މިދިޔަ ބުރާސްފަތިދުވަހު ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމަކަށް ފަހު މައުމޫން ނުކުމެވަޑައިގެން، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ތޮލާލާ ސަލާމް ކުރައްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
03 ޖުލައި 2016 - 15:36
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ ގައުމީ ޖަލްސާ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ނިންމަވައިފި އެވެ.
ރިޔާސީ ޕްރައިމަރީ ބާއްވަން ގައުމީ ޖަލްސާ އިން ފާސްކޮށްފި ނަމަ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައި ވަނީ ފެބްރުއަރީ 2018 ގަ އެވެ. ޕްރައިމަރީން ކަނޑައަޅާ ކެނޑިޑޭޓަކާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން އިފްތިތާހުކުރަން ހަމަޖައްސާފައި ވަނީ މާޗް 2018ގަ އެވެ.
ޕާޓީ ހިންގާނެ ގޮތުގެ ޓައިމްލައިނެއް މައުމޫން ކަނޑައަޅުއްވާފައި ވަނީ ރިޔާސީ ޓިކެޓްގެ މައްސަލާގައި ޕާޓީގެ ތެރޭގައި ކޯޅުން ބޮޑުވެފައި ވަނިކޮށެވެ. މީގެ ކުރިން ވަނީ މިހާރު ރައީސްކަމުގައި ހުންނެވި އަބްދުﷲ ޔާމީނަށް ޕްރައިމަރީއަކާ ނުލައި 2018ގެ ޓިކެޓް ދޭން ކައުންސިލްގެ މެންބަރު ތާއީދުކުރައްވައި އެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ވަނީ އަންގަވައިފަ އެވެ. ރިޔާސީ ޓިކެޓަށް އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ވާދަކުރައްވާ ނަމަ ޕްރައިމަރީއަކަށް ގޮސްގެން ކެންޑިޑޭޓަކު ކަނޑައެޅުމާ މެދު ގައުމީ މަޖިލީހުން ގޮތެއް ނިންމަން ޖެހެ އެވެ.
ޕީޕީއެމް އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް މައުމޫން ވަނީ ޓައިމްލައިންގައި ކަނޑައަޅުއްވައިފަ އެވެ. އެގޮތުން "ޕާޓީ އިސްލާހު ކުރުމުގެ ބޮޑު މަޝްރޫއު" ގެ ތަސައްވުރެއް ކަމަށް ބަޔާން ކުރައްވާފައި ވަނީ ޕީޕީއެމަކީ ޕާޓީގެ އަސާސީ ގަވަައިދާއި ޕާޓީގެ މައިގަނޑު އުސޫލުތަކަށް އިހުތިރާމްކުރާ، ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ، ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާ ޕާޓީއަކަށް ހެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
04 July 2016
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެމީހަކަށް ޕްރައިމަރީ ކަމިޔާބު ނުވީ ކީއްވެ. އ
ދީދެން
03 July 2016
ރައީސް މައުމޫނުގެ މުޅި އިސްލާހީ އެޖެންޑާ ގައި ވަނީ އެންމެ ޕޮއިންޓް އެކެވެ. އެއީ ޕީޕީއެމްގެ 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން އަށް ޕްރައިމަރީ އަކާއި ނުލައި ނުދިނުން އެއީ މުޅި އިސްލާހީ އެޖެންޑާ ގެ މަގްސަދު. ކީއްވެގެންތޯ އެހެންވާންވީ. އެމެރިކާގައި ވެސް ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާއިރު ނުޖެހޭ ޕްރައިމަރީ އަކަށް ދާން. ދެން ކީއްވެގެންތޯ ކުއްލި އަކަށް ޕީޕީއެމް އިން އަދި ވެރިކަން ދެބައި ނުވަނީސް ޕީޕިއެމް އިން 2018 ގެ ރިޔާސީ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަށް ޓަކައި ޕްރައިމަރީ އެއް ބާއްވަން ޖެހޭނީ 2016 ވަނަ އަހަރު. އެއްގޮތަކަށް ވެސް މިއަކީ އަދި ޑިމޮކްރަސީ ގެ ހަމަ ތަކުން ކުރެވޭނެ ކަމެއް ނޫނެވެ. ޑިމޮކްރަސީގެ ހަމަތަކުން އެކަން ކުރާނަމަ ކުރަން ޖެހޭނީ ރައީސް ޔާމީން އަށް ޕީޕީއެމްގެ 2018 ގެ ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި ދިނުން. އެއްވެސް ސުވާލެއް ނެތި ދެއްވާ ޓިކެޓް. ހެޔޮ ނުވާނެ ތިހެން ނަހައްދަވާ 2018 ގެ ރިޔާސީ ޓިކެޓް ދެއްވާ ދެން ސަރުކާރަށް. 2018 ގެ ރިޔާސީ ޓިކެޓް ޕީޕީއެމް އިން ރައީސް ޔާމީން އަށް ޕްރައިމަރީ އަކާއި ނުލައި ދެއްވައިފިނަމަ ރާއްޖެ ބަދަލުވެގެން ދާނީ ލިޓިލް ސިންގަޕޯރ އަށެވެ. އެއީ ކިހާ ބޮޑު އުފަލެއް ނޫންތޯ މުޅި ދިވެހި އުއްމަތަށް ލިބިގެންދާ. ހެޔޮ ނުވާނެ ތި ނިންމުން އަދި ބަދަލު ކޮށްދެއްވާ ރައީސް މައުމޫނު.
ރޯޒް
03 July 2016
ކޮންމެވެސް އެންނަމެއްގައި ކޮމެންޓް ކުރަންވީނޫންތޯ؟ އޮފްދިސް؛ ވާނެގޮތް؛ އޯކޭދެން. މިހުރިހާ ނަންނަމުގައި ކޮމެންޓް ނުކޮށް! ތިބުނަން އުޅޭ އެއްޗެއް ސާފުވެއްޖެ ފުރަތަމަ ކޮމެންޓުންވެސް
ކިޔުންތެރިޔާ 767
03 July 2016
އެމެރިކާ ކުރާތީ ނުޖެހޭ އެމީހުން ކުރާހާ ކޮންމެ ކަމެއް ކުރާކަށް. ފޯރިން މިނިސްޓަރ ވެެސް ވިދާޅުވީ ފަރަންޖީންނަކަށް ދިވެހިންނަށް ބަހެއް ނުބުނެވޭނޭ. ދިވެހިރާއްގެ ޑިމޮކުރެސީ އޮތީ ޅަފަތުގައޭ.
ނުދޭތި
03 July 2016
ކަލޯ ހަމަތަ؟ މީ އެމެރިކާއެއްނޫނޭ. އަދި އެއީ އޮބާމާއެއްވެސް ނޫނޭ. މައުމޫނު ދެކޮޅުހެދި އަދީބު ގެންނަން، ރިސޯޓްތައް ބިޑުކުރުން އުވާލިޔަނުދެން. އަދި ކިތަންމެ ކަމެއް. ޔާމީން ހައްދުފަހަނައަޅައި ދިޔައިމަ ޖެހޭނެދޯ ކޮންމެވެސް ގޮތެއް ހެދޭތޯބަލަން.
އޮފްދިސް
03 July 2016
ޕީޕީއެމްގެ ގައުމީ ޖަލްސާ 2017 ގައި ބާއްވަން ރައީސް މައުމޫނު އަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ނިންމި ދާނެއެވެ. އެއީ ރައީސް މައުމޫނުގެ މަގާމް އަކީ އެއީ ޕީޕީއެމްގެ ރައީސް ކަމަށްވާތީވެ އެ ބާރު އޮންނާނެ ރައީސް މައުމޫނު އަށް. އެކަމަކު އަޅުގަނޑުމެން ގެ ސުވާލަކީ އިސްލާހީ އެޖެންޑާގެ އެންމެ ފަހަތަށް އަންނަން ޖެހޭ ކަމެއް އެންމެ ކުރިއަށް އައީ އެއީ ކީއްވެެގެންތޯއެވެ. މީގެއިން މިއަންގާ ދެނީ އިސްލާހީ އެޖެންޑާ އަކީ އެއީ ޕީޕީއެމްގެ ޕްރައިމަރީ އެއް ބޭއްވުމެވެ. ރައީސް މައުމޫނު ސީދާ ޓެކްސްޓް މެސެޖް އަކުން ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހަށް ވޯޓް ނުދޭން މެމްބަރުންނަށް އެންގީ އެއީ އެ އިސްލާހުގައި މައްސަލަ އެއް އުޅޭތީއެއް ނޫނެވެ. އެއީ ސަބަބެއް ހޯދުމަށް ޓަކައި ކްރިއޭޓް ކުރި ސީން އެކެވެ. މަގްސަދަކީ ޕީޕީއެމްގެ ޕްރައިމަރީ އެއް ބާއްވާނެ ޕޮކެޓް އޮފް ޗާންސް އެއް ޑިސްކަވަރ ކުރުމެވެ. އެއީ މަގްސަަދަކީ. އެމަޤްސަދު މިހާރު އަންނަނީ ތިލަވަމުން ސާފު ވަމުންނެވެ. އަނެއް ކޮޅުން މިއަދު އެމްޑީޕީގެ ސިއްރު ގައުމީ މަޖްލީހެއް ބޭއްވި އިރު އެ މަޖްލީހުގައި ދެއްކި ހުރިހާ ވާހަކަތަކެއްގެ ލައިވް ރިކޯރޑިންގް އެއް އަޅުގަނޑުމެންނަށް ވެސް ވަނީ ލިބިފައެެވެ. ދެން ވަަރަށް އަވަހަށް ފެންނާނެ ވެލްކަމް ސީން، ވެލްކަމް ސީންގެ އެމްބިއަންްސް ލެެވެލް އާއި އަދި އެސީން ކޮންޓްރޯލް ކުރާ ގޮތް ވެސް އަޅުގަނޑުމެންނަށް މިއަދު ވަނީ އެނގިފައެވެ. އެންޖޯއި ދަ ސީން. ބައިދަވޭ، ނީލް އާރމްސްޓްރޯންގް އާއި ބެހޭ ވާހަކަ ފުޅެއް އޮތީ ދެން ކޮން ރެއަކުންތަ. ވެރީ އިންޓަރެސްޓިން. އޮފް ދިސް ވީއާރ އޮން ދަ ސޭމް ޕޭޖް..
ކިޔުންތެރިޔާ 767
03 July 2016
ޕީޕީއެމް ބައިބައި ކުރުމަށް އުޅެނީ ޔާމިން ފެކްޝަނުގެ ކޮރަޕްޓު ފައިސާއަށް ވިކިފައިވާ މެންބަރުން. ބޭނުމަކީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އާއި މެދު ދެކޭގޮތް ރައްޔިތުންގެ މެދުގައި ނަފުރަތަށް ބަދަލު ކުރުން. ނަމަވެސް ރައީސް މައުމޫންނަކީ ގައުމުގެ ތާއީދު އޮތް ޝަހުސެއްކަމުން ޔާމީން ފެކްޝަނުން ކުރަމުން އަންނަ ތުހުމަތުތަކުން މައުމޫން ބަރީއަވެ. ބިޑު ނުކުރާ އުސޫލަށް ވޯޓު ނުދެއްވުމަށް ދެންނެވީ ބިޑު ނުކުރުމުގެ ސަބަބުން ރަށްތައް، ބޭނުންބަޔަކަށް ދިނުމުގެ ފުރުސަތު އޮތުމުންނާއި ކަމުގެ ހަގީގަތް ހާމަ ނުކުރެވި ކޮރަޕްޝަނަށް ހުށަހެޅުމުގެ ބޮޑު ފުރުސަތެއް ދެވޭތީ. ކުރިން ބިޑުނުކޮށް ބައެއްފަހަރު ރައްތައް ދޫކުރި ނަމަވެސް ފަހުން ފެންމަތިވި އެމްއެމްޕީއާރުސީ ގެ ކޮރަޕްޝަން މައްސަލައިގެ ސަބަބުން، ބިޑުނުކޮށްދިނުން ގާނުނަކަށް ވެއްޖެނަމަ ލިބޭނެ ގެއްލުން އިންތިހާއަށް ރާއްޖޭގެ އިގްތިސާދައް ކުރާނެކަމުގެ ބިރުއެބައޮތް. ބިޑްކޮށްގެން ރިސޯޓު ނެހެދޭ މައްސަލަ، ބިޑުނުކޮށްގެން ރިސޯޓު ހެދޭނެ ކަމަށް ބުނާ ސަބަބަކީ، ފެންވަރު ރަގަޅު ފަރާތްތަކަށް ފަސޭހައިން ދެވުން ކަމުގައިވާނަމަ، ބިޑުކޮށްގެން ފެންވަރު މޮޅު ފަރާތްތަށް ނުދެވޭނެ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ބަހަނާއެއް ނޫނެވެ.
އަލިފުތު
03 July 2016
ޝުކުރިއްޔާ . މިހާރު ތިދެވެނީ ދާންވީމަގުން ފަށްފަށުން ޝުކުރިއްޔާ.
އަބޭ
03 July 2016
ވަރަށް ސަޅި.
ވާނެގޮތް
03 July 2016
ކަރަޕްޝަން ކަމަށް ތޯ ރައީސް މައުމޫނު އަށް ވަނީ ރައީސް ޔާމީން އިއުލާން ނުކޮށް ރަށް ތައް ޓޫރިޒަމް ގެ މަސައްކަތަށް ދޭން ގާނޫނީ ފްރޭމް ވާރކް އެއް ހެދުމުން. އަޅެ ރައީސް މައުމޫނު އެއްފަަހަރުވެސް ކޯފާ މަޑު ކުރެއްވުމަށް ފަހު ރައީސް ޔާމީން އަކީ އާއިލާގެ ވެސް ބޭފުޅަކަށް ވުމާއި އެކު އެއް ފަހަރުވެސް ޓޫރޒަމް ގެ ގާނޫީނަށް ގެނައި އިސްލާހު ބައްލަވާ ލައްވަންވީ ނޫންތޯއެވެ. ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ނެތޭ އެެއްވެސް މައްސަލަ އެއް. އެގާނޫނުގައި ނެތޭ އިއުލާން ނުކޮށް ރަށް ތައް ދޫކުރިއަސް އެއީ ކަރަޕްޝަން އެކުލެވޭ ގޮތަށް ދޫކުރެވޭ ރަށެއް ކަަމަށް ނިންމޭ ކަށް. ދެން މިހާ ސާފު ކޮށް ފެންނަން އޮތް ކަމެއްގައި ރައީސް ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބޭނެ އުސޫލުން ޕީޕީއެމްގެ ގައުމީ ޖަލްސާ އެއް ސީދާ ޕީޕީއެމް އިން ޕްރައިމަރީ އަކަށް ދާން ޖެހޭނެ ތޯ ނުވަތަ ނޫންތޯ ބެލުމަށް ބާއްވަންވީ އެއީ ކީއްކުރަން ތޯއެވެ. ހަމަ ގައުމީ ޖަލްސާ އިން ފާސްވާނީ ޕްރައިމަރީ އެއް ނުބާއްވާ ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް ދޭން އެވެ. އެގޮތަށް އެ ޖަލްސާ އިން ނިންމި އަސް އެވަރުން ވެސް ޕީީޕީއެމް ތެރެއަށް ހަމަޖެހުން ނާންނާނެއެވެ. ސަބަބަކީ އުމަރު އެގޮތް ވެސް ގަބޫލުނުކޮށް ވެރިކަމުގައި ދަހިވެތި ކަމުގައި އަމިއްލަ ނަމުގައި ކަމަށް ބުނެ ޕީޕީއެމްގެ އެތައް ބަޔަކު ގޮވައިގެން އަނެއްކާ އޭނާ ގޮސް ގުޅޭނީ އިދިކޮޅު އިއްތިހާދާއި އެވެ. އުމަރު އިދިކޮޅު އިއްތިހާދާއި ނުގުޅޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާނަމެވެ.
ދާދިފަސް
03 July 2016
ކޯފާވެސް ވަރަށް މަޑުކުރައްވައިފި. ނުކުރަން ވިދާޅުވި ހުރިހާކަމެއް ކޮށްފި
ކަލޯ
03 July 2016
މައުމޫނު އެއުޅެނީ އެ ކިޔާވެސްނުލާ ކަމަށްތަ ހީތިކުރަނީ؟؟ ހެހެހެހެ.... ކަލެޔަށް އެކިޔާލެވިއްޖެތަ؟؟
ޒެޑްސް
03 July 2016
އަހަރެން ޕީޕީ އެމް އެއް ނޫން. އެކަމަކު މަވެސް ރައީސް މައުމޫނާއި އެކު
އޯކޭދެން
03 July 2016
ރައީސް މައުމޫނު ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނެ ތާރީޚް ތޯ ނެރުން މުހިއްމީ ފުރަތަމަވެސް އިސްލާހީ އެޖެންޑާ ގެ ތެެރެއިން. އަޅުގަނޑުމެން ނެތީމު ޕީޕީއެމް އިން ތިގޮތަށް ބާއްވާ ޕްރައިމަރީ ކޮންޓެސްޓެއްގައި ރާއްޖޭގެ އިއްޒަތް ތެރި ރައީސުލް ޖުމްހޫރިއްޔާ ސުޕަރ އިކޮނޮމިކް ޗެމްޕިއަން ރައީސް ޔާމީން ޕީޕީއެމް ޕްރައިމަރީގައި ބައިވެރި ކުރުވާކަށް. އަޅުގަނޑުމެން ވެސް ގޮތް ހުސްވެގެން ނޫޅެމެވެ. ދެން ޕީޕީއެމް ޕީޖީ ގްރޫޕް އެންމެން ގޮސް އަވަހަށް ބޮޑު ރަސްމިއްޔާތަކާއި އެކު ސޮއި ކުރަންވީ އެމްޑީއޭ އަށެވެ. އެއީ އެބޭފުުޅުންނަށް ލިބިފައިވާ ގާނޫނީ ހައްގެކެވެ. އެއަށް ފަހު ދެން ސަރުކާރުގެ ހުރިހާ މިނިސްޓަރުންނާއި އަދި ކުންފުނި ތަކުގެ އިސް ބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރާނެއެވެ. ދެން އެއަށް ފަހު ރައީސް ޔާމީން ސޮއިކުރައްވާނީ އެމްޑީއޭ އަށް ޖުލައި 26 ވަނަ ދުވަހު މިރާއްޖެ އަށް ހަގީގީ ސިޔާސީ މިނިވަން ކަން ހޯދާ ދިން ހަމައެކަނި ބަތަލުގެ މަގާމް އާއި އެކު. ރައީސް މައުމޫނަށް ޕީޕީއެމް އަޅުގަނޑުމެން ދޫކޮށްލީ ދެން. އަވަހަށް ޕްރައިމަރީ ބާއްވާ އުމަރު ނެރެގެން މީސް މީހުންގެ ނެތި ނުބައި ނުގޮވާ މަސް ކެއުމުގެ ބައި ނުގެންގުޅެ ވޭތޮ ބައްލަވާ ދެއްވާ. ކުރިއަށް ގެންދަވާ އަވަހަށް ރައީސް މައުމޫނު. ކުރިއަށް ގެންދަވާ. އަޅުގަނޑުމެން އެދެނީ ޕީޕީއެމް އަަދަށް ވުރެން ފަހި މާދަމަ އަށް..
ސަނީ
03 July 2016
ވަރަށްވެސް ހިކުމަތްތެރި ނިންނުމެއްް.