މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ރިޔާސަތާ ދެކޮޅަށް އަޑު އުފުލަނީ: ރަސްމީ ފީޑުން މި މަންޒަރުތަކެއް ނުދައްކާ
03 އޮކްޓޯބަރ 2017 - 09:28
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ އެކަމާ މެދު ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އެދެފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހުން ދޫކުރާ ރަސްމީ ލައިވް ފީޑް ފިޔަވައި ވަކިވަކި މެމްބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލް އަދި ރެކޯޑިންތައް ލައިވްކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި މަޖިލިހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވެސް އެއްޗެހި ފޮނުވާ ކަމަށް ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ހިނގާ ކަންކަން ހަމައެކަނި ދައްކަން ޖެހޭނީ މަޖިލިހުގެ ރަސްމީ ލައިވް ފީޑުން ކަމަށް އެއްވެސް ގަވާއިދެއްގައި ބުނެފައެއް ނުވެ އެވެ. މަޖިލިހުން ދޫކުރާ ފީޑު މަޖިލިހުން ބޭނުންވެއްޖެ ހިނދެއްގައި ކަނޑާލެވެ އެވެ. މި ފަހުން މަޖިލިހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތައް އާންމުންނަށް ފެނުނީ ވަކިވަކި މެމްބަރުންގެ ފޭސްބުކް ލައިވުންނެވެ.
ބްރޯޑްކޮމް އިން ބުނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތަކުން ފޮނުވާ "ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ހިމެނޭ" ކަމަށެވެ. އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން ބްރޯޑްކޮމް އިން ގޮވާލީ އެފަަދަ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
"ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން ވެސް ހަނދާންކޮށްދެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖީތު
03 October 2017
މި ބްރޯކޮމް މިއީ މި ގައުމަށް ޖެހިފައި އޮތް ވަރުގަދަ ވަބާއެއް. ނޫސްވެރިންގެ މިނިވަންކަމަށް ހުރަސް އެޅުމުގައި އެންމެ ކުރީގައި ތިބެނީ މި މީހުން.
ޢަބްދުﷲނާފިޒު
03 October 2017
އާނ، ތިޔާ ނުވެގެން އުޅޭ ކަމަކީ، އަބަދުވެސް މީހަކާ ދޭތެރޭ ނޫނީ ކޮންމެވެސް ބައެކާ ދޭތެރޭ ފިޔަވެޅު އެޅުމަކީ މިސަރުކާރުގެ ޓްރެންޑެއްތާ، އެކަން ކުރަންވާނެ، އެހެން ނޫނީ ވެރިކަމެއް ކުރެވުނު ކަމަކަށް ނުވާނެ.
އުދުހޭ
03 October 2017
ދެން ޒުކާބާގްއާ ޖޫރިމަނާކުރަންވީނުން؟ ހެހެހޭ
ޢާޝިއާ ޓައިގަލް
03 October 2017
ދެން ފޭސްބުކްގެ ކޮޕީ ރައިޓް ވެސް ނަގާ އޭގެ ވެރީންގެ އަތުން... ހައްހައްހައްހާ..
ޢާޝިއާ ޓައިގަލް
03 October 2017
ދެން ފޭސްބުކްގެ ކޮޕީ ރައިޓް ވެސް ނަގާ އޭގެ ވެރީންގެ އަތުން... ހައްހައްހައްހާ..
އުމަރު
03 October 2017
ބަލަ ބްރޯޑްކޮމް ތިޔައުޅުއްވަނީ ކިހިނެއް ވެގެންތޯ؟ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި އަދި ޤާނޫނުގައި އޮވޭ ރައްޔިތުންގެ މަޖިލިސް މީޑިއާތަކުން ދެއްކުމަށް، މަޖިލިސް ބަންދުކޮށް ޓީވީތަކުން މަޖިލިހުގައި ހިނގާ ކަންކަން ނުދައްކަންޏާ ދެން ދައްކާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެއީ އެކަން އޮންނަގޮތަކީ، އެކަން ހުއްޓުވަން ބޭނުމިއްޔާ މަޖިލިހަށް ހާޒިރުވާ ހުރިހައި މީހުންގެ ފޯނު އަތުލާ، ނުވަތަ މަޖިލިސް ކާރިއަށް އިންޓަނެޓް ނުލިބޭގޮތަށް ހަދާ، އެނޫނީ ސޯޝަލް މީޑިއާތަށް އުފެއްދި މީހުންކާރީގައި ބުނޭ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ސޯޝަލް މީޑިއާ ކަނޑާލަދޭށޭ އެމީހުންނަށް ފޭސްބްކް ލައިވް ނުކުރެވޭގޮތަށް ހަދައިދޭށޭ، އެނޫންގޮތެއް ހަމަނެތް، ޑިމޮކްރަސީގައި ހުރިހައި ކަމެއްވެސް ހިންގަންޖެހޭނީ ދެފުއް ފެންނަގޮތަށް އެހެންކަމުން ކޮންމެ އެއްޗެއް ދެއްކިޔަސް ޓީވީން ލައިވްކުރުމަށް އަވަހަށް ހުއްދަކުރާށެވެ.
ސައްދާމް
03 October 2017
މަޖިލިސް ސިއްރު.............؟ ހެކިން ސިއްރު.........؟ ޝަރީޢަތް ސިއްރު............؟ ފްލެޓް ދިން ގޮތް ސިއްރު...........؟ ފްލެޓް ލިބުނު މީހުން ސިއްރު............؟ ސިއްރުން ތިކުރާ ކަންތައް އެނގޭނެ ދުވަސް އަންނާނެ..........
ގިފިލި
03 October 2017
ގިފިލި ފާހާނާވެސް ލައިވްކުރަންވީނު....
ކްރެކް
03 October 2017
ބޮރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް ވުރެ އަމިއްލަ އެދުމާއިގެން ގޮސް ހުސްވެފައިވާ އަނެއް ކޮމިޝަން. މިމީސް މީހުންނާ ދޭތެރޭ ހެޔޮނިޔަތުން ބަލައިލާނެ މީހެއްވެސް މަދުވާނެ މިހާރު.
ޢަބްދުﷲނާފިޒު
03 October 2017
ތިމީހުންގެވެސް ބަނޑު ބިންމަތީ އެޅޭދުވަސް ﷲގެ އިރާދަފުޅުން ދުރުނޫން މުސްތަޤްބަލެއްގަ ދައްކަވާނެ.
ޢަޒާން
03 October 2017
މިޤައުމަކީ ކަލޭމެންގެ މައިން ބަފައިންގެ ތަރިކައެއް ނޫންކަމާ އަދި މިޤައުމުގައި އޮންނަން ޖެހެނީ ރައަޔެތުންގެ ވެރިކަމެއްކަން ކަލޭމެންނަށް ސާބިތުވެ އަދުލުވެރިކަން ޤާއިމްވާދުވަހު ޖަލުގެ ކުޑަ ގޮޅި އަށް ޒިޔާރަތް ކޮށްލަން ތައްޔާރުތަ؟ ވިސްނާލާ!
އަވަހައް ދޭ
03 October 2017
ފޭސްބުކް ހައްޔަރުކުރަން ފެނޭ.. އަވަސްކުރޭ