ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒޭނާ-- މިހާރު ފޮޓޯ
10 އޮކްޓޯބަރ 2017 - 10:42
އުމުރުން ދުވަސްވީ މީހުންނާ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައްދަލުކުރައްވަން ރޭ ރަސްފަންނުގައި ބޭއްވި ހަފުލާ އިންތިޒާމް ކުރުމުގެ ކަންކަމުގައި ބްރޯޑްކާސްޓިން ކޮމިޝަން، (ބްރޯޑްކޮމް) ގެ މެމްބަރު ފާތިމަތު ޒޭނާ ފާޅުގައި އުޅުއްވައިފި އެވެ.
ރާއްޖެ ޓީވީން އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުން ޒޭނާ ވަނީ ހަފުލާއަށް ދިޔަ މީހުން ތިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެގޮތުން މީހުން ތިބޭ ގޮތް ތަރުތީބުކުރަން ޖަހާ ނަމްބަރުތައް ހިފައިގެން އޭނާ އުޅުއްވި މަންޒަރު ފެނެ އެވެ.
ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދީފައި އޮތް ބްރޯޑްކޮމްގެ މެމްބަރަކު ސަރުކާރުގެ އިވެންޓެއް އިންތިޒާމްކުރުމުގައި އެގޮތަށް އުޅުއްވުމުން، އެތަނަށް ސަރުކާރުގެ ނުފޫޒު ފޯރާފައިވާ މިންވަރު އެނގޭ ކަމަށް، ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބްރޯޑްކޮމް އިން މި ފަހުން ވަނީ ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެންމެ ފަހުން ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ދައްކައިގެންނެވެ. އޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވަނީ ރައްޔިތުން ނުކުމެ ރައީސް ޔާމީން އެ މަގާމުން ދުރުކުރުމަށެވެ.
Broadcasting commission member Zeyna seen busily making arrangements at an event held by the president yameen tonight. pic.twitter.com/AuzCWFbSYm
— RaajjeTV (@Raajje_tv) October 9, 2017
ރޭގެ އިވެންޓް އިންތިޒާމް ކުރުމަށް ޒޭނާ ހަރަކާތްތެރިވާ ވީޑީއޯ--
ޒޭނާ ވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައިފަ އެވެ. ބްރޯޑްކޮމްގެ މެމްބަރަކަށް އޭނާ ހަމަޖެއްސީ ވެސް އޭގެ ސަބަބުން ކަމަށް އޭރު އެތައް ބަޔަކު ވާހަކަދެއްކި އެވެ.
މިނިވަން މުއައްސަސާއެއްގެ މެމްބަރަކަށް ހުންނަވައިގެން ސަރުކާރުގެ ހަފުލާއެއް އިންތިޒާމްކުރުމުގައި އުޅުއްވީ ކީއްވެގެންތޯ ސާފުކުރަން ޒޭނާއާ ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި މެސެޖްތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ.
ގާނޫނީ ގޮތުން މިނިވަން ތަނެއް ގޮތަށް ކަނޑައަޅާފައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވެސް ސަރުކާރުގެ ހަފުލާތަކުގައި އަމަލީ ގޮތުން އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ރޭގެ ހަފުލާގައި ރައީސް ޔާމީންނަށް ތައުރީފްކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.
ޒޭނާގެ އިތުރުން މިހާރު ބްރޯޑްކޮމްގައި ހިމެނޭ ބައެއް މެމްބަރުން ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާން މުލިއާގެއިން ނުކުމެގެން ދާ ފޮޓޯތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
11 October 2017
މި ކަމަނާގެ އަގުވެސް ޔާމިނު އަވާގައި ޖެހިގެން ވެއްޔާ މޮޑެވި ހިންގައްޖެ.
ގަބޭ
12 October 2017
މީހާގެ އަގައްވުރެ މާ މުހިއްމު ކަމެއް، ރައްޔިތުންގެ ފައިސާއިން ނަގާ މުސާރަ ހަލާލްނުވާކަން. ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެ.
ސަރުކާން
11 October 2017
އެއީ ޕީޕީ އެމުން ބޭއްވި ޖަލްސާއެއް ނޫން. އެއީ ޤައުމީ ކަމެއް، ޒޭނާއަށް އޭގަ ބައިވެރި ނުވެވެންވި ސަބަބެއްނެތް
އަޑު
11 October 2017
މިކަހަލަ ނާތަހުޒީބް އަމަލްތަކައް ހިތްވަރު ދޭނީ ކޮރޮޕްޝަނާއި ފަސާދައައް ހިތްވަރުދީ އެފަދަ އަމަލްތައް ހިންގާ ނުވަތަ ހިންގަމުންދާ ފަރާތްތައް
މާލިމީ
11 October 2017
މައުމޫނާއި އަންނި އާއި ވަހީދު އަދި ޔާމީނު ހަމަ ތަފާތެއް ނެތް.
އަތްފުނާ
10 October 2017
ޒޭނާއަށް މިކަން ކުރެވިދާނެ.ސަރުކާރު ނުވަތަ ދައުލަތުގެ މުއަސަސާއެއްގައި މަސަކަތްކުރާ ކޮންމެ ފެންވަރެއްގެ މީހަކަށްވެސް އެފަދަ ނުވަތަ ބުނާ ނުވަތަ ށައުގުވެރިކަން ހުރީމާ ކަންކަން ކުރެވިދާނެ.ބައިވެރިވެވިދާނެ.އެކަން މަނާއެއް ނުކުރެވޭނެ އަދި ނިގުޅައިވެސް ނުގަނެވޭނެ.އެއް އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުން ކައިވެނިކުރުން މަނާކޮށް ، ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގުރުއަތުގައި ބައިވެރިވުން މަނާކޮށް. ، ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލުން މަނާކޮށް.މާތް ﷲ ދެއްވާފައިވާ ހައްގިތަކެއް އެއްވެސް މީހަކަށް ނިގުޅައެއް ނުގަނެވޭނެ.މިހާތަނަށް މި ރާއްޖޭގައި ހިޔާނަތާއި ، ވައްކަން އަދި ކޮރަޕްށަން ހިނގާފައިވަނީ މި ބުނި ކަންކަން ވެގެންނެއްނޫން.ޒޭނާގެ މަސައްކަތަށް ތާއިދުކުރަން.
ގަބުޅި
11 October 2017
އެހެން ދުނިޔެ އެއްގަ އުޅުއްވާ ބޭފުޅެއްތޯ ތީ؟ "މިނިވަން މުއައްސަސާ" އާއި "ސިޔާސީ" ވަކިނުވަނީ!
މަކުނު
11 October 2017
ޒޭގެ މަސައްކަތް އޯކޭ އެކަމަކު ދޭހަވަނީ ވަކިކޮޅަކަށް ބުރަވާތީ
ހިސޯރު
10 October 2017
ތިއިން އެއްވެސް މުއައްސަސާއެއްގަވެސް މަތީ މަގާމެއްގަ ނުހުންނާނެ މިނިވަން މީހަކު މިހާރު. ތިކަން ނޭނގޭނެ މީހަކު މިގައުމަކު ނެތް.
އިޙްސަ
10 October 2017
މިހާރު އެކަންޏެއްނޫން. މައުމޫނު އިރުވެސް އައްނިއިރުވެސް. ވަކި ޔާމީނު އެކަނި ކުރާކަމެއްނޫން.
ހަސަނ
10 October 2017
އަމިއްލަ ގޮތުން އުޅުން މަނާވާނެތް؟..
ދިލް
12 October 2017
ކޮބާ އަމިއްލަ ގޮތަކީ، މަގާމުން އިސްތިއުފާ ދީފަ؟
ފޫޅު
10 October 2017
މިއީ ނަޒާހަތްތެރިކަމުގެ ހަދިޔާ ލިބޭތީ ވާގޮތް. ދުނިޔެއަށްޓަކައި ތިމާ މޮޔަވަނީ
ނެޝަނަލިސްޓް
10 October 2017
އޭ.ސީ.ސީ. އަށް މައްސަލަ ހުށަހަޅާނެކަމަށް އުއްމީދުކުރަން! ފިޔަވަޅެ އެޅޭނެ ކަމުގެ އުއްމީދަކު ނޫން!
ސިޔާސީތޯ؟
10 October 2017
ރައީސުލްޖުމްހޫރިއްޔާ އިސްރަށްވެހިންނާ ބައްދަލު ކުރެވުން އެއީ ސިޔާސީ ހަރަކާތަކަށް ވީ ކިހިނެތްތޯ؟ ހަމަ ޔަޤީނުންވެސް އެއީ ޕީ.ޕީ.އެމް. އިން ހިންގި ހަރަކާތެއް ނޫން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ގެ ޙަރަކާތެއް، އިންތިޒާމު ކުރީ މުލިއާގެއިން. ދެން މައްސަލަ އަކީ ކޮބާ؟
މިނިވަންއަޅު
10 October 2017
ރައީސުލް ޖުމުހުރިއްޔާގެ ޖަލްސާތައް ތައްޔާރުކޮށްދޭންޖެހެނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށްތަ؟