މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ތަނބުތަކުގެ މަސައްކަތް ކުރިިއަށްދަނީ؛ ބްރިޖުގެ މަސައްކަތްތައް ނިންމައި އެތަން ހުޅުވަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ
14 އޮކްޓޯބަރ 2017 - 11:13
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓާރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު އެހެން ވިދާޅުވީ ބްރިޖުގެ ތަނބުތަކުގެ ދެ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ.
ބްރިޖްގެ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތަކުގެ މަސައްކަތް ޗައިނާގައި ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް މިނިސްޓަރު މުއިއްޒު ވަނީ މިިދިޔަ މަހުގެ ފަހުކޮޅު ޗައިނާއަށް ވެސް ވަޑައިގެންފަ އެވެ. ބޮކްސް ގާޑާ ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި ހުންނަ ބައެކެވެ. އެ ބީމްތަކުގެ މަސައްކަތް ނިމި، އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.
CMFB ge mai thanbu thah kuriyah 10 dhuvas therey concrete koh ekkoh nimeyne IA. #RYameen2018 pic.twitter.com/UA8uRMwd3a
— Dr.Mohamed Muizzu (@MMuizzu) October 13, 2017
ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިމެނޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ، ޗައިނާ އާއި ރާއްޖޭގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖުގެ ކަންކަން ކުރިއަށް ދާއިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ޗައިނާގެ ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ،
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔާ މީހާ
15 October 2017
ޢަލީ ހަމީދު ކޮބާ އައިހެވަން ކިޔާގެން ހަމީދުމެއްވާހަކަ ނުދައްކާ ބަލަ އިދިކޮޅުފަރާތްތަކުން ރާއްޖެ ސަޢުދީއަށް ވިއްކާލަނީއެކިޔާ މުޅިބޭރުދުނިޔެއަށް ގޮވަމުންދިޔައީ ދެން ) ބައެއްރައްޔިތުން ދެކޮޅުކަން ސަރުކާރަށް އިނގުމުން ހުއްޓާލީ ) މިހާރު ތިޔަގޮވަނީ ހައިހެވަން އައިހެވަން ހަމީދުމެންނަކަށް ރަގަޅުއެއްގޮތެއްވެސް ނެތެއްނު ޝުކުރިއްޔާ
ޢަލީހަމީދު
15 October 2017
ނުދޭނަން ވޯޓެއް ކޮބާ 2 އަހަރުން އަޅަންބުނި އެއާޕޯޓު ކޮބާ ރިސޯޓު ހިއްސާ ކޮބާ އައިހެވަން
ސޮކްތެރެޕީ
15 October 2017
ރާއްޖެއައް ގެންނަ ގިނަމުދަލަކީ ޗައިނާއިން ގެންނަ މުދާ މީވިޔަފާރިއަކީ ހެޔޮނުވިސްނޭ މީހުން ކޮމެންޓްކުރިޔަސް ކޮމެވެސް އެއްޗެކޭކިޔާގެން.
ގޮމަށި
15 October 2017
ކޮންމެވެސް މީހަކު އޮޅުންފިލުވާދީބަލަ "ލޯނު އެހީ" އެކޯޗެއްކަން މި ލިޔުމުގައި އެބައޮތް "އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ."
ދޫހި
15 October 2017
ދިވެހިންގެ ގަމާރުކަމާހެދި އަހަރެން ކޮސްވެ އަހަރެމެންގެ ޓެކްސްފައިސާއާއި އަހަރެމެންގެ ނަމުގައި ލޯނުނަގައިގެން އަޑިނޭންގޭގޮތަށް ބްރިޖެއް އެޅިއަސް 25 ބުރިއަށް ބިލްޑިން އެޅިއަސް ފްލެޓްއެޅިއަސް ނުޖެހޭ އަބަދު ހިސާމަދުކޮށް އަބަދު ޝުކުރިއްޔާ ގޮވާކަށް.
ނޭޅޭނެ
15 October 2017
ތިޔައިން އެއް ގޮތަކުންވެސް އެޅޭނެކަމަށް އެއްބަޔަކަށް ނުފެނުނު ބުރިޖު ދެއްތޮ...
ޕޮކަންޑިމޭން
14 October 2017
ކޮން ވާނުވާއެއްބާ ބުނީ ބުރިޖެއް ނޭޅޭނެއޭ؟
ޙަސަން
14 October 2017
ރާޖްޕަކްޝާ އަށް ވީވަރު ނުވިއްޔާ ރަނގަޅު ..
ޑޭންޖުރެސް
14 October 2017
ބްރިޖުގެ މައިތަނބުތަކުގެ ކޮންކްރީޓް މަސައްކަތް 10 ދުވަސް ތެރޭ ނިމޭނެ ކަމަށްވާނަމަ ދެން މިބްރިޖް ނުނިމޭނެއޭ އެމެން ބުނީ އެއީ އެމެން ބަލަންވާ ވަރަށް ނުބަލާ ނޫންތޭ. މިހާރު އެމެންނަށް އިނގޭނެ ނޫންތޭ މިބްރިޖް ނިމޭނެ ކަން.
އަލީ ނާޒިމް
14 October 2017
ހާދަ ދެރަވާނެޔޭ ދެއްތޯ؟ ބްރިޖް ނިމޭތަނުން އޮފީހުން ބޭރު އަރުވާލީމަ! ހަހަހަހަ.. 11 މަސް! ކައުންޓިންގ ޑައުން!
ބިލީޖީން
14 October 2017
މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް ވެސް އަޅާ ނިމެނީއޭ. އެމެންނަށް އިންޖިނިއަރިންގް ނޭގިގެން ނޭޅުނު ބްރިޖް އަޅާ މިނިންމަނީ އޭ މަމެން ޕިންކީންނޭ ދޯ. މަމެން ޕިންކީން މޯރ ލައިކް ބިއުޓިފުލް މައިންޑުންނޭ މަމެންނާއި ވާދަކޮށްލަން އެމެން އެމްޑީޕީ އެއްޗެހިތައް ހިތުލައިގެން ވެސް ނުވާނެއޭ.