ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އައްސަދު (ވ) ބައިވެރިވެވަޑައިގަންނަވަނީ: އޭނާ އަށް ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ އަށް ވަނީ ހުށަހަޅާފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
04 ޖުލައި 2016 - 16:07
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވެސް ތްރީ ލައިން ވިޕަކާ ހިލާފުވެވަޑައިގަނެފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
އައްސަދުގެ މައްސަލަ ބަލައިދޭން އެދި އާއްމު މެމްބަރަކު ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އައްސަދު ހިލާފުވީ، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިންގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި ނެގި ވޯޓުގައި ކަމަށެވެ. އެ ވޯޓުގައި ވިޕްލައިނާ ހިލާފުވެވަޑައިގަތް ކަން އޭނާ އަމިއްލަ އަށް ވެސް މީޑިއާތަކުގައި އިއުތިރާފްވެވަޑައިގެންފައިވާ ކަމަށް ސިޓީގައިވެ އެވެ.
ސިޓީގައި އެދިފައި ވަނީ ޕީޖީ ގްރޫޕުގެ ނިންމުމަކާ އައްސަދު ހިލާފުވެވަޑައިގެންފައިވާތީ އެހެން މެމްބަރުންނާ މެދު އަމަލުކުރާ އުސޫލުން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.
އައްސަދާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި މިވަނީ، އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހަށް ވޯޓު ދޭން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، ވިޕާ ހިލާފުވި މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅައިދޭން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނިކޮށެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ، ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ހލާފުވެވަޑައިގަތް އެހެން މެމްބަރުންނާ މެދު ފިޔަވަޅު އެޅުމެވެ. އެއީ އިންސާފެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް.
05 July 2016
ޔަހުޔާ، ހާދަ ނޫސް ނުކިއާހެން ހީވެއޭ، ޚަބަރުތަށް ބަލާ އުޅޭހެންވެސް ހިއެއްނުވޭ، ޔަހުޔާއަށް ނޭންގޭނެދޯ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އޭ ބުންޏަސް، އެއީ ކޮން ގައުމެއްގެ ރައީސްކަން ލިޔުންތެރިއާ ލިޔެފަ ނެތީމަ. ހެއްވާދޯ.؟
ޔަހުޔާ
05 July 2016
މި ހަބަރު ކިޔާ ނިމުނު އިރުވެސް އައްސަދު އެއީ ކޮން ޕާޓީއެއް ކަން ބުނެދެވިފައެއް ނުވޭ . ކޮން ޕާޓީއެއްގެ 3 ލައިން ވިޕާ ކަމެއް ނޭގޭ ހިލާފުވީ. ޚަބަރު ލިޔުއްވި ބޭފުޅާ ލިޔެފަ މި ވަނީ ކިޔާ މީހާއަށް އެ ހުރިހާ އެއްޗެއް އެނގޭނެ ކަމަށް ބަލައިގެން ތޯއްޗެއް.
އަބުޅޯ
05 July 2016
އައްސަދު ނޭގުނަސް. މަައުމޫނު އެނގޭނެދޯ އެންމެންނައްވެސް. އަދި މައުމޫނު އެއީ ކޮންޕާޓީއެއް ކަންވެސް އެނގޭނެދޯ. މިގތުން 'އެ ޕާޓީ" އޭ ލިޔެފަ އިނީމަ ޖާހިލަކަށް ނޫނީ އެންގޭނެ މި ދައްކަނީ ކޮން ވާހަކަ ތަކެއްކަން. ދިވެހިބަހާއި ހަމަތައް ނޭގުނަސް އަނގަލާތި ކޮންމެތަނަކަށް..
ޕީޕީ
04 July 2016
ޒުވާން ލީޑަރު އެކި މީހުންނަށް އެކިގޮތް
ވަހުމް
04 July 2016
އަސްޢަދުގެ ވާހަކައަކީ ޙަޤީޤަތެއް ހުރި ވާހަކައެއް! އެއީ ޖެހިލުންކުޑަ ޒުވާނެއް! ޝުކުރިއްޔާ އަސްޢަދަށް!
ރަބަރޭ
04 July 2016
ހާތް ޓެރީ..........އަސްލުމީހާ
އުމަރު
05 July 2016
މިފަހަރު ފޭކް ވާނީ
އަސްލުމީހާ
04 July 2016
ނުކުރެވޭނެ އެއކަމެއވެސް ނިކަން ކޮށްބަލާ ވާއެއޗެއްބަލަން.
ޒިންދަގީ
04 July 2016
އަސްލުމީހާ ދަންނަންތަ؟؟
މެންޓަލިސްޓް
04 July 2016
ތީއަސްލުމީހާ އޭނާއަކާ ނުކުޅެވޭނެ ، ރައީސްޔާމިން ޒުވާނުންނާ ގުޅުމަށް ބޭނުންކުރާ އޭޖެންޓް ، އަނެއްކޮޅުން އައްސަދުގެ އާއިލާ ބޭފުޅެއް ހައިކޯޓްގެ ފަނޑިޔާރު އަބުދުﷲ ދީދީއަކީވެސް ، ވީމާ ވަރަށް ބާރުގަދަވާނެ ،
ޗީ
05 July 2016
ﷲ އަށްވުރެ ބާރުގަދަ ފަރާތެއް ނުވޭ. ތިޔަ ބުނާ ބާރުތައް ﷲ އިރާދަފުޅުން ގެންދަވާންދޭ.
ޢަބްދުﷲނާފިޒު
04 July 2016
އައްދެ އެއްކަލަ އިއްޒަތްތެރި ބައިބަލާ ރައީސް އުތަ، ޒުވާނުންނަށް ޚާއްސަ ޖަގަހައެއް މީނާހިންގާނެ ފްލެޓްތައް ކާރީގަ، އެތަނުގަ އޮންނާނެ ޒުވާނުންނަށް ވަކިން ޚާއްސަކުރެވިފަ އޮންނަ އައްޑާއެއް، އިރު އޮއްސުނީމަ އެތަނަށް އަރާ ބަލާލި މީހަކަށް ފެންނާނެ ފިސާރި ކުޅިމަޖާ.
ޕައްލަންބެ
04 July 2016
މައުމޫން އެބުނީ ތެދެއް. އަމަލު ނުކުރެންޏާ އެނުވާނެ އުސޫލަކަށް.