އުސްފަސްގަނޑު ސަރަހައްދުން ދުއްވާފަ ދިޔަ ކާރުގައި އަލިފާން ރޯވެފައި-- ފޮޓޯ: އެމްއެންޑީއެފް
01 އޮކްޓޯބަރ 2017 - 10:18
މިދިޔަ ހުކުރު ދުވަހުގެ ރޭ އުސް ފަސްގަނޑު ސަރަހައްދުން ދުއްވާފައި ދިޔަ ޓެކްސީގައި ރޯވީ، އޭގެ ޑިކީއަށް ލާފައި އޮތް "ޝާފްޓް" ދަގަނޑެއްގައި ކާރުގެ ނަރެއް ގޭނިގެން ޝޯޓުވުމުން ކަމަށް އެކާރުގެ ޑްރައިވަރު މިއަދު ބުނެފި އެވެ.
އެ ވަގުތު ކާރުގައި ޑްރައިވަރާއި ދެ ފަސިންޖަރުން ތިއްބަސް އެއިން މީހަކަށް އަނިޔާއެއް ނުވެ އެވެ.
ކާރުގެ ވެރިފަރާތް އަދި ޑުރައިވަރު އަބްދުﷲ ރަޝީދު ބުނީ އޭނާގެ ރަށުގައި ދުއްވާ ޕިކަޕަށް ގެނެސްފައިވާ "ޝާފްޓް" އެ ކާރުގެ ޑިކީގައި ބާއްވައިގެން އުޅޭތާ ދުވަސް ކޮޅެއްވެއްޖެ ކަމަށެވެ. އަލިފާން ރޯވީ ކާރުގެ ސައުންޑަށް އަޅާފައި އިން ނަރެއް ޝާފްޓް ދަގަނޑުގައި ގޭނި ނަރުގެ ދާފަށް ކަނޑައިގެން ގޮސްގެން ކަމަށް އޭނާ ބުންޏެވެ.
ކާރުގައި މައްސަލައެއް އުޅޭކަން އެނގުނީ ކާރުގެ ޓެމްޕްރޭޗަރު މީޓަރު މައްޗަށް ގޮސް، ކާރު ސްޕީޑް ދަށްވުމުންނެވެ. އެވަގުތު ކާރުން ފައިބައިގެން ބޮނެޓް ހުޅުވާލި އިރު ބެޓެރީގެ ނަރަކުން ކަނި ކަނޑަމުން ދާތީ އެ ނަރު ނައްޓާލި އެވެ. އޭގެ ފަހުން އޭނާ ގޮސް ޑިކީ ހުޅުވާލި އިރު އެތަނުގައި އެއްކޮށް އޮތީ އަލިފާން ރޯވެފަ އެވެ.
"ޝާފްޓް އިންނާނީ ޑިކީގެ އެތެރެއަށް ޖައްސާލާފައި ޑިކީއަށް ގިނަ އެއްޗެހި އެރުވޭ ގޮތަށް. އެހެން އޭތި ބައިންދައިގެން ދުއްވީމަ ވަޅުގަނޑުތަކަށް ޖަހައި ނަރުގެ ދާފަށް ގޭނިފައި ވަނީ. އެ ދާފަށް ގޮސްގެން ރޯވީ،" އަބްދުﷲ ބުންޏެވެ.
"އެތެރެ ހަމަ 100 ޕަސެންޓް އަނދާފައި އޮތީ. ނެތް ބޭނުން ކުރެވޭނެ އެއްޗެއް. އެކަމަކު އިންޖީނު ރަނގަޅު. އިރާދަކުރެއްވިއްޔާ ކާރު ހެދޭނެ."
ކާރުގައި ރޯވި އަލިފާންގަނޑު ނިންވާލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު މީހުން ގޮހެވެ.
އަބްދުﷲ ބުނިގޮތުގައި އެ ކާރު ގަތީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ވަރަށް އާ ކާރެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް
02 October 2017
ކާރުގެ ޑިކީއަކީ އަމިއްލަ ތަކެތި ރައްކާކުރާ ގުދަނަކަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް. މިކަހަލަ އެކްސިޑެންޓުތަކަކީ ދެން ތިބި މީހުންނަށް އިބުރަތަކަށް ވާންޖެހޭ. އެމްއެންޑީއެފުން މިކަން ރަނގަޅަށް ތަހުގީގުކޮށް، ޓްރާންސްޕޯޓު އޮތޯރިޓީން މިކަހަލަ ކަންކަން ތަކުރާރު ނުވާނޭ ފަދަ ގަވާއިދުތަކެއް ހަދާ، އެގަވާއިދުތައް ތަންފީޒުކުރަން ޖެހޭ. މިއީ ޓެކްސީ ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއް.
މޮޑޭ
01 October 2017
ގިނަ ތެކްސީތައް ހުންނަނީ ނުކަތާ ވަރައް 'މޮޑް' ކޮއްލާފަ ފާސްޓް ފުރިއަސް ބަލާފަ.. 40 ސްޕީކަރާ އަޑިންނާ މަތިން ނިވިދިއްލޭ ސްޓރޯބް އެލުވާ.. ދެން ބައެއްފަހަރު ސޯޓުވެސް ވާނޭ ދޯ
އިބްރަތް ހާސިލް ކުރުން މުހިއްމ
01 October 2017
ތިކަމުގައި ކާރުގެ ވަޔަރު މަސައްކަތްކުރި ފަރާތް ވަރަށް ބޮޑަށް ކުށްވެރި ކުރަން. ވެރިފަރާތަށް ކިހާބޮޑު ގެއްލުމެއްމިވީ ތިކަމަކާ ހެދި
ކުދިންނޭ
01 October 2017
ކާރުގައި ރޯވީ ޝޯޓު ވެގެން ...މާރާމާރީ ހިންގީ ބަދަލެއް ހިފާލަން ވެގެން... ކަމުގެ ހުރި ސީރިއަސްކަން ވިސްނާލަބަަލަ
ރަދީފް
01 October 2017
ފަހުން ގޯސްވީ ޓިޝާޓް އަދި ޝާފްޓް.
ވިސްނަންޖެހޭ
01 October 2017
އާންމުކޮން ވެހިކަލް ތަކުގައި ރޯވަނީ ބޮޑީގުރައުންޑް ކޭބަލް ވީކްވުމުން އެހެން ހިމަނަަރުތަކުން ގުރައުންޑް ވެގެން ، ސާރކެޓެއް ފުރިހަމަ ކުރުމަށް ހުންނަ ނަރު މުޅިވެހިކަލް އަށް ގުރައުންޑް ފުރިހަމަކުރާތީ....
ރަދީފް
01 October 2017
ވަރަށް ދެރަ ހިތާމަވެރި ހަބަރެއް.ނަމަވެސް އަބްދުﷲ ރަޝީދު ތިޔަ ކާރު އިންޝުއަރކޮށްފަ އޮތްނަމަ ލިބުނު ގެއްލުމަށް ކޮންމެވެސް ބަދަލެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށް ދެކެން.ގިނަ ޓެކްސީތަކުގެ ޑިކީ އެއީ ކާރުގެ ވެރިފަރާތް ނުވަތަ ޑްރައިވަރުގެ ގުދަން.ލަގެޖް ލާން ބަލާއިރު ގިނަފަހަރު ޑިކީގެ 40 ޕަސެންޓް ޖާގަ އޮންނަނީ ޑްރައިވަރު ނުވަތަ ވެރިފަރާތުގެ ތަކެތިން ބެހެއްޓުމުގެ ސަބަބުން ގެއްލިފަ.ދެން ޖެހެނީ ސީޓް މަތީގަ ލަގެޖް ބަހައްޓައިގެން އެދާ މަންޒިލަކަށް ދާން.މިފަދަ ކަންތައްތަކަށް ހެޔޮ ބަދަލެއް އައިސް ޕަސެންޖަރުން އުފުލަންޖެހޭ ތަކުލީފްތަކަށް ލުޔެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަން.ވ.ވެދުން
ދިވެހިރައްޔިތުމީހާ
01 October 2017
އިންޝުއާ ކުރިޔަސް ވަކި ލިބޭނެތަ؟ ޝާފްޓެއް ބާއްވައިގެން އޭގަ ނަރެއް ޖެހި ޝޯޓު ވީމަކާ ދެން މިއުޅޭ އިންޝުއަރެންސް ކުންފުނިތަކުން ކަވަރެއް ނުކޮށްދޭނެ. އަބްދުﷲ ދެން ކީއްކުރާނީ މިފަހަރު ވީގޮތް. ހިއްވަރުކޮށްލާ
ޑިކީ
01 October 2017
ޑިކީ އަކީ އިނގިރޭސި ބަހެއްތަ ނުނީ ދިވެހި ބަހެއްތަ؟
ވިލި احمد ގެ ބައްޕަ
01 October 2017
އެކަޑަމީ އެއީ ދިވެހިބަހެއްނަމަ ޑިކީ ވެސް އެއީ ދިވެހިބަހެއް.
ޕޮޕް
01 October 2017
މާލޭގަ އެބަ ޖެހޭ 10 އަހަރައް ވުރެއް ގިނަ ދުވަސްވާ ކާރު އަދި ސައިކަލް ނައްތާލަން... އާ ކާރެއްގަވެސް ހަމަ މިކަަހަަލަ ކަމެތް ދިމާ ވެދާނެ... އެކަމަކު ޗާންސްތައް ކުޑަވާނެ