ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާގައި ރާއްޖެ ޓީވީން ހިމޭން އިހްތިޖާޖެއް ކުރަނީ: އެ މައްސަލަ ނުބަލަން އެމްއެމްސީން އޮތީ ނިންމާފައި-- ފޮޓޯ/ މިހާރު
24 ނޮވެމްބަރ 2017 - 18:09
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެ ޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބަލަން އެމްއެމްސީން ނިންމުމުން އެމްއެމްސީގެ މެމްބަރު އަސްއަދު ޝަރީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް އިހްތިޖާޖްކޮށްފަ އެވެ. ކަޅު ޓީޝާޓް ލައިގެން ބްރޯޑްކޮމްއާ ދެކޮޅު ޝުއޫރުތަކެއް ލިޔެފައިވާ ބޯޑްތަކެއް ހިފައިގެން ތިބެ ރާއްޖެ ޓީވީގެ ނޫސްވެރިން ވަނީ އެ ހަފުލާގައި ހިމޭނެ އިހްތިޖާޖެއް ކޮށްފަ އެވެ.
އެ މައްސަލަ އެމްއެމްސީގެ ސަމާލު ކަމަށް އަސްއަދު ގެންނެވުމުން އެ ކައުންސިލުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ނުޖެހޭ ކަމަށެވެ. އައްސަދު އެމްއެމްސީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
އަސްއަދު މިއަދު ވިދާޅުވީ އެ ހަފުލާގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖް ކުރި މައްސަލަ އެއްވެސް ގޮތަކަށް ނުބަލަން އެމްއެމްސީން ނިންމުމަކީ ޒިންމާދާރު ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ބޮޑު ހަފުލާއެއްގައި އެފަދަ ކަމެއް ކުރުމަކީ ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖަހައި ކުރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތް ބެލެން ޖެހޭނެ ދެކެވަޑައިގަންނަވާ ކަމަށް އަސްއަދު ވިދާޅުވި އެވެ.
"އަޅުގަނޑު ރާއްޖެ ޓީވީއާ މެދު އަދި އެއްވެސް މީޑިއަކާ މެދު ވެސް އެއްވެސް މައްސަލައެއް ނެތް. އެކަމަކު ނޫސްވެރިންގެ އެންމެ ބޮޑު އެވޯޑް ހަފްލާގައި މިކަހަލަ ކަމެއް ހިނގީމަ ތަހުގީގެއް ނަމަވެސް ހިންގައި، އެކަން ހިނގި ގޮތް ނަމަވެސް ބަލާލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެކަމަކު މައްސަލަ ނުބަލަން ނިންމުމަކީ އެމްއެމްސީ ފަދަ ގާނޫނީ ޝަހްސަކުން ކުރުން އެންމެ ޒިންމާދާރު ކަމެއް ކަމަށް އަޅުގަނޑު ނުދެކޭތީ މައްސަލަ ހުށަހެޅީ،" އާންމުންގެ ތެރެއިން އެމްއެމްސީއަށް އިންތިޚާބު ކޮށްފައިވާ އަސްއަދު ވިދާޅުވި އެވެ.
އެވޯޑް ހަފުލާގައި އިހްތިޖާޖް ކުރި މައްސަލާގައި ރާއްޖެ ޓީވީން ކުރިން ބުނެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ މެދު ބޭ އިންސާފުން ފިޔަވަޅު އަޅަމުންދާއިރު އެމްއެމްސީން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ރާއްްޖެ ޓީވީން އިހްތިޖާޖްކުރީ ތިން ފަހަރެއްގެ މަތިން އެ ސްޓޭޝަން ޖޫރިމަނާކުރި މައްސަލާގަ އެވެ. އެންމެ ފުރަތަމަ 250،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އޭގެފަހުން އިތުރު އެއް މިލިއަންގެ ޖޫރިމަނާއެއް ރާއްޖެ ޓީވީއަށް ވަނީ އައިސްފަ އެވެ. އެންމެ ފަހުން ރާއްޖެ ޓީވީއަށް އައީ 500،000ރ. ގެ ޖޫރިމަނާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
26 November 2017
އަބަދުވެސް ސަލާންޖެހުން ނޫންކަމެއް އެ ޓީވީގެ މުވައްޒަފުންނަށް ކުރަން ނޭނގެނީބާ?
ބޮކި
26 November 2017
ރައީސް ޔާމިންވެސް ކީއްތަ ވާނީ އަޅެ އައްސަދުގެ އެހުރި އިޚްލާސްތެރިކަމާ ދޭތެރޭ އެއްޗެއް ވިދާޅުވެ އެ ކޮމިޝަނުގެ ރައީސަކަށް އޭނަ ހެދިއްޔާ !
ވަޅުކައްޓަފުޅި
25 November 2017
އެބޭފުޅާ އެ އުޅުއްވަނީ ފިލްމެއް ކުޅުއްވަން. އެ ފިލްމު ވާނީ ފުލޮޕް.
ރިސޯޓުހިއްސާނުދިންސަރުކާރު
25 November 2017
ތީމޮޔަކަމެއް ރާއްޖެޓީވީ ފޮހެލަން އުޅުނު މީހުން މިއަދުއެތިބީ ރާއްޖެޓީވީ ސަލާމަތްކުރަން ނިކުމެ އައްސަދުގެ ބޭނުން ކެނޑުމުން ކެޔޮގަނޑަކައްޓަކާ ދަޅިގަނޑުވީ ގުރުބާނީ ނުފެންނާނެ ލާނީ ހަމަގޮޅިޔައް
އައްސަދުސެޓީ
25 November 2017
ރާއްޖެޓީވީއައް ލިބިގެންވޭ ބަސްބުނުމާ ހިޔާލުފާޅުކުރުމާ އެއްވެއުޅުމުގެ ހައްގު
ނުކިޔަވާ
25 November 2017
ފިލްމު ކުޅޭ މީހުން މަގާމުތަކަށް ހޮވުން ހުއްޓާލާކަށް ނުވޭތަ އަދިވެސް؟ މިހާތަނަށް ފިލްމުކުޅޭ މީހެއް މަގާމަކަށް ހޮވައިގެން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ކޮއްދެވިފައެއް ނެތް!
ޗިކުސް
25 November 2017
މި ވުޖޫދުން ރާއްޖެ ޓީވީ ފޮހެލަން ތި ކުރާމަސައްކަތް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. ވައިޖެހި ވަރަކަށް ޖީބަށް ބަރުވާނީ ރައްޔިތުންނަށް ހެވާލާބަޔަށް މަސައްކަތް ކުރާބަޔެނޫން ތިމީހުންނަކީ.
ދޮންތަކުރު
25 November 2017
މީޑިއާ ކައުންސިލް އުވާލަން ބިލެއް މަޖިލީހަށް ހުށަހަޅާފައި އޮތް ވާހަކައެއް އެބަ އަޑުއިވެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފާސްވާނެއޭ އާ ކައުންސިލެއް އުފައްދަނީއޭވެސް ބުނާތީ އަޑުއިވެއެވެ. އަޑުގަދަމީހާގެ ރުއްގިނަވާނެއޭވެސް ބުނެއުޅެއެވެ. ބޮޑާބެ ނަމަކަށް ކިޔާ ވަރަށް މަޝްހޫރު މީހެއްގެ ވާހަކަ މީހުން ދައްކައިއުޅެއެވެ. މިހާރަކަށް އައިސް ޒާތްޒާތުގެ ކަންކަން ބައެއް ތަންތަނުންނާއި މީސްމީހުން މިކުރަނީ ބޮޑާބެ ފަދައިން އުޅޭ ބައެއްކަން އަންގައިދޭންވެގެން ކަމަށްވެދާނެއެވެ. މިހިރަ މިހިރަ ޒާތްޒާތުގެ ކަންކަމަކީ މިފާޑުގެ ކަންކަން ފިޔަވައި ދެން ކޮންބާވަތެއްގެ ކަންކަމެއްތޯ މަގޭ ހިތަށް އަރައެވެ.
ދޮހުއްތު
25 November 2017
ހުށަހަޅަންވެއްޖިއްޔާ ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް މަދެއް ނުވާނެއެވެ. ތަންކޮޅެއް ކުރިން ގާނޫނާ ވަކީލެއްގެ ސަނަދާމެދު ސުވާލު އުފެދިގެން އެކަން ބަލައި ހުއްދަ ވާނީ ބާޠިލުކޮށްފައެވެ. މިހާރު މިއުޅޭ ބައެއް ވަކީލުންނަށް ޑިގްރީ ލިބުނީ ކިހިނެތްތޯ ނޫސްވެރިން ތަޙުޤީޤީ ނޫސްވެރިކަމެއް ކޮށްފައި ބަލާލީމާ ފެންނާނެއެވެ. ބައެއް ވަކީލުން މާއަޑުގަދަވެގެން އުޅެނީވެސް މިކަހަލަ ކަންކަން ފޮރުވަން ކަމަށް ވެދާނެއެވެ. ރޯނުއެދުރު ފެންވަރެއް ނެތް ވަކީލުން މަޝްހޫރުވާން ކަންކަންވެސް ކޮށް އުޅޭނެއެވެ. މިއީ ހައިރާންވާންވީ ވަރުގެ ކަމެއް ނޫނެވެ.
ހުސޭނުބެ
25 November 2017
ޙަގީގަތުގައިވެސް މިކަން ބަލަންޖެހޭ!!! އަދި ފިޔަވަޅުވެސް އަޅަންޖެހޭ!!! އެމްއެމްސީން ބޭއްވި ރަސްމީ ޙަފްލާއަކަށް ދަޢުވަތު ދިނީމާ ވަދެ އެތާތެރޭ ތިބެގެން ރާއްޖެ ޓީވީ އާއި ސަންގު ޓީވީގައި މަސައްކަތްކުރާ މީހުން މުޒާހަރާކޮށް އިހްތިޖާޖު ކުރާކަށް ނުޖެހޭ!! ކޯޗެއް ނުލިބިގެން ތެޅިބާލާ ބައެއްތަ މީ!!! މުޅިގައުމުގައި ފިތުނަ ފަސާދަ އުފެދި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ޚަރާބު ކުރުމުގެ އެންމެ އިސްސަފުގައި ތިބީ ކޮންބައެއްކަން ނޭގޭ މީހަކު މިހާރު މިގައުމުގައި ނޫޅޭނެ!!! މިރާއްޖޭގައި ޑިމޮކްރަސީ އޮތްމިންވަރަށް އެމެރިކާގައިވެސް ނޮއޮންނާނެ މިމީހުން މިކުރާ ކަންކަމުގަ!! ހަމަ ފިޔަވަޅު އަޅަންވީ!!! އަޅަންޖެހޭނެ!!! އެއީ ކުރަންޖެހޭކަމެއް!!!
ހުވަނި
25 November 2017
ހުސޭނުބެއާއި އަސްއަދު އާއި ޚިޔާލުގެ މާބޮޑު ތަފާތެއް އޮތްކަމަކަށް ނުފެނެއެވެ.
ރެކެފުތެ
25 November 2017
ކީބޯޑުގެ ހައިރާން މާކު ފިތް ތާށިވީތަ އަނެއްކާ؟ ތިހެން ފުއްޕާފަ އުޅުނު މުގާބޭވެސް! މިހާރު ކޮބާ އޭނާ؟ އަނބިގޮއްޔެވެސް އޭނާ އެކަނިކޮއްފަ ދުވެ ފިލީ!
ހުސޭނުބެ
25 November 2017
"ރެކެފުތެ" ކަލެއަށް ސާބަސް!! ކީބޯޑްގަ ހައިރާން މާކް އާއި ކްއެސްޝަން މަކް ފިތިފި ބާރުވެފަ ހުރިކަން އެބައެނގޭނު ދޯ!! ގުދޯ ގުދޯ ކޮއްކޯ ތިގޮވެނީ!!! އެކަން ފަހުމް ވޭތަ!!! މުގާބޭ އެދިޔައީ ގައުމަށް މިނިވަންކަން ހޯދާދީ މުޅި އެފްރިކާގެވެސް އެންމެ ގިނަދުވަސްވަންދެން "ޚުދުމުޚުތާރު" ވެރިކަމެއް ކޮށްފަ!! މިރާއްޖޭގެ "މުގާބޭ" ވެސް 30 އަހަރެއްހާ ދުވަސް ވަންދެން "ޚުދުމުޚުތާރު" ވެރިކަމެއްކޮށްފަ އެހެރީ ރައްޔިތުން ދެންހެވޭ ބުނެ ވެރިކަމުން ދުރުކޮށްފަ!!! ދެން މިރާއްޖެއަކަށް މުގާބޭއަކަށް އާދެވޭ ވަރަށްވުރެން ދުރުގައި ބަހައްޓާފަ އެހެރީ!! ކަލޭމެން ކުދިން ގުނބޯ ހައްދާފަ ތިއްތިކޮށްފަ ގައިގަ ރީނދޫ ވަށާފަ ތިތިބީ ބައިތިއްބާފަ!! ދެންތިބޭ ތިގޮތަށް!!! ރާކަނި މަސް ކެވެންދެން!!! ވަރަށް ސަލާމް!!