އައްޑު އަށް ގެންނަ ޖެނެރޭޓަރެއް މިއަދު ދޯންޏަކަށް އަރުވާފައި.---ފޮޓޯ: ފެނަކަ
05 އޮކްޓޯބަރ 2017 - 14:33
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ޖެހިގެން ދުވާލާއި ރޭގަނޑު ވެސް ކަރަންޓު ކަނޑަމުންދާތީ، އެ މައްސަލަ ހައްލު ކުރަން އިތުރު ތިން ޖަނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި ހަފުތާ ބަންދުތެރޭގައި އައްޑު އަށް 1.2 ކިލޯވޮޓާއި އެއް ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަ ޖެހުނު ހަތަރު ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވޭ ގޮތް ނުވާ ކަމަށެވެ.
"[މި މައްސަލަ ދިމާވެގެން] އައްޑޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ހަތަރު ޓްރާންސްފޯމަރުން ކަރަންޓު ކަނޑާފައި ހުންނާނީ،" ޝަރީފް ވިދާޅުވި އެވެ.
ހިތަދޫ، މަރަދޫ، މަރަދޫފެދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ޖެހިގެން ކަރަންޓު ކެނޑުމަކީ އާންމުވެފައި އޮތް މައްސަލައެކެވެ. މިކަމާ ގުޅިގެން އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ.
އަދި އިއްޔެ ރެއިން ފެށިގެން ރޭގަނޑު ވެސް ކަރަންޓު ކަނޑަން ފެށުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ އޯ ލެވެލް އިމްތިހާން ކުރިއަށް ދާ ދުވަސްވަރަށް ވާއިރު، ކަރަންޓު ކަނޑާތީ ދަރިވަރުންގެ ކިޔެވުމަށް ދަތިވެފައިވާ ކަމަށް ބުނެ ގިނަ ބެލެނިވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނުގެ އަށް ގެނެސްފައި ހުރި ދެ މެގަވޮޓްގެ ދެ އިންޖީނު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުންނެވެ. އެކަމަކު އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާސާ
06 October 2017
ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ގަން ނުހިމެނޭތަ؟ އަދި އެރަށަށް ކަރަންޓް ދެނީ ކޮން އިންޖީނުގެއަކުންބާ؟
މެންޓަލިސްޓް
06 October 2017
އައްޑޫގައި ކުރެވިދާނެ މޮޅުކަމެށްއެބައޮތް ، އެއީ ޝަންގްރިއްލާއާޢި ހެރެތެރެއަަށް އަންނަގެސްޓުން ކޮންމެމީހަކު ލައްވާ ރުކެއްއިންދުވާނީ ،،، އެއީ އެމީހުންގެ ނަމުގައި ހުންނާނެރުއްތަށް ،،، ރުއްބޮޑުވަމުންދާގޮތްވެސް ޝޯޝަލްމީޑިއާމެދުވެރިކޮށް އެމީން ރަށުގައި ތިބެގެންވެސް ފޮޓޯތަކުން ނޫނީ ވީޑިއޯބެލޭނެ ،، ދެން ރުކުގައި ލޭބަލްކޮއްފައި ބައިންދާނީ މީހާގެނަމާޢި ފެމިލީނޭމްއާޢި ގައުމު ،، ދެން ކޮންމެމަހަކަު 30 ޔޫރޯ ޗާޖްކުރާނީ ރުއްބެލެހެއްޓުމާއި ކަންކަމަށް ،، މިގޮތުން 2000 ރުއްހަމަވާއިރު މަހަކު 60 ހާަސް ޔޫރޯލިބޭނެ ،، އޭގެން ކައުންސިލުން ސޯލަރޕްރޮޖެކްޓްތަށް މަޑުމަޑުން ހިނގޭނެ ،، މިކޮންސެޕްޓް ތިބޭފުޅުން ބޭނުމިއްޔާ އިތުރަށް ރިފައިންކޮއްދެވިދާނެ ،، ތިބޭފުޅުންވެސް މިއަށް އިތުރުގޮތްފޮތް ހަދަންވީ ،، އައްޑޫއަށް އަޅުގަނޑުގެ ހެތޮދުއާ ސަލާމް ،، ވަރަށްވެދުން
އަހްމަދު
05 October 2017
ބަޖެޓައް ވޯޓުނުދޭއެއްވެސް ދާއިރާއަކަށް ސަރުކާރުންއެއްވެސް ޚަރަދެއް ކުރާނެކަމެއްނެތް
ބެއްޔާ އައްޑޫ
05 October 2017
އަތްޖަހާނެ ކުދިންކޮޅަކާ ބެނާ ތައްޔާރުކުރާނެ ފޮތިކޮޅަކާ އެއްޗެހި ހޯދަންވީ ދެއްތޯ.
އައްޑޫ ބަކުރު
05 October 2017
ބަލަ ތި 2 ޖަނިރޭޓަރަކީ އައްޑޫ އަށް ޖަޕާނު ސަރުކާރުން ހަދިޔާކޮއްފަ ހުއްޓާ މިސަރުކާރުން އައްޑޫ ރައިޔަތުންނާ ދެކޮޅަށް މާލެ އަށް ގެންދިޔަ 2 ޖަނިރޭޓަރު ދެން ކޮންމެހެން ވެންމަސް ވެނައްކާންދޭން އުޅޭނެކަމަނެށް. ޔާމީނު ހީނުކުރައްޗޭ އައްޑޫ ރައިޔަތުންތިބީ ނިދާފަ ކަމަށް
ނޯ ވޯޓް
05 October 2017
ހަލަކުވެފައި ހުރި ޖަނަރޭޓަރު ތަކެއް ގޮޑަށް އުކާލަނީ ދޯ ؟؟
ދޮން އާމިރު
05 October 2017
ޕާޓީމީހަކަށް ލާރިކޮޅެއް ދެވިއްޖެ.
ދީދެން
05 October 2017
ކަރަންޓު ކަނޑަން ޖެހޭތީ އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ފެނަކަ އިން ފޮނުވަނީ އާން މިފަހަރު ފޮނުވާ ދެން. އެކަމަކު ތިކަން ދާއިމީ ކަމަކަށް ހަދައިގެން ނުވާނެއެވެ. އައްޑޫ އަކީ ވެސް ކަރަންޓްގެ ޚިދްމަތް ދީގެން ގެއްލުން ވާ އަތޮޅެއް ކަމަށްވާތީވެ އައްޑޫ އެންމެން ވެސް މާލެ ސަރަހައްދަށް ބަދަލު ކުރުމަަށް ޓަކައި ސައިލެންޓް މައިގްރޭޝަން ރޯޑް މެޕް ގެ ދަށުން އެބަޖެހޭ މާލެ ސަރަަަހައްދުގައި އެމެންނަަށް އަމާޒު ކޮށްގެން 15 ހާސް ފްލެޓްސް އަޅަން. އެއިރުން އެފްލެޓްސް ތައް މަހު ކުއްޔަކަށް 1000 ރުފިޔާ އެމެން އަތުން ނަގާ ގޮތަށް އެމެންނަށް ދިނުމުން އިސާހިތަކު އެއެންމެން މާލެ ސަރަހައްދަށް ބަދަލު ވެދާނެއެވެ. ދެން އައްޑޫ ދޭނީ ޗައިނާގެ އިންޑަސްޓްރިއަލް ޕާރކެއް ހަދަން އެސްއީޒެޑް ގެ ދަށުން 100 އަހަރަށް އަހަރަކު 10 ބިލިއަން ރުފިޔާގެ ކުއްޔެއް ސަރުކާރަށް ދޭ ގޮތަށް.
ޢަބްދުﷲނާފިޒު
05 October 2017
އާބާދީގެ އަދަދަކަށް ބެލުމެއްނެތި އާބާދީ ކިތައްމެ ކުޑަޔަސް ބޮޑަސް އެބަޔަކަށް އަމާޒުކޮށް 15 ހާސް ފްލެޓް އަޅަން ޖެހޭނެ އުތަ! މީމަޖާކަމެއް.
ތޮއްޑޫ
05 October 2017
ލިބޭ ލާރިކޮޅު މަދުވެގެން އަލަށް ގެނައި ދެޖަނަރޭޓަރު އިންސްޓޯލް ނުވެގެން އަދި އެއުޅެނީ
އައްޑޫ ރަދުން
05 October 2017
ކޮބާހޭ އަނބުރާ ގެންނާނަމޭ ކިޔާފަ މިނިވަން ފަންސާހަށް މިކޮޅުން މާލެ ގެންދިޔަ 2 ޖަނަރޭޓަރު.އެވެސް ވިއްކާލީދޯ...މާލެއަށް އައު ޖަނަރޭޓަރު ބޭރުންގެނައީއޭ ކިޔާފަ އެއަށްވާ ރުފިޔާ ސަރުކާރުންނެގީ ދޯ
މރ. ހަނދާނެއް ނުނެތޭ
05 October 2017
ރަދުން، އަނބުރާ ގެންނަގޮތަށް ގެންދިޔަ ދެ ޖަނަރޭޓަރު ރަޓަށް ގެންނަން ތައްޔާރުކޮށް ގެނެސްދޭނެ ބަޔަކު ނުވެގެން އުޅެނިކޮށް ހުދުކާފޫރަށް ވާހެން ވެގެންދިޔައީ މާގިނަދުވަހު އަވީގަ ހުރީމަޔޯލަ.