05 ޖެނުއަރީ

January 05, 2020 37
ބޭރުންް ގެންނަ ހާފިޒުން ސްކްރީން ކުރަނީ

ރޯދަ މަހު އިމާމުވެ، ތަރާވީހު ނަމާދުކުރަން ބޭރުން ގެންނަ ހާފިޒުންނަކީ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ބައެއްތޯ ބަލަން ކައުންޓަ ރޭޑިކަލައިޒޭޝަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

23 ޑިސެމްބަރ

December 23, 2019 32
ރަޖިސްޓްރީ ނުކޮށް ހިންގާ މަދުރަސާތަކެއް ހުއްޓުވަނީ

ހަރުކަށި ފިކުރާ ދެކޮޅު ކަމަށް ބުނެ ދާދި ފަހުން ނޫސް ކޮންފަރެންސެއް ބޭއްވި މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2019 118
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!

ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި ޅަ އަންހެން ކުދިން ރޭޕްކުރުމާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުން ފަދަ އަމަލުތަކުން ރ. މަޑުއްވަރި މުޅިން ބިރުވެރިކޮށްލައިފި އެވެ. މަޑުއްވަރީގައި މަޑުމަޑުން ފެތުރެމުން އައި...

18 ޑިސެމްބަރ

December 18, 2019 9
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިއަދު ފެށި އޮޕަރޭޝަނެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

December 18, 2019 58
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ

ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ބައެއް ގެތައް ބަލައި ފާސްކުރަން ފަށައިފި އެވެ.

17 ޑިސެމްބަރ

December 17, 2019 90
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!

ހަރުކަށި ފިކުރުގެ މޫތައް، ރާއްޖޭގެ އެކި ކަންކޮޅުގައި ވަރުގަދަކޮށް، އަނިޔާވެރި އަމަލުތަކުގެ "ހާއްޔަކަށް" މި ކުޑަ ގައުމު ވެސް ހަދައިފި އެވެ. ކަމާ ބެހޭ އިދާރާތަކުން ފުރަތަމަ ފަހަރަށް އިއްޔެ އާއްމުކުރި، ވޭތުވެދިޔަ 12 އަހަރުގެ މައުލޫމާތުން ތިލަވީ ރާއްޖެ އޮތް ބިރުވެރި ހާލަތެވެ!

16 ޑިސެމްބަރ

December 16, 2019 44
ތައުލީމުން މަހްރޫމްކޮށް، ވެކްސިން ނުދޭ މައްސަލަ ގިނަ!

އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން މިއަދު ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2019 23
އަނިޔާ ދީފައި އުފަލުގައެއް ނޫޅެވޭނެ: ފައިސަލް

މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

November 29, 2019 23
"ދީނަށް އިހާނެތިވުން ހުއްޓޭނީ ސައްހަ ގޮތް ބުނެދީގެން"

އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ކުޑައިމީސް ކުރުމުގެ އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު...

26 ނޮވެމްބަރ

November 26, 2019 35
ހައްމާދަށް ހަމަލާ ދިނީ އެކަކު: އިމްރާން

ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލި މީހާ އަށް ހަމަލާ ދިނީ އެންމެ މީހެއް ކަމަށާއި ދޯނީގެ އެހެން މީހުން އެވަގުތު ތިބީ ނިދާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2019 18
ހައްމާދަށް ހަމަލާ ދިން މީހާގެ ބަންދަށް 10 ދުވަސް

ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލާގައި، ތުހުމަތުކުރެވޭ މީހާގެ ބަންދަށް އއ. ރަސްދޫ ކޯޓުން 10 ދުވަސް ދީފި އެވެ.

17 ނޮވެމްބަރ

November 17, 2019 15
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ދީފި އެވެ.

12 ނޮވެމްބަރ

November 12, 2019 37
ސަސްޕެންޑް ކޮށްފައި އޮތް އެމްޑީއެން ޓްވިޓާގައި!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައި ވާތީ އެ ޖަމާއަތް ސަސްޕެންޑްކޮށް އަދި އުވާލަން ނިންމާފައި އޮތަސް، ރާއްްޖޭގެ ކަންކަމާ ބެހޭ ގޮތުން އެ ޖަމާއަތުން ސޯޝަލް މީޑިއާގައި އަދިވެސް ވާހަކަ ދައްކަަމުން އެބަދެ އެވެ.

03 ނޮވެމްބަރ

November 03, 2019 49
މުޒާހަރާ ހުއްޓާލާނީ ކޮޅެއްގައި ޖެހުނީމާ: އިދިކޮޅު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައި އޮތް އޮތުން އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި މުޒާހަރާކުރުން ހުއްޓާލާނީ ކޮޅެއްގައި ޖައްސާފައި ކަމަށް އިދިކޮޅުން ޕީޕީއެމް/ޕީއެންސީން މިރޭ ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2019 29
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު

އިސްލާމްދީނަށާއި ރަސޫލާ އަށް ފުރަައްސާރަކޮށް، ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއަށް މޫލާފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2019 41
ހޯދަން އިއުލާންކުރި އަޒްރާއާ ގުޅިއްޖެ: ފުލުހުން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން އިއްޔެ ހޯދަން އިއުލާން ކުރި އަޒްރާ ނަސީމާ ގުޅިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

20 އޮކްޓޯބަރ

October 20, 2019 106
އެމްޑީއެންގެ ރިޕޯޓު ލިޔުނު އެކަކު ހޯދަން އިއުލާންކޮށްފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު އެކަކު ނުފެނިގެން އޭނާ ހޯދުމަށް ފުލުސް އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.

17 އޮކްޓޯބަރ

October 17, 2019 111
އެމްޑީޕީ އަކީ ލާދީނީ ބައެއް ނޫން: ނަޝީދު

އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ގަބޫލު ނުކުރަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.

October 17, 2019 32
އަދާލަތުން މަހްލޫފާ ބައްދަލުކޮށްފި

މޯލްޑިވްސް ޑިމޮކްްރަސީ ނެޓްވޯކް (އެމްއެންޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގެ ކަންބޮޑުވުން ހިއްސާކުރަން އަދާލަތު ޕާޓީގެ...

14 އޮކްޓޯބަރ

October 14, 2019 65
އެމްޑީއެން އުވާލަން ޖެހޭ: އިލްމުވެރިން

އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން މިއަދު ގޮވާލައިފި އެވެ.

12 އޮކްޓޯބަރ

October 12, 2019 23
ޓެރަރިޒަމަށް ހިތްވަރުދިން މީހަކު ހައްޔަރުކޮށްފި

މީހުންގެ ފުރާނަަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވައިލި ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ.

October 12, 2019 81
އެއްވެސް ޖަމިއްޔާއެއް އުވާލާކަށް ތަރުހީބެއް ނުދެން

އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ރަސޫލާ އަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރި ކުރާ ކަމަށާއި އެހެން ނަމަވެސް ޖަމިއްޔާ ޖަމާއަތްތަކުގެ މަސަައްކަތް...

24 ސެޕްޓެމްބަރ

September 24, 2019 52
ދީނަށް ފުރައްސާރަކުރާ ޕޭޖެއް ބްލޮކްކުރަނީ

އިސްލާމް ދީނަށް ފުރައްސާރަކުރާ ލިއުންތަކާއި ކުރެހުންތައް ފަތުރަމުން ދިޔަ ފޭސްބުކް ޕޭޖް "ޖުހާ" ބްލޮކް ކުރަން ފުލުހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.