ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އުމަރު ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
01 ޖުލައި 2016 - 21:37
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިސްލާހު ކުރުމަށްޓަކައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާއެރުވުމަށް އިއްޔެ އުފެއްދެވި މަޝްވަރާ މަޖިލިހުގެ އުމަރު ނަސީރު މިރޭ ވަކިކުރައްވައިފި އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވީ މަޝްވަރާ މަޖިލިހުން އޭނާ ވަކިކުރެއްވީ، 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އޭނާ ނިންވެވުމާ ގުޅިގެން ކަމަށެވެ. އަދި އެ ނިންމުން މައުމޫން ނިންމެވީ އޭނާއާ ވެސް މަޝްވަރާ ކުރައްވައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އިންތިހާބަށް އަޅުގަނޑު ނުކުންނަ ކަމަށް ވަނީ މަސްލަހަތު ފުށުއަރާނެ. އެއީ ޕްރައިމަރީއެއްގެ ވާހަކަ މިދައްކަނީ. އެ ވާހަކަ ދައްކާއިރު، އެކަންކަމަށް މަސައްކަތްކުރަން އަޅުގަނޑު މަޝްވަރާ މަޖިލިހުގައި އިނުމަކީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އެކުލެވޭނެ ކަމެއް. އެގޮތަށް ރައީސް މައުމޫނާއި އަޅުގަނޑަށް ވެސް ވިސްނުނީ،" އުމަރު ވިދާޅުވި އެވެ.
މަޝްވަރާ މަޖިލިހުގައި މިހާރު ތިއްބަވާނީ މައުމޫންގެ އިތުރުން ސީނާ އަހުމަދު ޒާހިރާއި ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި މުހައްމަދު ޒުހައިރާއި ރާޝިދާ ޔޫސުފާއި އައިމިނަތު އާތިފާ އާއި އާމިނަތު ނާދިރާ އެވެ. މަޝްވަރާ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މައުމޫނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރެއްވީ ކުއްލި ގޮތަކަށް މިރޭގަ އެވެ. އޭނާ ވިދާޅުވީ އިންތިހާބަށް ނުކުންނަވާނީ ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނަމަ، އޭގެ ތެރެއިން ކާމިޔާބު ކުރައްވައިގެން ކަމަށެވެ. ޕާޓީގެ ތެރެއިން ފުރުސަތު ނުލިބިއްޖެ ނަމަ، އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވި އެވެ.
އިންތިހާބުގައި މިފަހަރު ވެސް އުމަރުގެ ސްލޯގަން އަކީ "އަމާނާތްތެރިކަން" އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށްޓަކައި ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވިއިރު ވެސް އެއީ އޭނާ ގެންގުޅުއްވި ސްލޯގަން އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނެވި ދުވަސްވަރު ވިދާޅުވަމުން ގެންދެވީ އޭނާ ވާދަކުރައްވާނީ 2023ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ. އެކަމަކު ކުއްލި ގޮތަކަށް 2018ގެ އިންތިހާބަށް ނުކުންނަވަން ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
03 July 2016
އުމަރަކަށް ތިޔަކަމެއް ނުވާނެ، ވާނެނަމަ ގަވާއިދާ ޚިލާފަށް ޖަލައް ވައްދާ ފޯނުތައް ނުވައްދާނެގޮތެއް ހެދުނީހެއްނު އެކަންވެސް އެސޮރަކަށް ނުވި......!!!
ލުގުމާން
02 July 2016
މަ ހަތެރެސް ފައިން އުމަރަށް ތާއީދު... މިހާރު މިގައުމަށް ބެނުންވާ ޕްރިއޮރިޓީ ލިސްޓުގެ އެއްމެ ކުރީގައި އޮތީ 1. އަމަން ގާއިމްކުރުން، 2. ސުލްހަ މަސަލަސް ކަމާއި އިންސާފް ގާއިމްކުރުން. 3. އިގްތިސޯދު ވަރުގަދަ ކުރުން. 4. ތައުލީމާއި ތަރައްގީ ގާއިމް ކުރުން. ދެން އަބަދުވެސް އިސްލާމްދީނާއި ދީނީ އަގީދާ ހަރުދާނާ ކުރުމަކީ އަބަދުވެސް އެއްމިންގަޑެއް ގައި ކުރަން ޖެހޭކަމެއް. ވީމާ ނަންބަރު 1 އެއްމެ ފުރިހަމަގޮތުގައި ކުރެވޭނެ މިހަކީ ހަމަ އެކަނި އުމަރު ކަމުގައި ގަބުލުކުރަން. އެއްމެނަން މޮނިކޯން އަމުރު އެޑްވާންކޮށް ހޯދަންވާނެ. ކޮންމެ ވަގުތެއްގައި ވެސް ޓެގް އެޅުވެންވާނެ.
ފުރެންޑު
02 July 2016
އެދުވަހު އެޑްވައިސަރާ ހަވާލު ވިއިރު އަދި ހިތަށް ނާރަ މާދަމާ ރިޔާސީ އިންތިހާބާ ކުރިމަތިލާކަށް. ރޯދަވިއްލި ތަނާ ހިތަށް އެރީ މަވެއްޖޭ ރިޔާސީ އިންތިހާބުގައި ވާދަ ކޮށްލަން. ރަނގަޅު ތިހާ ދުރުވިސްނުން ގެންގުޅޭތީ
އަލީ
02 July 2016
މުސްތޮފާ މިހާރުވެސް އެބަދައްކާ ހަރުގަނޑެއްގެ ވާހަކަ. އުމަރުގެ ކުރިމަތީގައި ސަރުކާރުން ކުރާ ދައުވާއެއް އޮތްހެން ހީވޭ. ބަގާވާތުގެ ހިތިރަހަ ބާގީންގެ ކަރުގައި ލައްވަމުންދަނީ.
ނުކިި
02 July 2016
މަޝްވަރާ މަޖިލީހުގަ އެތިބީ ހުސް ތިރީސް އަހަރުގެ ބާނީން. ހެވެނީ..
ޟަޖާ
02 July 2016
ވަފާތެރި ދޮގުހަދާމީހާ މަސަށް ފެންނަނީ މިނަން ކިޔާ ފިލްމެއް ހަދަން
މުދީރު
02 July 2016
އުމަރު ލައްވާ ތައްޔާރުކުރުވީ އޭނަ އަމިއްލަޔަށް ވަދެ އިންނާނެ ލަގްޒަރީ ގޮޅިތައް ކަން މާކުރިން ވެސް އެނގޭ. ބަލަން ހުންނާތި. ޥެރިކަން ހިތަށް އެރުވި މީހަކުވެސް ދިގުމުއްދަކާއެކު ނޫނީ މަސްރަހުން ގެއްލިފައެއް ނެތް މި ވެރިކަމުގަ. އަނގަޔަކާހުރެ މީހަކު ހަލާކުވަންޏާ އެ މީހަކީ އުމަރު.
ލަނޑާބުރެކި
02 July 2016
ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. އާޚިރުގަ މި ވާނީ ހަމަ ގޭސް ގަނޑަކަށް. މައުމޫނު ކުޅުއްވާނެ ކުރިއަށް ބާރަ ކުޅި. ދިވެހި ސިޔާސީ މަސްރަހުގެ ދިޔަފެއްލަވަން އެންމެ މޮޅަށް އެނގިވަޑައިގަންނަވާނީ ހަމަ މައުމޫނަށް. އޮޕަޒިޝަނުން ވާވައްދަން ކުރާކަމަކާ ބޮޑަށް ވައްތަރީ.
ހުދުކުލަ
02 July 2016
ވާނެ ގޮތެއް ބަލަން މިހުރީ. ހަރުގަނޑު މައްސަލަ އަށް ވާނީ ކިހިނެއްބާ ހިތައް އަރަނީ.
ދޮންކަމަނަ
02 July 2016
މިތަނުންވެސް އުމަރަށް ކޮޅުކެހި ލިބޭނެ. ރިޔާސީ ރޭހުން ބާކީކުރާނެ. އޭރު މައުމޫނުވެސް ފަހަތަކަށް ނުބަލާނެ އުމަރު ތެޅިތެޅި އޮންނައިރު އެމީހުންގެ ދަތުރު ހަމަކުރާނީ ބާރު.އުމަރު ނަގާކަށް ވަލެއް ނޭއްލާނެ.އުމަރު ޖެހޭނީ އެއްކަލަ ހުދުވަލުގެ އަމިއްލަޔަށް އޮޅިގެން އޮވެ މަރުވާން..