މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުން ވާހަކަ ދައްކަވަނީ.--ފޮޓޯ:ނިޝާން އަލީ/މިހާރު
11 އޮކްޓޯބަރ 2017 - 15:33
ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ އެވެ.
މީޑިއާ ކައުންސިލުން ބުނީ ޓީވީއެމް އާއި ވީޓީވީން ލައިވްކުރާ މި ހަފުލާގައި އަށް ދާއިރާއަކުން އިނާމު ދޭނެ ކަމަށެވެ. އަދި "އެންމެ އުންމީދީ ނޫސްވެރިޔާ" އާއި "ލައިފްޓައިމް އެޗީވްމަންޓް" އިނާމު ވެސް ދޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. މި ހަފުލާ ކުރިއަށް ދާނީ މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ބޮޑުބެރުން ވިދާލި ހަރުބީގެ މުނިފޫހިފިލުވުމުގެ ހާއްސަ އައިޓަމްތަކާ އެކުގަ އެވެ. މިފަހަރު އިނާމް ދޭ ދާއިރާތަކުގެ ތެރޭގައި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ، ފީޗާ ލިއުމުގެ ދާއިރާ ހިމެނެ އެވެ.
ނޫސްވެރިކަމުގެ އިނާމަށް އެކި ދާއިރާތަކުން 45 ހުށަހެޅުމެއް އެމްއެމްސީ އަށް ލިބިފައިވެ އެވެ.
މީޑިއާ ކައުންސިލުން ބުނި ގޮތުގައި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
11 October 2017
ނޫސްވެރިންނަށް މަރުހަބާ ،، ނޫސްވެރިންނަކީ އަޅުގަނޑު ވަރަށް އަގުވަޒަންކުރާބައެއް ،،،، ހަގީގީ މިނިވަން ނޫސްވެރިކަން ރާއްޖޭގައި އަދި ނުކުރެވޭ ،، އެއީ ނޫސްވެރިންގެ މައްސަލައެއްނޫން ،، އެއީ އިގްތިސޯދީ ކަންކަމާއި ގުޅިގެން ގިނަނޫސްތަކަށް ފަންޑުކުރާ މީހުންގެ އޭޖެންޑާ އެނޫސްތަކުން ފަތުރަންޖެހޭތީވެ ،،، އެގޮތަށް ވަޒީފާގައި އުޅޭއިރު މީހާގެ އަސްލުގެއްލި ގިނަފަހަރު މީހާފޯރމެޓްވެ ހަގީގަތާޢި ޙިލާފްއަށް އޮޅުވާލުމާއިއެކު ވާހަކަ ލިއަން ނޫނީ ޙަބަރުކިޔަންޖެހެނީ ،، އެކަމު އަޅުގަނޑު ހަމަ ސާބަސް ދެން " މިހާރު " ނޫހުގެ ގިނައާރޓިކަލްތަކަށް ،، އެއްކޮޅަކަށްވެސް ނުޖެހި ވަރަށް ބެލެންސްކޮށް ގެނެސްދީފައިހުރޭ ،،، އެއީ ވާންވީގޮތަކީ ،، އޭރުން މުޖްތަމައު އިސްލާހްވާނީވެސް ،، އެގޮތުގައި ހިފާއްޓާ އަދިވެސް ބޮޑަށް މިނިވަންވުމަށް މަސައްކަތްކުރޭ ،، " އަބަދުވެސް ހިތަޢް އަރުވާ އަހަރެއް އަޅެ މިނިވަންތަ " އޭރުން ގިނަފަހަރު ވަރަށްފައްކާވާނެ ،،، ވަރަށްވެދެުން
ޖަމަލު
11 October 2017
ޝަހީބު އާ ޒޭނާއަށް ތިދީފަ ނިންމާލާ
ނޫސްކިޔާމީހާ
11 October 2017
ހިއެއްނުވޭ އިންސާފުވެރިވާނެހެނެއް...ފެއިލްވެފަ ވަކި ކޮޅަކަށް ގޮސް ހުސްވެފަ ތިބޭބަޔަކަށް ހަމަ ހަމަ ކަމާ އެކު ކަންކަން ކުރަން ދަތި ވާނެ..ސަރުކާރުން ބުނާބަޔަކަށް ހެން ހީވަނީ އިނާމް ތަށް ލިބޭނީ...
ވިލުދޮޅީ ދާއިރާގެ ރެފްރީ
11 October 2017
މީޑިޔާ ކައުންސިލުން މިފަހަރު "ލައިފްޓައިމް އެޗީވްމަންޓް" އެވޯޑް ދޭން ފެންނަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއަށް، ސަބަބަކީ މީޑިޔާ ކައުންސިލް އުވާލަން ގޮވާލަގޮވާލަ ރިޔާޒް ހުންނަތާ މިހާރު މީޑިޔާ ކައުންސިލަށް ވީ މުއްދަތެއް މިވަނީ، އެސޮރަށް މިފަހަރު އެވޯޑެއް ދެނިކޮށް ތިޔަ ކައުންސިލަށް ބަޖެޓް ދޭންވެސް އޭނަ އެއްކޮޅަށް އަރާނެ، އޭނާ ނޫނީ މި ގައުމުގައި ނުހުންނާނެ ބޯ ހަމަޖެހޭ މީހަކު،