އަދާލަތާއި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ކޯލިޝަން ސަރުކާރަކަށް ތާއީދުކުރާ ކަމަށް އަދަލަތުން ވަނީ ބުނެފައި.--ފައިލް ފޮޓޯ: އަދާލަތު ޕާޓީ
11 ނޮވެމްބަރ 2017 - 15:42
އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި، ކޯލިޝަން ސަރުކާރަކަށް ތާއީދުކުރަން އަދާލަތު ޕާޓީން ރޭ ރަސްމީކޮށް ނިންމައިފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދުކޮށް، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕާޓީތަކާ އެކު އެއްބަސްވެވޭ ޝަރުތުތަކާއެކު ކުރިއަށްދާން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކޯލިޝަން ސަރުކާރަކަށް އަދާލަތުން ތާއީދުކުރިއަސް، އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ އެހެން ޕާޓީތަކުން، އިންތިހާބާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި ގޮތެއް ނުނިންމަ އެވެ. އަދާލަތުން މިގޮތަށް ނިންމާފައި ވަނީ، ޕާޓީތަކުން ވަކިވަކިން ކެންޑިޑޭޓުން ނެރެ، އޭގެ ތެރެއިން އެންމެ ތާއީދު އޮތް ބޭފުޅަކު އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ގެ އިންތިހާބަށް ނެރެން މަޝްވަރާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތަކުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލައި ރައްޔިތުންގެ މަޖިލީހުގެ ހިންގުން ހުއްޓުވާލައި މިނިވަން މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތު މި ސަރުކާރުން ވަނީ ކަނޑާލައިފަ އެވެ. އެހެންވެ، ގައުމަށް ދިމާވެފައިވާ މި މުސީބާތުން ދިވެހި ދައުލަތް ސަލާމަތްކުރަން ކޯލިޝަން ސަރުކާރަކާ އެކު ކުރިއަށްދާން ނިންމީ ކަމަށެވެ.
ދެހާސްތޭރައިގެ އިންތިހާބުގައި އަދާލަތު ޕާޓީން ކޯލިޝަން ހެދީ ވެރިކަން ކުރާ ޕީޕީއެމްއާ އެވެ. އެކަމަކު އެ ޕާޓީ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ ކޯލިޝަނުން ވަކިވުމަށް ފަހު، މިހާރު މަސައްކަތް ކުރަނީ ސަރުކާރާ ދެކޮޅަށް ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރީން
12 November 2017
އިތުރު މޮޅުގޮތެއްވެސް ތިޔަ ޕާޓީއަކަށް ނެތެއްނޫންތޯ؟
ނައިންޓީ
12 November 2017
ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމިޔަސް ހެޔޮ. އަދާލަތަކީ އިސް ސަފުގަ އެއްކޮށް ދީނީ ޢިލްމުވެރިން ލީޑްކުރާ ޕާޓީއެއް. ނަމަވެސް އެއްވެސް ސިޔާސީ ބުރަދަނެއް ނެތް. ހަގީގަތުގަ މިއަދު މިގައުމުގަ އެންމެ ރަނގަޅަށް މަސައްކަތްކުރަންވީ ޕާޓީ އެއީ. އެކަމަކު ޕޯޑިއަމްތަކުގަ ރީތި ވާހަކަ ދައްކާފަ ފަރުދާގެ ފުރަގަހުން ހިނގަމުންދަނީ ވަރަށް އަނދިރި ގޯޅިގޯޅިން ކަމަށް ވާތީ އެއްވެސް އިތުބާރެއް ނުހިފޭ ޕާޓީއެއް. ތެދުތެދަށް ދަންނަވާނަމަ މިގައުމުގަ ފިކުރޭ ކިޔާ ދަޢުވާކުރާ އެމްޑީޕީއަކީ ކޯޗެެއްކަން އެނގޭ އިރުވެސް އޭގެ ފަހަތުގަ ތިބީމަ ބުނެވޭނީ ހަމަ ލަނޑަޔާވާނީ ލަނޑަޔާއޭ.
އާދަނު
12 November 2017
ނުކޮށް ކޮންތާކަށް ދާނީ، 200 މީޙުންގެ ތާއީދު ނެތް ބައެއް. ވެރިއަކަށް ކުފޫ ހަމަވާ މީހަކު ނެތް.
ވާލުސޮރު
11 November 2017
އުމަރު، އާ ރައީސް މައުމޫނު ގުޅިގެން "މުތަޤައްދިމް ޕާޓީ" އުފެއްދުމުން އެ ޕާޓީ އާ ޢަދާލަތާ ޖުމްހޫރީ ޕާޓީ ގުޅުނަސް ވާނީ ކޯލިޝަން އަކަށް ދެއްތޯ؟ މިވެސް މަށަށް ފެނުނު "ހުވަފެނެއް"ވީމަ ކިޔުންތެރިންނާ ހިއްސާކޮށްލީ. .
ލަތީފާ
11 November 2017
ހަހަހަ ކޮންމެ ސަރުކާރެއްގެވެސް ކޯލިސަންގެ އެންމެކުރީގަ ތިބެނީ މިމީހުން އެކަމަކު ރައީސް އަކު ހުވާކުރާތާ ހަފުތާއެއްނުވާނެ މިމީހުން އެކޯލިސަނަކުން ބޭރުވާއިރު ލޮލް ކޮލިސަން ނަގާ ކޮނޑަށްލައިގެން ތިބެބަލަ
އާދަނު
12 November 2017
އެކުދިންގެ އެދުންތައް ހަމަ ބޮޑެތީ؟ ދައުލަކާ ލާހިކު ނުވާވަރުން އެދެން ފަށަނީ. ހީކުރަނީ، އަދާލަތު ކީމަ ދެން މިވަރެއް ނޯންނާނެއޭ. އެމީހުން ބުނާގޮތް ނުހެދީމަ އަންނިއަށް ޖެހުން ދަންތުރައޭ ޖެހޭނީ.
އުންމީދު 2018
11 November 2017
އަދާލަތި ޕާޓީއަށް ހިއްވަރާއި ސާބަސް ދެން. ސައިޒުން ބޮޑު ޕާޓީއަކަށް ނުވިއަސް އަދާލަތު ޕާޓީއަކީ ގައުމަށް ވަރަށް ތެދުވެރި އަދި ސަރުކާރު ޒިންމާދާރު ކުރުވުމާއި ބިނާކުރަނިވި ސިޔާސީ ދައުރު އަދާކުރުމުގައި ފާހަގަ ކުރެވޭ ޕްރިންސިޕަލް ތައް ދަމަހައްޓާ ޕާޓީއެއް
އަހްމަދު
12 November 2017
މަވެސް، ކޮންމެ ކޯލިޝަނަކާ މައްސަލާޖެހޭ. ވަރަށް އައްސެރިބަސް. ކުޅަދާނަ ސިޔާސަތެއްގެ ވެރިބައެއް. އަބަދުވެސް ތިބޭނީ އިދިކޮޅުގަ.
މެންޓަލިސްޓް
11 November 2017
އަދާލަތުޕާޓީއަކީ އުފެދުނީއްސުރެން އަބަދުވެސް ކޮންމެވެސް ކޯލިޝަންއަކަށް ތާއީދުކުރާބައެއް ،،،، 2008 ގައިވެސް 2013 ގައިވެސް ،،،،،، އެދެފަހަރުވެސް ކައިވެނިކުރުމަށްފަހު ދަރިއަކު ލިބުމުގެ ކުރީން ވަރިކޮށް ހަޅޭއްފަޅޭއްލަވާ ހިސާބުގަނޑު އަވައްޓަރީންނަށް އުނދަގޫކޮއްފައި އޮތީ ،،،، އެހެންވީމައި މިފަހަރު ތިޔަ ނިންމުން ނިންމަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކު ،،،، އެހެންނޫނީ ހިސްޓްރީ ރިޕީޓްވުމަކީ ވަރަށް ގާތްކަމެށް ،،،، ތިބޭފުޅުން ތާއީދުކުރާނެ ބަޔަކަށް ނޫނީ ކެންޑީޑޭޓަކަށް ތާއީދުކުރަންވީ ،،،، އެއީ އަޅުގަނޑަކާއި އަނެއްހެން ބެހޭކަމެށްނޫން ،،،، ނަމަވެސް ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގައި ގިސްލަމުން ހިތިކަރުނައޮއްސަން ޖެހިދެއޭ އުމުރަށްމުޅިން ،،،، މިހެން ނުވާނަމަ އޯކޭ ،،،،، ވަރަށްވެދުން
ހަސަނާފ
11 November 2017
އަދާލަތުގެ އާއްމު މެންބަރުން ވޯޓްލާނީ ޔާމީނަށް. އެއީ އިސްލާމީ ވެރިއެއް ކަމަށްވާތީ. އެކަމަކު އެއްވެސް ތާކުންތާކުޖެހޭ އުޒުރެއްނެތި ޔާމީން ދެކެ ނުރުހުންވެގެންއުޅޭ އިސްސަގުގައިތިބި މަދު މީހަކު ޔާމީނާ ދެކޮޅަށް މަދު ވޯޓް ކޮޅެއް ލާފާނެ. އަދާލަތު އެންމެނަކީ އަމިއްލައެދުމާއިހެދި އުޅޭ ބައެއް ނޫންކަން މިއިންތިހާބުން ފެންނާނެ.
ރޮކެޓް ސައިންސް
11 November 2017
ލަދުގަންނަވަރު ބޮޑު ބައްޔަކުން 2018ގެ ރިޔާސީ އިންތިހާބުގަ އިރާދަކުރެއްވިއްޔާ ޔާމިން އަބްދުލް ގައްޔޫމް ބަލިކޮއްލެވޭނެ. އަދި މިހާރު ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަށް ތަހުގީގުކޮއް ކުއްވެރިންނަށް އަދަބުދެވޭނެ.
ޝަބެ
11 November 2017
ކުއްވެރިން ހުދުކާފޫރަށް ބަދަލެއް ނޫންތަ ވާނީ
ފާތުން
12 November 2017
ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ވެރި ކީރިތިވަންތަ އިލާކު. މިގައުމު ހާއިނުންނާއި ލާދީނީ މީޙުންގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ. އަދި ޔަހޫދީންނާއި ނަސޯރާއިންގެ ކިބައިން ހިތްވަރު ހޯދާ މީހުންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާ އެބައިމީހުން ބަލި ކުރައްވާނދޭވެ.
ތަމް
11 November 2017
އުންމީދު އާ ވެއްޖެ. މަރުހަބާ ކޯލިޝަން. މަރުހަބާ ދިވެހިރައްޔިތުން.