާގޮތަކުންވެސް މާ ފުރިހަމަ ގައުމުތަކުން ވެސް އެދަނީ ސީރިޔާގެ ހަގުރާމައަށް މީހުން ރެކްރޫޓް ކުރަމުން. އެއްގޮތަކަށް ވެސް މި ދެންނެވީ މިކަން ދިވެހިސަރުކާރުން ހުއްޓުވަން ނުޖެހެޔެކޭ ނޫން!

The name is already taken The name is available. Register?

ރޯނުއެދުރު

30 June 2016

އިއްޔެގަ ރޯނުއެދރު ފާހަގަ ކުރި ޕޮއިންތުތަށްމިއޮތްތީ ފާހަގަ ކޮށްފަ ...ދެން ކީއްވެތަ ސީރިޔާގަ އުޅޭ ދިވެހި ހަނގުރާމަވެރިން ރޢްޖެއަށް އިންޒާރު ދީ އޭކޭ 47 ބަޑިޔަކުން ކުރީގެ 3 ރައީސުން ނާ ޔާމީންގެ ފޮޓޯއަށް ހަމަލާދީ މީ ކުޑަ އިންޒާރެކޭ ބުނި ބުނުން ޝާއިރުނުކޮށްދެނީ...މިއީ ތެދެއް އިނގޭތޭ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454