ހިތަދޫ ނޫރާނީ ސްކޫލް: މި ސްކޫލް އިންޓަނެޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގަން ވަނީ ނިންމާފައި.
26 ސެޕްޓެމްބަރ 2017 - 14:39
އަރަބި މީޑިއަމަށް ކިޔަވައި ދެމުން އަންނަ އައްޑޫ ހިތަދޫ ނޫރާނީ ސްކޫލް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުނާލެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ 250ރ. އަށް އަންނަ މަހުގެ 1-5 އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
ހިތަދޫ ނޫރާނީ ސްކޫލަކީ ގްރޭޑް 1-7 އަށް ކިޔަވައި ދެމުން އަންނަ އައްޑޫގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. މި ސްކޫލްގައި އަރަބި މީޑިއަމް ތައާރަފު ކުރީ 2015 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާނީމާ
27 September 2017
ގުލްޒާރުގައި ނަޔާމަގޭ ނޫރާނިމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ
އެޑިއުކޭޝަން
27 September 2017
އިންޓަނޭޝަނަލްގަ ތިޔައޮތީ ދަބަރުޖަހާފަ ލަދުކޮބާ!
އަރަބި
26 September 2017
ފޮޓޯ އަކީ މާކުރީގެ ފޮޓޯއެކޭ! ދެން އަނެއްކާ ޢަރަބި މީޑިއަމްގެ ސްކޫލް ހުއްޓާލަނީކީވެސް ނޫނޭ! އާއިމާރާތަކަށް ޢަރަބި މީޑިއަމް ސްކޫލް ޢަރަބި ނަމެއްގައި ބަދަލުކޮށް މިހާރު ނޫރާނީ ސްކޫލް ހިންގާ އިމާރާތާގައި "ނޫރާނީ އިންޓަނޭޝަނަލް" ސްކޫލްގެ ނަމުގައި ތަނެއް ހިންގުމަށް ހުޅުވާލާ ވާހަކަ އެއީ!
ޝުޖާއު ދީދީ
26 September 2017
ދީދީ ގެ އަނބި ކަބަލުން ނަށް ދެއްވާށެވެ.
ރަދީފް
26 September 2017
ވަރަށް އުފާވެރި ހަބަރެއް.ރަދީފްމެން ޅަފަތުގެ ތައުލީމް އަދި ޕްރައިމަރީ ތައުލީމް ހާސިލް ކުރީ ނޫރާނީ ސްކޫލްގެ ފުރާޅުދަށުން.އޭރުގެ ޕްރިންސިޕަލް އަލީ ލުތުފީ އެއީ ކުޅަދާން ޕްރިންސިޕަލެއް.ކުދިން ޑިސިޕްލިންކުރުވަން ގިނަގުން މަސައްކަތްތައްކުރެއްވި.މަރްހޫމްގެ ފުރާނަޔަށް ހެޔޮ ރަހްމަތް ލައްވާށި.އޭރުގެ ހުރިހާ ޓީޗަރުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން.މިފަދަ ސްކޫލެއް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވެގެން ދިޔުން އެއީ ނޫރާނީ ސްކޫލްގެ މުސްކުޅި ދަރިވަރެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރާކަމެއް.ވ.ވެދުން
ޒޒޒޒޒ
26 September 2017
ނޫރާނީސްކޫލް މިހާރު ހިގަމުން އަންނަ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް (ނޫރާނީސްކޫލް އިންޓަނޭޝަނަލް) ހިންގަންބޭނުންބަޔަކަށް އެފުރުސަތު ހުޅުވުންނޫންތޯ؟
ގާޒީ
26 September 2017
ސާބަހޭ ފުރަތަމަ ތިތަނުގެ ފުރާޅު ޓިނު ބަދަލްކޮއްބަލަ.
ހަސަން
26 September 2017
އުފާވެރި ޚަބަރެއް.